16 ޖުލައި 2023
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދަރިންގެ ހަރަދަށް 21 މިލިއަން ރުފިޔާ ފެމިލީ ކޯޓް މެދުވެރިކޮށް ހޯދައި ދީފި އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދަރިންގެ ހަރަދަށް 21 މިލިއަން ރުފިޔާ ފެމިލީ ކޯޓް މެދުވެރިކޮށް ހޯދައި ދީފި އެވެ.
އެ ކޯޓުން މިއަދު އާންމުކުރި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އެ މުއްދަތުގައި ދަރިންގެ ހަރަދު ސާބިތުވާ 185 ކުދިން އެބަތިއްބެވެ. އެ ކުދިންގެ ހަރަދަށް 41.1 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް، އޭގެ ތެރެއިން ކޯޓަށް އަދި ދެއްކީ 20.5 މިލިއަން ރުފިޔާ އެވެ.
ކުދިންގެ ހަރަދުގެ ގޮތުގައި ކޯޓުން ބަލައިގަތް ފައިސާގެ ތެރެއިން 21.2 މިލިއަން ރުފިޔާ މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކުދިންނަށް ދޫކޮށްފައިވާ ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.
ދަރިންގެ ބޯހިޔާވަހިކަމާއި އެހެނިހެން ހަރަދުގެ ގޮތުގައި 772،115.27ރ. ކޯޓަށް ލިބެން ޖެހޭއިރު، ލިބުނީ 130،498.35ރ. އެވެ. އަދި އެ ފައިސާގެ ތެރެއިން 88،726.44ރ. މިހާރު ވަނީ ކުދިންނަށް ދީފަ އެވެ.
އިއްދަ އާއި ވިހެއުމުގެ ހަރަދު ސާބިތުވާ 180 މީހަކު ވެސް އެބަތިއްބެވެ.
ކޯޓުން ބުނީ އެ މީހުންނަށް 5.3 މިލިއަން ރުފިޔާ ދޭން ޖެހޭއިރު، ކޯޓަށް އަދި ލިބުނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން 1.1 މިލިއަން ރުފިޔާ އެމީހުންނަށް ދޫކޮށްފައިވާ ކަން ތަފާސްހިސާބުތަކުން އެނގެ އެވެ.
އަނބިމީހާގެ ހަރަދުގެ ގޮތުގައި 152،000ރ. ކޯޓަށް ދައްކަން ޖެހޭއިރު، ލިބުނީ 34،000ރ. އެވެ. އޭގެ ތެރެއިން 31،000ރ. ކޯޓުން މިހާރު ވަނީ ދޫކޮށްފަ އެވެ.
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟
ފެމިލީކޯޓުން ހަ މަސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު!
ވަރި ގިނަ ވަނީ ކިޔަމަންނުވުމާއި ވަގުތު ނުދޭތީ: ގާޒީ
މިދިޔަ އަހަރު 2،425 ކައިވެނި، 1،281 ވަރި
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި
ހަރަދު ނުދޭތީ ގިނަ މީހުން ބަންދުކުރީ މިދިޔަ އަހަރު
ނުރުހުމުގައި ގެންދިޔަ ދެ ކުދިން ހަވާލުކުރަން އަމުރެއް
މައިން ރޮނީ ހަރަދުނުދޭތީ، ބައްޕަ ރޮނީ ދަރި ނުފެންނާތީ
ފެމިލީ ކޯޓުން މައްސަލަ ނިންމާ މުއްދަތު އަވަސްވެއްޖެ
މިދިޔަ މަހު މާލޭގައި 245 ކައިވެނި، 115 ވަރި