ވަރިކުރީ ރުޅި ގަދަވެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި ހުރެގެން ކަމަށް ބުނެ ކޯޓުގައި މާތްﷲ ގަންދީ ހުވާކުރުމުން އެއީ ވަރިއެއް ނޫން ކަމަށް ފެމިލީ ކޯޓުން ކުރި ހުކުމެއް "މިހާރު" އިން ރިޕޯޓްކުރުމާ އެކު ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. މިކަން އާ ކަމަކަށް ވެގެން ބޮޑު ބަހުސަކަށް ވިޔަސް މިއީ ރާއްޖޭގެ ކޯޓުތަކުގައި އާންމުކޮށް ނިންމާ ބާވަތުގެ މައްސަލައެކެވެ.
ވަރިކުރީ ރުޅި ގަދަވެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި ހުރެގެން ކަމަށް ބުނެ ކޯޓުގައި މާތްﷲ ގަންދީ ހުވާކުރުމުން އެއީ ވަރިއެއް ނޫން ކަމަށް ފެމިލީ ކޯޓުން ކުރި ހުކުމެއް "މިހާރު" އިން ރިޕޯޓްކުރުމާ އެކު ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. މިކަން އާ ކަމަކަށް ވެގެން ބޮޑު ބަހުސަކަށް ވިޔަސް މިއީ ރާއްޖޭގެ ކޯޓުތަކުގައި އާންމުކޮށް ނިންމާ ބާވަތުގެ މައްސަލައެކެވެ.
އާންމުންނާއި ދީނީ އިލްމުވެރިން ވެސް މި ބަހުސްގެ ތެރެއަށް ވަދެ އެ މީހަކު ގަބޫލުކުރާ ގޮތް ހާމަކުރަމުން ދާއިރު މީގެ 8 އަހަރު ކުރިން ފަލަސްތީނުގެ އުއްތަމަ ފަނޑިޔާރު ޑރ. މަހްމޫދު އަލް ހަބާޝް ވަރިއާ ބެހޭ ގޮތުން ނިންމެވި ނިންމެވުމަކާ އެކު ހުޅުވުނު ބަހުސް ވެސް މި ހާލަތާ ގުޅިއްޖެ އެވެ.
މެއި 2017 ގައި މަހްމޫދު ހަބާޝް ކޯޓުތަކަށް އެންގެވީ ވަރިކުރުމުގެ ހުއްދަ ރޯދަ މަހު ނުދިނުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރޯދަ މަހު ނުކައި ނުބޮއެ ތިބޭއިރު އަދި އެ ދުވަސްވަރު ފަލަސްތީނު ރައްޔިތުން އުޅެމުން ދިޔަ ދަތި ހާލުގެ ސަބަބުން މާބޮޑަށް ރުޅި ގަދަވެ، ކޮށްގެން ނުވާނެ ކަންކަން ކުރެވުމެވެ. އެހެންވެ، ރޯދަ މަހު ކުރާ ވަރިއާ މެދު ފަހުން ހިތާމަކުރަން ޖެހިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެ ނިންމެވުމަކީ ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބައްލަވައި ނިންމެވި ގޮތެކެވެ.
ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި 2015 ވަނަ އަހަރު 50،000 ކައިވެނި ކޮށްފައިވާ އިރު، 8،000 އަށް ވުރެ ގިނަ ވަރި ރެކޯޑް ކޮށްފައި ވެ އެވެ.
ފެމިލީ ކޯޓަށް ބަޔަކު ވަންނަނީ: ގަދަ ރުޅީގައި ހުރެ ކުރި ވަރިއެއް ސައްހަ ނޫން ކަމަށް ނިންމުމުން ބޮޑު ބަހުސަކަށް ވަނީ ވެފައި. --ފޮޓޯ: މިހާރު
ކުރީ އަހަރުތަކުގައި ރިކޯޑް ކުރެވިފައިވާ ގިނަ ވަރިތަކުގެ ސަބަބަކީ ބަނޑުހައިހޫނުކަމާއި ވަރުބަލިކަމާ އެކު އުފެދުނު ރުޅި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވެ، ވަރިކުރުން އެއް މަސް ދުވަހަށް [ރޯދަ މަހަށް] ވަގުތީ ގޮތުން މެދުކަނޑާލުގެ މަގްސަދަކަށްވީ ރުޅީގެ ސަބަބުން ނިންމި ނިންމުންތަކުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވެދާނެ ބޮޑެތި ގެއްލުންތަކުން ސަލާމަތް ކޮށްދިނުމެވެ.
ފަލަސްތީނަކީ ވެސް އަމިއްލަ އަމިއްލަ އަށް، ކޯޓުން ބޭރުގައި ކައިވެނި ހުއްދަ ތަނެއް ނޫނެވެ. ސައްހަ ކައިވެންޏެއް ކަމަށް ބަލާނީ ފަލަސްތީނުގެ އިސްލާމީ ކޯޓަކުން ކުރާ ކައިވެންޏެވެ.
ފަލަސްތީނުގެ އެ ނިންމުމަށް ތާއީދު ކުރެއްވި ދީނީ އިލްމުވެރިން އޭރު ވިދާޅުވެފައިވާ ގޮތުގައި އެއީ ކުއްލި ރުޅީގެ ސަބަބުން އާއިލާތައް ރޫޅިގެން ދިއުމުގެ ނުރައްކަލުން ސަލާމަތް ކޮށްދިނުމަށް އިސްލާމް ދީނުގައި ފަނޑިޔާރުންނަށް ދެއްވާފައިވާ އިހްތިޔާރުތަކުގެ ރީތި މިސާލެކެވެ.
ފެމިލީ ކޯޓުން ހުކުމްކުރީ ވަކި ދުވަސްވަރެއްގައި ވަރި ނުކުރެވޭނެ ކަމަކަށް ނޫނެވެ. އެކަމަކު ރުޅި އައިސްގެން ވާނުވާ ނޭނގޭ ހާލު ވަރީގެ އިބާރާތް ބޭނުންކުރެވުނީ ކަމަށް ފިރިހެން މީހާ ބުނެ ހުވާކުރުމުން އެއީ ވަރިއެއް ނޫން ކަމަށް ކަނޑައެޅުއްވި ސަބަބާއި ފަލަސްތީނުގައި އެގޮތަށް ނިންމި ސަބަބަކީ ހަމަ އެއް ކަމެކެވެ.
ރާއްޖޭގެ ކޭސްގައި ވެސް އަދި ފަލަސްތީނުގެ ހާލަތުގައި ވެސް ބެލީ އިސްލާމީ ހަމަތަކުން ވަރިއެއް ކަމަށް ބަލާނީ، ބުނެލާ ބަހަކަށް ބަލައިގެން ނޫން ކަމާއި ހަމަ ހޭގައި ހުރެގެން، ނިޔަތާ އެކު ބުނާ ބުނުމެއްގެ މައްޗަށް ކަމަށް ވުމެވެ.
މި ދެ ނިންމުމުގައި ވެސް ބަލާފައި ވަނީ ރުޅީގެ ސަބަބުން އިންސާނެއްގެ ހަމަ ބުއްދިއަށް އުނިކަން އައިސް، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ހިނގައިދާނެ ކަމަށާއި އެ ހާލަތަށް ގޮސް ހުރެގެން ކުރާ ވަރި ސައްހަ ނުވާނެ ކަމަށެވެ.
ފަލަސްތީނުގެ އުއްތަމަ ފަނޑިޔާރުގެ އަމުރަށް ތާއީދުކުރައްވައި އޭރު ވާހަކަ ދެއްކެވި ބައެއް އިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި އެއީ އިސްލާމީ ގާއިދާއެއް ކަމަށްވާ ގެއްލުން ދެނިވި ނަތީޖާއެއް ނުކުމެދާނެ ކަންކަމުން ރައްކާތެރިކޮށްދިނުމުގެ ނިންމެވުމެކެވެ. ރޯދަ މަހު ފަސޭހައިން ރުޅި ގަދަވާ ކަމަށާއި ކުއްލި ރުޅީގައި ވަރިކުރުން ފަދަ ގެއްލުން ބޮޑު ކަންކަން ކުރެވޭތީ އެކަން ހުއްޓުވުން ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.
މަޝްހޫރު ދަންނަބޭކަލުން ކަމަށްވާ އިބްނު ތައްޔިމާ އަދި އިބްނު ގައްޔިމާ އަލް ޖައުޒިއްޔާ ފަދަ ބޭބޭފުޅުން ވިދާޅުވެފައިވަނީ އާދަޔާ ހިލާފު ރުޅީގެ ތެރޭގައި ކުރާ ވަރި ސައްހަ ނުވާނެ ކަމަށެވެ. އެހެންވެ އެފަދަ ހާލަތެއް އޮތްކަން އެނގޭ ދުވަސްވަރަކަށް ވަގުތީ ގޮތުން އަޅާ ފިޔަވަޅަކުން، ސުވާލު އުފެދޭ ވަރިތައް މަދުކުރެވުމަކީ މުޖުތަމައުގެ މަސްލަހަތު ކަމަށް ބައެއް ބޭފުޅުން އޭރު ވިދާޅުވެފައިވެ އެވެ.
އިސްލާމީ ޝަރީއަތުގައި މުޖުތަމައުގެ މަސްލަހަތު ހިފެހެއްޓުމަށް އުސޫލުތައް ހެދުމުގެ ބާރު ފަނޑިޔާރުންނަށް އޮންނަ ކަމަށާއި ވަކި ހާލަތްތަކެއްގައި ނުވަތަ ވަކި ދުވަސްވަރެއްގައި މީހުންގެ ޖަޒުބާތުތަކަށް ބަދަލު އަންނަކަން އެނގޭ ހާލަތުގައި އެއީ އެޅިދާނެ ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ފަލަސްތީނުގެ ނިންމުމާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި ވަރިއަކީ އާންމުކޮށް ހުއްދަ ކުރައްވާފައިވާ ކަމަކަށް ވާއިރު މިކަން މިހެން މަނާކުރުމުގެ ބާރެއް އިސްލާމީ ޝަރީއަތުގައި ކޯޓަކަށް ނޯންނާނެ އެވެ.
އަނިޔާ ލިބޭ އަންހެނުން މިކަމުގެ ސަބަބުން "އިތުރު އެއް މަސް ދުވަހަށް" ކައިވެނީގެ ތެރޭގައި ބަންދުވާ ކަމަށާއި މިއީ ހައްގު ނޫން ތުރާލަކުން މިންޖުވުމަށް ދީނީގޮތުން އޮތް ހައްގަށް އެޅޭ ހުރަހެއް ކަމަށް ވެސް ނިންމުމާ ދެކޮޅު ބޭފުޅުން ވިދާޅުވި އެވެ.
މީގެ އިތުރުން، ރޯދަ މަހު ކުރާ ކޮންމެ ވަރިއަކީ ރުޅީގެ ސަބަބުން ކުރާ ވަރިއެއް ކަމަށް ބަލައިގެން ނުވާނެ ކަމަށާއި ކުއްލިއަކަށް ވަރިކުރާ ހާލަތުގައި ވެސް، އެއީ އެތައް ދުވަހެއްގެ މައްސަލަތަކުގެ ނަތީޖާ ކަމަށް ވެދާނެ ކަމަށް ވިދާޅުވެ އެވެ.
މި ނޫނަސް މިކަމާ ބެހޭ ގޮތުން އެތައް ވާހަކައެއް އޭރު މެދުއިރުމަތީގަ އާއި އިސްލާމީ ގައުމުތަކުގައި މި ނިންމުމާ ގުޅޭ ގޮތުން ދެއްކެވުނެވެ.
މިއީ ފުޅާ ބަހުސެކެވެ. އިސްލާމް ދީނުގައި ވަރި އާއި ކައިވެންޏަކީ ބޮޑު ކަމެކެވެ. މި ކަންކަމާ ގުޅޭ ނިންމުންތައް ނިންމަން ޖެހެނީ ޝަރުއީ ހަމަތަކުގެ މަތިންނެވެ. އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތަކަށް ނޫނެވެ. އިސްކުރަން ޖެހެނީ މުޖުތަމައުގެ މަސްލަހަތެވެ.
ވަރިކުރީ ރުޅިއައިސްގެން ކަމަށް ބުނުމުން ވަރިއަކަށްނުވި
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟
ފެމިލީކޯޓުން ހަ މަސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު!
މިދިޔަ އަހަރު 2،425 ކައިވެނި، 1،281 ވަރި
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި