Roadha Mihaaru
މި ފޮޓޯތަކުން 30 އަހަރު ކުރީގެ ހަނދާންތައް

"ދެރިޔާ"ގެ މި ފޮޓޯތަކުން 30 އަހަރު ކުރީގެ ހަނދާންތައް

19 ޖުލައި 2023

"ދެރިޔާ" އަކީ 30 އަހަރު ފަހުން ވެސް ގިނަ ބައެއްގެ ފޭވަރިޓެވެ. މާސްޓަޕީސް ދިވެހި ފިލްމެކެވެ.

"ދެރިޔާ" އަކީ 30 އަހަރު ފަހުން ވެސް ގިނަ ބައެއްގެ ފޭވަރިޓެވެ. މާސްޓަޕީސް ދިވެހި ފިލްމެކެވެ.

ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) މިއަދު އާކުރީ އޭރުގެ ހަނދާންތަކެވެ.

މިއީ އޭނާ ލިޔެ، ޑައިރެކްޓުކުރި ފުރަތަމަ ފިލްމެވެ.

"ދެރިޔާ" އުފެއްދުމުގެ މަސައްކަތް ފެށުމަށް ޖުލައި 19، 1993 ގައި ފިލްމުގެ ކާސްޓް ތައާރަފުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ޓެޑްރީ (ވ) ވާހަކަދައްކަނީ.-- ފޮޓޯ: އެޓާނަލް ޕިކްޗާސް

"ދެރިޔާ" އުފެއްދުމުގެ މަސައްކަތް ފެށުމަށް ޖުލައި 19، 1993 ގައި ފިލްމުގެ ކާސްޓް ތައާރަފުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ޓެޑްރީ (ވ) ވާހަކަދައްކަނީ.-- ފޮޓޯ: އެޓާނަލް ޕިކްޗާސް

"ދެރިޔާ" އުފެއްދުމުގެ މަސައްކަތް ފަށައި، ޖުލައި 19، 1993 ގައި ފިލްމުގެ ކާސްޓް ތައާރަފުކުރުމަށް ސޯޝަލް ސެންޓަރުގައި ރަސްމިއްޔާތެއް ބޭއްވި އެވެ. ލީޑު ރޯލަށް ނެގީ އެކްޓަރު އަލީ ހާލިދެވެ. އެހެން ރޯލުތަކަށް ނެގީ ހައްވާ ޒާހިރާ އާއި ކޮއްޔަ ހަސަން މަނިކާއި އާރިފާ އިބްރާހިމެވެ.

ޓެޑްރީގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އެޓާނަލް ޕިކްޗާސްގެ ފޭސްބުކް ޕޯސްޓެއްގައި ބުނީ އެ ރަސްމިއްޔާތު ފުރަތަމަ ބާއްވާ ގޮތަށް އޮތީ ހޮޓެލް އެލިޔާގެ ގޯތިތެރޭގައި ކަމަށެވެ. ނަމަވެސް އެ ދުވަހު ހުއްޓާނުލައި ބޯކޮށް ވާރޭ ވެހުމުން އެންމެ ފަހު ވަގުތު ސޯޝަލް ސެންޓަރުގައި ރަސްމިއްޔާތު ބޭއްވީ ކަމަށް ބުންޏެވެ.

"ދެރިޔާ" އުފެއްދުމުގެ މަސައްކަތް ފެށުމަށް ޖުލައި 19، 1993 ގައި ފިލްމުގެ ކާސްޓް ތައާރަފުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުން.-- ފޮޓޯ: އެޓާނަލް ޕިކްޗާސް

"ދެރިޔާ" އުފެއްދުމުގެ މަސައްކަތް ފެށުމަށް ޖުލައި 19، 1993 ގައި ފިލްމުގެ ކާސްޓް ތައާރަފުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި މީހުން.-- ފޮޓޯ: އެޓާނަލް ޕިކްޗާސް

"ދެރިޔާ ފެށުމުގެ ރަސްމިއްޔާތު ހުށަހަޅައިދިނީ މުހައްމަދު ނަޝީދެވެ. މޫސުން ތަން ނުދިނަސް، މި ރަސްމިއްޔާތަށް ބައެއް ފިލްމީ ފަންނުވެރިން، އެކުވެރިން، ރަހުމަތްތެރިން، ގާތްތިމާގެ މީހުންނާ އަދި ފިލްމާ ގުޅުންހުރި އިދާރާތަކުގެ ވެރިން ހާޒިރުވި އެވެ،" އެ ޕޯސްޓުގައިވެ އެވެ.

އެ ޕޯސްޓުގައި ބުނި ގޮތުގައި، "ދެރިޔާ"ގެ މަސައްކަތް ފެށުމަށް ފުރަތަމަ ކުލެޕާ ބޯޑު ޖަހައިދިނީ ޕްރޮޑިއުސަރު އަބްދުލް މުހައިމިންގެ ރަހުމަތްތެރިއެއް ކަމަށްވާ އަބްދުއްރަޝީދު ހުސެއިނެވެ. އެ ރަސްމިއްޔާތުގައި ފިލްމުގެ ކާސްޓާއި ކުރޫ މެންބަރުން އިއުލާންކޮށް ތައާރަފުކުރި އެވެ.

"ދެރިޔާ" އުފެއްދުމުގެ މަސައްކަތް ފެށުމަށް ޖުލައި 19، 1993 ގައި ފިލްމުގެ ކާސްޓް ތައާރަފުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ތަރިން ބައިވެރިވަނީ.-- ފޮޓޯ: އެޓާނަލް ޕިކްޗާސް

"ދެރިޔާ" އުފެއްދުމުގެ މަސައްކަތް ފެށުމަށް ޖުލައި 19، 1993 ގައި ފިލްމުގެ ކާސްޓް ތައާރަފުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ތަރިން ބައިވެރިވަނީ.-- ފޮޓޯ: އެޓާނަލް ޕިކްޗާސް

އެ ރަސްމިއްޔާތު ނިމިގެން އޮތް ސައިގެ ވަގުތުގައި، ފުރަތަމަ ފަހަރަށް "ދެރިޔާ"ގެ ހުރިހާ ލަވަތައް ވެސް އިއްވާލި އެވެ. އެއީ އަދިވެސް އެއްވެސް ފޫހިކަމެއް ނެތި، ގިނަ ބަޔަކު އަޑުއަހަމުން އަންނަ ވަރަށް ރީތި ލަވަތަކެކެވެ.

މި ފިލްމުގެ ފުރަތަމަ ޝޮޓް ރެކޯޑް ކުރީ، އޯގަސްޓް 19، 1993 ގައި ސްރީ ލަންކާގެ ނުވަރައެލިޔާގައި އޮންނަ ކަންޑަ އެލަ ރެޒައްވާ ބްރިޖުމަތީގަ އެވެ.

"ދެރިޔާ" އުފެއްދުމުގެ މަސައްކަތް ފެށުމަށް ޖުލައި 19، 1993 ގައި ފިލްމުގެ ކާސްޓް ތައާރަފުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ދައްކާލި ފިލްމުގެ ޕޯސްޓަރު.-- ފޮޓޯ: އެޓާނަލް ޕިކްޗާސް

"ދެރިޔާ" އުފެއްދުމުގެ މަސައްކަތް ފެށުމަށް ޖުލައި 19، 1993 ގައި ފިލްމުގެ ކާސްޓް ތައާރަފުކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ދައްކާލި ފިލްމުގެ ޕޯސްޓަރު.-- ފޮޓޯ: އެޓާނަލް ޕިކްޗާސް

ފުރަތަމަ ދިވެހި ފިލްމު އެވޯޑުގައި އެންމެ މޮޅު ފިލްމަށް ހޮވުނު "ދެރިޔާ" އަކީ އޮލިޕްމަހުގައި ވެސް އެޅުވި އެންމެ ކާމިޔާބު އެއް ފިލްމެވެ. އޮލިމްޕަހުގައި މި ފިލްމުގެ 30 އަށް ވުރެ ގިނަ ހައުސްފުލް ޝޯތައް ދެއްކި އެވެ.