ޕެރިސް (ޖުލައި 23) - ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އާއި އޭނާގެ ލޯބިވެރިޔާ، އެލީސިއާ އެލިފެންޓޭ އަށް ބިރުދައްކައި އެގެއިން ފަސް ލައްކަ ޑޮލަރުގެ އަގުހުރި މުދާ ފޭރިގަނެއްޖެ އެވެ.
23 ޖުލައި 2023
ޕެރިސް (ޖުލައި 23) - ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އާއި އޭނާގެ ލޯބިވެރިޔާ، އެލީސިއާ އެލިފެންޓޭ އަށް ބިރުދައްކައި އެގެއިން ފަސް ލައްކަ ޑޮލަރުގެ އަގުހުރި މުދާ ފޭރިގަނެއްޖެ އެވެ.
ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭ މެންދަމު ފްރާންސް ގަޑިން ތިނެއް ޖަހާކަށް ހާއިރު އެވެ. ޕެރިހުގައި ޑޮންނަރުއްމާ ދިރިއުޅޭ ގެއަށް ފޭރޭ މީހުން ވަނުމަށް ފަހު އަމަލުކުރިގޮތް އިއްޔެ އޭނާ ވަނީ ކިޔައިދީފަ އެވެ.
ޑޮންނަރުއްމާ ބުނީ އޭނާގެ ގެއިން ފޭރިގަތް މުދަލުގެ އަގު 556،000 ޑޮލަރަށް އަރާނެ ކަމަށެވެ.
"މެންދަމު ތިނެއް ޖަހާއިރު ގޭތެރެއިން ފޭރޭ މީހުން ފެނުން އެއީ ކުރިމަތިވާނެ އެންމެ ބޮޑު ބިރު. އެމީހުން ވައްކަންކުރީ އަހަރެން އައްސާފަ ބަހައްޓާފައި އެލީސިއާ އަށް ބިރުދައްކައިގެން،" ބިރުވެރި މަންޒަރު އިޓަލީގެ ނޫހަކަށް ސިފަކޮށްދެމުން ޑޮންނަރުއްމާ ބުންޏެވެ.
އިޓަލީއާ އެކު ޔޫރޯ 2020 ކާމިޔާބުކުރި ގޯލްކީޕަރު ބުނީ ތަހުގީގު ކުރިއަށްދާތީ ގެއިން ވަގަށް ނެގި ތަކެތީގެ ތަފްސީލް ދެވެން ނެތް ކަމަށެވެ. ވައްކަން ތަހުގީގު ކުރަމުން އަންނާތީ ޑޮންނަރުއްމާ އާއި އޭނާގެ ލޯބިވެރިޔާ ވަގުތީގޮތުން އުޅެމުން ދަނީ އެހެން ހޮޓަލެއްގަ އެވެ.
"އަހަރެން ވަރަށް ބިރުގަތް އެލީސިއާ އަށް ކަމެއް ކޮށްފާނެތީ. އައްސާފަ ހުރީމަ އަހަރެންނަށް އެހީއެއް ނުވެވުނު. ފްރެންޗް ބަސް އެއްކޮށް ނޭނގޭތީ އެމީހުންނާ އެންމެ ރަނގަޅަށް މުއާމަލާތެއް ވެސް ނުކުރެވުނު،" ހާދިސާ ތަފްސީލުކޮށްދެމުން ޑޮންނަރުއްމާ ބުންޏެވެ.
ފުލުހުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ އެގެއިން އަގުބޮޑު ގަޑިއާއި ގަހަނާގެ ބާވަތްތަކާއި ލަގްޒަރީ ބައެއް ތަކެތި ވަގަށް ނަގާފައިވާކަމަށެވެ.
ހާދިސާ އަށް ފަހު ޑޮންނަރުއްމާ އާއި އޭނާގެ ލޯބިވެރިޔާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ޑޮންނަރުއްމާ އަށް ކޮންމެވެސް ވަރަކަށް ޖިސްމާނީ އަނިޔާވި ނަމަވެސް ލޯބިވެރިޔާ އަށް އެފަދަ އަނިޔާއެއް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އަހަރުތަކެއް ކުރިން ޕީއެސްޖީގެ އެންހެލް ޑި މާރިއާ އާއި މާކީނިއޯސް އަދި މައުރޯ އިކާޑީ އަށް ވެސް ފޭރޭ މީހުންގެ ނުރައްކާ ކުރިމަތިވި އެވެ. މާކީނިއޯސް ގެއިން ފޭރުނު މައްސަލައިގައި މިދިޔަ ޖެނުއަރީ މަހު ދެ މީހަކަށް ވަނީ ޖަލު ހުކުމް އިއްވާފަ އެވެ.
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
މިލާންގެ ސަޕޯޓަރުން ކުރީގެ ކީޕަރަށް ފުރައްސާރަ ކޮށްފި
އުނދަގޫ ހާލަތެއްގައި އޮވެ ލިވަޕޫލާއި ބާސާ މޮޅުވެއްޖެ
ކާމިޔާބަށް ބޭނުންވާ ހުރިހާ ކަމެއް ޕީއެސްޖީން ކޮށްދޭ
ޕީއެސްޖީ އަތުން ބަލިވެ ސިޓީ ކެޓުމުގެ ބިރު ބޮޑުވެއްޖެ
މެސީއާ އަހަންނާ ގުޅުން ރަނގަޅުވުމުން އެމްބާޕޭ ހަސަދަވެރިވި: ނޭމާ
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
ޔަމާލަށް ޕީއެސްޖީން 260 މިލިއަނުގެ ހުށަހެޅުމެއް
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް