Roadha Mihaaru
މިލާންގެ ސަޕޯޓަރުން ކުރީގެ ކީޕަރަށް ފުރައްސާރަ ކޮށްފި

މިލާންގެ ސަޕޯޓަރުން އެޓީމުގެ ކުރީގެ ކީޕަރަށް ފުރައްސާރަ ކޮށްފި

08 ނޮވެމްބަރ 2023

މިލާން (ނޮވެމްބަރު 8) - ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މިސީޒަންގެ މަރުގެ ގުރޫޕް ކަމަށް ބެލެވޭ ގުރޫޕް އެފް ގައި އިޓަލީގެ އޭސީ މިލާނުން ފަހަތުން އަރައި 2-1 އިން ފްރާންސްގެ ޕީއެސްޖީ ބަލިކޮށް، ފުރަތަމަ މޮޅު ހޯދި މެޗުގައި، ޕީއެސްޖީ އަށް ކުޅޭ މިލާންގެ ކުރީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ އަށް ފުރައްސާރަ ކޮށްފި އެވެ.

އޭސީ މިލާންގެ އެކަޑަމީން ފެށިގެން އުމުރުން 16 އަހަރުގައި ސީނިއާ ކެރިއަރު ފެށި ޑިންނަރުއްމާ، 24، މިލާންގެ އާ ހުށަހެޅުން ދޫކޮށް 2021 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާގައި އަހަރަކު 12 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ.

ރޭގެ މެޗުގައި ޑޯންނަރުއްމާ، އޭނާ މިލާންގެ ކޮންޓްރެކްޓް ގަބޫލު ނުކޮށް ބޮޑޫ މުސާރައަށް ޕީއެސްޖީ އަށް ބަދަލުވުމުން މިލާންގެ ސަޕޯޓަރުން އަދިވެސް ތިބީ އޭނާއާ މެދު ހިތްހަމަ ނުޖެހިފަ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ޑޯންނަރުއްމާ، އޭނާ މިލާންގެ ކޮންޓްރެކްޓް ގަބޫލު ނުކޮށް ބޮޑޫ މުސާރައަށް ޕީއެސްޖީ އަށް ބަދަލުވުމުން މިލާންގެ ސަޕޯޓަރުން އަދިވެސް ތިބީ އޭނާއާ މެދު ހިތްހަމަ ނުޖެހިފަ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗަކީ ޑޮންނަރުއްމާ މިލާން ދޫކޮށްލި ފަހުން އެޓީމުގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މިލާންގެ ސަޕޯޓަރުން ވަނީ އޭނާ އަށް "ޑޮލަރުއްމާ" ކިޔައި، އޭނާގެ މޫނު ޖަހާފައި ހުރި ފޭކު ނޫޓުތަކެއް ދަނޑުމައްޗަށް އުކައިފަ އެވެ.

ޑޮންނަރުއްމާ 21 އަހަރުގައި މިލާން ދޫކޮށްލީ 251 މެޗު އެޓީމަށް ކުޅޭދީފަ އެވެ. އޭނާ ވަނީ މިލާނާ އެކު އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. ޕީއެސްޖީ އާއެކު ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ކުޅެމުން އަންނަ ޑޮންނަރުއްމާ ޕީއެސްޖީ އާއެކު ވަނީ ފްރާންސްގެ ސުޕަ ކަޕް އެއްފަހަރު އަދި ދެ ފަހަރު ލީގު ތަށި އުފުލާލައިފަ އެވެ.

ސަޕޯޓަރުން ވަނީ ދަނޑަށް ފޭކު ޑޮލަރު ނޫޓޫ އުކައި ޑޮންނަރުއްމާ އަށް ފުރައްސާރަ ކޮށްފަ.-- ފޮޓޯ: އޭއެފްޕީ

ސަޕޯޓަރުން ވަނީ ދަނޑަށް ފޭކު ޑޮލަރު ނޫޓޫ އުކައި ޑޮންނަރުއްމާ އަށް ފުރައްސާރަ ކޮށްފަ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ނުވަވަނަ މިނިޓުގައި ޑިފެންޑަރު މިލާން ސްކްރިނިއާ ޕީއެސްޖީ އަށް ލީޑު ނަގައިދީފައި ވަނިކޮށް އޭގެ ތިން މިނިޓު ފަހުން މިލާނުން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އެއްވަރުކުރި ގޯލު ޖަހައިދިނީ ޒުވާން ފޯވާޑް ރަފައެލް ލެއާއޯ އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި މިލާން މޮޅު ކޮށްދިން ގޯލު ޖަހައިދިނީ އޮލިވިއޭ ޖިރޫ އެވެ.

ޖިރޫ، މިލާން މޮޅު ކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޖިރޫ، މިލާން މޮޅު ކޮށްދިން ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މި ގުރޫޕުގައި ހިމެނޭ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުން ވަނީ 2-0 އިން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ނިކްލަސް ފޫކްރޫގް އެވެ. ދެވަނަ ހާފުގައި އެޓީމުގެ ދެވަނަ ގޯލު ޖަހައިދިނީ ހޫލިއަން ބްރެންޓް އެވެ.

މި ނަތީޖާތަކާ އެކު ގުރޫޕްގެ އެއްވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ ޑޯޓްމަންޑެވެ. ހަ ޕޮއިންޓާ އެެކު ޕީއެސްޖީ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް ޕޮއިންޓް ހޯދާފައިވާ މިލާނެވެ. ނިއުކާސަލް އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ވެސް ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ ދެ މެޗެވެ.