ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރު ނިމުމުގެ ކުރިން ސްކައުޓާއި ގާލް ގައިޑް ކުދިން ކޭމްޕު ދާނެ ރަށެއް ހަމަޖައްސައިދޭނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
24 ޖުލައި 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރު ނިމުމުގެ ކުރިން ސްކައުޓާއި ގާލް ގައިޑް ކުދިން ކޭމްޕު ދާނެ ރަށެއް ހަމަޖައްސައިދޭނެ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ސްކައުޓާއި ގާލް ގައިޑްގެ ވަފުދާ ބައްދަލުކުރެއްވުމަށް، ޗީފް ސްކައުޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗީފް ގައިޑް، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވަވައިފަ އެވެ.
ދެކުނު ކޮރެއާގައި ބާއްވާ ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ސްކައުޓާއި ގާލް ގައިޑުގެ ވަފުދާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކަނބަލުން ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ | ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި ގޮތުގައި، ސްކައުޓް އެސޯސިއޭޝަނާއި ގާލް ގައިޑް އެސޯސިއޭޝަނުން، މި ދައުރުގެ ކުރީކޮޅުގައި ވަރަށް ގިނަ ކަންކަން ހައްލުކޮށްދޭން އެދުނެވެ. އެކަންކަން ހަމަޖައްސައިދޭން ސަރުކާރުން ބޭނުންވި ނަމަވެސް ކޮވިޑް-19އާ ގުޅިގެން ބައެއް ކަންކަން ދިގުލައިގެން ދިޔައީ ކަމަށް ވިދާޅުވި އެވެ.
އެސޯސިއޭޝަންތަކުން އެދުނު އެއް ކަމަކީ ކުދިން ކޭމްޕު ދާނެ ރަށެއް ހަމަޖައްސައިދިނުމެވެ.
ދެކުނު ކޮރެއާގައި ބާއްވާ ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ސްކައުޓާއި ގާލް ގައިޑްގެ ވަފުދާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކަނބަލުން ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް
"މިއަދު ވެސް އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކޮށް އަރުވަން، އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ މި ދައުރު ތެރޭގައި ތިބޭފުޅުންނަށް ކޭމްޕު ދާނެ ރަށެއް، ހާއްސަކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ރަށެއް އަޅުގަނޑުމެން ހަވާލުކޮށްދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ސްކައުޓާއި ގާލް ގައިޑްގެ ލީޑަރުންނާއި ދަރިވަރުން، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަށް ރީތި ނަން ލިބޭނެ ގޮތަށް ގައުމު ތަމްސީލުކޮށްދެއްވުމަށް ރައީސް އެދިވަޑައިގަތެވެ. އަދި ދީނާއި ތައުލީމީ ކަންކަމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވުމަށް ވެސް ރައިސް ނަސޭހަތްތެރިވެވަޑައިގަތެވެ.
"ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅަކީ ރަނގަޅު ޓީޗަރުން"
ހިރާ ސްކޫލަށް ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް
"ސްކޫލުތައް ހުޅުވުމަކީ އުނގެނުމުގައި ލިބޭ ފުރުސަތެއް"
އިއްޒުއްދީންގެ ދަރިވަރުން ގެއަށްދާނީ ނަމާދުކޮށް ކައިގެން
އިއްޒުއްދީން ސްކޫލު، ރައީސް ހުޅުއްވައިދެއްވައިފި
ކުރިއަށްދާނެ ދާއިރާއެއް މަޖުބޫރުކޮށްގެން ނުވާނެ: ރައީސް
އިސްކަންދަރަށް އޮކެސްޓްރާ ބޭންޑާއި އީ-ލައިބްރަރީއެއް
ނާސްތާ ދިނުމާ މެދު ތަފާތު ހިޔާލުތަކެއް!
"އަމާޒަކީ ތައުލީމީ ދާއިރާގައި ދިވެހިން އިތުރުކުރުން"
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި