25 އެޕްރީލް 2019
އިސްކަންދަރަށް 58 އަހަރުފުރުމާ ދިމާކޮށް އެ ސްކޫލުގައި އޮކެސްޓްރާ ބޭންޑާއި ޑިޖިޓަލް ލައިބްރަރީ، "ނޮލެޖް ހަބް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތައާރަފުކޮށްދެއްވައިފި އެވެ.
އިސްކަންދަރަށް 58 އަހަރުފުރުމާ ދިމާކޮށް އެ ސްކޫލުގައި އޮކެސްޓްރާ ބޭންޑާއި ޑިޖިޓަލް ލައިބްރަރީ، "ނޮލެޖް ހަބް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތައާރަފުކޮށްދެއްވައިފި އެވެ.
ހަމީދިއްޔާ މޮންޓެސަރީގެ ނަމުގައި ސްކޫލު ހުޅުވީ މެއި 16، 1961 ގަ އެވެ. ނަމަވެސް ރޯދަމަހުގެ ތެރޭގައި އަހަރީ ދުވަސް އަންނާތީ، މިއަދު ވަނީ ކުޑަކުދިންގެ ދުވަހާއެކު އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ.
އިސްކަންދަރަށް 58 އަހަރުފުރުމާ ދިމާކޮށް އެ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މާލޭގައި އޭރު އޮތް ޕްރައިމަރީ ސްކޫލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭންޑެއް ތައާރަފުކޮށްފައިވަނީ ވެސް 1987 ވަނަ އަހަރު، އިސްކަންދަރުގަ އެވެ. އޭރު ފެށި ބޭންޑު ފުރިހަމަ ބްރާސް ބޭންޑަކަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވަނީ އިސްކަންދަރު ސްކޫލަކީ ވަރަށް ފުރިހަމަ ސްކޫލެއް ކަމަށާއި އޮކެސްޓްރާ ބޭންޑެއް އޮތް ނަމަ އިތުރަށް ފުރިހަމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެއާއެކު އޮކެސްޓްރާ ބޭންޑާ މެދު ޝައުގުވެރިކަން އުފެދުނު ކަމަށް، ބޭންޑާ ހަވާލުވެހުރި އެ ސްކޫލުގެ ލީޑިން ޓީޗަރު އާލިމާ މުހައްމަދު ވިދާޅުވި އެވެ.
އިސްކަންދަރަށް 58 އަހަރުފުރުމާ ދިމާކޮށް އެ ސްކޫލުގައި މިއަދު ތައާރަފުކުރި އޮކެސްޓްރާ ބޭންޑުން ދަރިވަރަކު ލަވައެއް ކުޅެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ ފުރިހަމަ ވަސީލަތްތަކާއެކު 2016 ވަނަ އަހަރު ބްރާސް ބޭންޑަށް ބަދަލުވުމުން، އޭރު މަސައްކަތްކުރީ އެ ބޭންޑު އިތުރަށް ހަރުދަނާކުރަން ކަމަށެވެ. ކާމިޔާބު އެ މަސައްކަތާއި ވަސީލަތްތަކާއެކު އޮކެސްޓްރާ ބޭންޑު ތައްޔާރުވާން ފެށީ މިއަހަރުގެ ތެރޭގަ އެވެ. އެގޮތުން އެއް މަސް ދުވަހުގެ ފަރިތަކުރުންތަކަށް ފަހު، 41 ދަރިވަރުން ހިމެނޭ ބޭންޑުން ވަނީ މަޝްހޫރު ޓައިޓޭނިކް ލަވަ އާއި ޝަހީދުންގެ ލަވައެއް ކުޅެފަ އެވެ.
އާލިމާ ވިދާޅުވިގޮތުގައި ބޭންޑުގައި ހިމެނޭނީ ގްރޭޑު 7-10ގެ ދަރިވަރުންނެވެ. އެ ދަރިވަރުންނަކީ، ކުރިން އެހެން އިންސްޓްރުމަންޓް ކުޅެފައި ހުރި ކުދިންނަށް ވުމުން، ފަރިތަކުރުން ކުރިއަށްގެންދަން ފަސޭހަވިކަން އާލިމާ ފާހަގަކުރެއްވި އެވެ.
އިސްކަންދަރު ސްކޫލުގެ 58 އަހަރުފުރުމާ ދިމާކޮށް އެ ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މިއީ އިރާދަކުރެއްވިއްޔާ ފެށުމެއް. ބޭންޑު މި ފެށީ 40 ޕީސް އޮކެސްޓްރާއާ އެކު. ސްޓްރިންގް އިންސްޓްރުމަންޓް އިތުރުކޮށްގެން 100 ޕީސް އެއްކޮށްގެން އޮކެސްޓްރާއެއް ހެދުމަކީ ވެސް މުސްތަގުބަލުގައި ކުރަން ބޭނުންވާ ކަމެއް،" އާލިމާ ވިދާޅުވި އެވެ.
"ވަރަށް ހުނަރުވެރި ކުދިންތަކެއް އެއީ. އެހެންވެ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ތައްޔާރުވެވުނީ،"
އިސްކަންދަރު ސްކޫލުގައި މިއަދު ހުޅުވި ޑިޖިޓަލް ލައިބްރަރީ: އެތަނުގައި 32 ސިސްޓަމް ހިމެނޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނޮލެޖް ހަބްގެ މަސައްކަތްތަކާ ހަވާލުވެހުންނެވި ލީޑިން ޓީޗަރު އިބްރާހިމް މުޒާހު ވިދާޅުވީ، ސްކޫލު ލައިބްރަރީ އިތުރަށް ތަރައްގީކޮށް ހުޅުވި ހަބް މިވަގުތު ބޭނުންކުރާނީ ހަމައެކަނި ލައިބްރަރީގެ ވަގުތު އެކަނި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ދަރިވަރުން ފިލާވަޅު ހެދުމަށާއި ތަފާތު އެކި މަސައްކަތަށް އެތަން ބޭނުންކުރެވޭނެ ގޮތް ހަދާނެ ކަމަށް ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލުގެ 58 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހުޅުވި އާޓް އެގްޒިބިޝަނެއް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސްޕޮންސަރުންގެ އެހީއާއެކު ތަރައްގީކުރި ޑިޖިޓަލް ލައިބްރަރީގައި 32 ސިސްޓަމް ހުރެ އެވެ. އެއިން ލޮގިން ވާއިރު ދަރިވަރުގެ އީމެއިލާއި ޕާސްވޯޑު ޖެހުމުން، އެ ދަރިވަރެއްގެ ގްރޭޑާއި އުމުރާ ގުޅޭ ތަފާތު އެކި ވައްތަރުގެ ފޮތްތައް ފެންނަން ހުންނާނެ އެވެ. އޭގެ ތެރޭގައި ނޮވެލް އާއި ކޮމިކްސް ފަދަ ފޮތްތައް ހިމެނެ އެވެ.
"އެއްފަހަރާ އެއް ކްލާހަށް އެކަމޮޑޭޓުުކުރެވޭނެ ސިސްޓަމްތަކުން. ޓާގެޓަކީ، ހަމައެކަނި އިސްކަންދަރު ސްކޫލުގެ ބަދަލުގައި ގައުމީ ލެވެލްގައި އެކަން ފުޅާކުރުން،" މުޒާހު ވިދާޅުވި އެވެ.
ސްކޫލު އިމާރާތްތަކުގެ ފެންވަރު ދަށީތަ؟ނުބެލެހެއްޓެނީތަ؟
"ބަދަލުތަކުގެ ފުރަތަމަ ފިޔަވަޅަކީ ރަނގަޅު ޓީޗަރުން"
ވިސްނުން ބަދަލުކުރަނިކޮށް ވަރުގަދަ ޖީލެއްލިބޭނެ: ސައީދު
"ސްކޫލުތައް ހުޅުވުމަކީ އުނގެނުމުގައި ލިބޭ ފުރުސަތެއް"
އިއްޒުއްދީންގެ ދަރިވަރުން ގެއަށްދާނީ ނަމާދުކޮށް ކައިގެން
އިއްޒުއްދީން ސްކޫލު، ރައީސް ހުޅުއްވައިދެއްވައިފި
ދެ ސްކޫލަކުން ޖާގަހޯދަން އޮޅުވާލައިގެން ލިޔުން ހުށަހަޅާ
ކުރިއަށްދާނެ ދާއިރާއެއް މަޖުބޫރުކޮށްގެން ނުވާނެ: ރައީސް
މާލޭގައި ނާސްތާ ދޭން ހަވާލުކުރީ ބުރުޒާއި ލަ ސޫކަށް
ނާސްތާ ދިނުމާ މެދު ތަފާތު ހިޔާލުތަކެއް!