ށ. ފުނަދޫގައި އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން އިންޑޮނީޝިއާ އަދި ރާއްޖޭގެ ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާއަކާ އިއްޔެ ހަވާލުކޮށްފި އެވެ.
24 ޖުލައި 2023
ށ. ފުނަދޫގައި އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން އިންޑޮނީޝިއާ އަދި ރާއްޖޭގެ ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާއަކާ އިއްޔެ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، މި ޖޭވީ އަކީ އިންޑޮނީޝިއާގެ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ރާއްޖޭގެ ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ. އެ މަސައްކަތަށް 136 މިލިއަން ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
އާ އިމާރާތު ޑިޒައިން ވެސް މިނިސްޓްރީން މިއަދު އާންމުކުރި އެވެ. އެކަމަކު، އެ މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހޮސްޕިޓަލްތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ލ. ގަމުގައި ޓާޝަރީ ހޮސްޕިޓަލަކާއި ގދ. ގައްދޫގައި ހޮސްޕިޓަލެއް ހެދުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އަދި ބ. ތުޅާދޫގައި ހަދާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވެ އެވެ.
ކުވައިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެއީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް ހެދުމަށެވެ. އެ މަސައްކަތް ކޮންޓްރެކްޓަރާ ވަނީ ހަވާލުކޮށްފަ އެވެ.
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
ތިން ރަށެއްގެ ހޮސްޕިޓަލް އިމާރާތް އަޅަން ހަވާލުކޮށްފި
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި
10ރ.ގެ ބޭހެއް ނެތިގެން 30،000ރ. ގެ ހަރަދު!
ފަރުވާގެ އިހުމާލުގެ މައްސަލަތައް ކޮޅެއްގައި ނުޖެހުނު
ލެޕްރޮސްކޮޕިކް ސާޖަރީއަށް އުނގޫފާރު ހޮސްޕިޓަލް ތައްޔާރު
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ"
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ