Roadha Mihaaru
ޔޫގެންޑާގެ ސްކޫލަކަށް ހަމަލާދީ 38 ކުދިން މަރާލައިފި

ޔޫގެންޑާގެ ސްކޫލަކަށް ހަމަލާދީ 38 ކުދިން މަރާލައިފި

18 ޖޫން 2023

ކަމްޕާލާ، ޔޫގެންޑާ (ޖޫން 18) - އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިފައި އޮންނަ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ޔޫގެންޑާގައި އަމިއްލަ ބަޔަކު ހިންގާ ސްކޫލަކަށް، މިދިޔަ ހޮނިހިރު ވިލޭރޭ ހަމަލާ ދީ އޭގެ ތެރެއިން ސާޅީހަކަށް ކުދިން މަރާލައިފި އެވެ.

ކަމްޕާލާ، ޔޫގެންޑާ (ޖޫން 18) - އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިފައި އޮންނަ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ޔޫގެންޑާގައި އަމިއްލަ ބަޔަކު ހިންގާ ސްކޫލަކަށް، މިދިޔަ ހޮނިހިރު ވިލޭރޭ ހަމަލާ ދީ އޭގެ ތެރެއިން ސާޅީހަކަށް ކުދިން މަރާލައިފި އެވެ.

ރިޕަބްލިކް އޮފް ކޮންގޯ އާއި ޔޫގެންޑާ ގުޅޭ ސަރަހައްދީ އިމާ މާ ދުރު ނޫން ހިސާބެއްގައި، އަމިއްލަ ބަޔަކު ހިންގާ އެ ސާނަވީ ސްކޫލްގައި ކިޔަވަނީ 60 ކުދިންނެވެ. ޔޫގެންޑާގެ ހުޅަނގު ސަރަހައްދުގައި ހުންނަ އެ ސްކޫލްގައި ކިޔަވާ ގިނަ ކުދިން އުޅެނީ ވެސް ސްކޫލްގައި ހުންނަ ބޯޑިން އިމާރާތުގަ އެވެ.

އެ ސްކޫލަށް ހަމަލާ ދިން ހަނގުރާމަވެރިންނަކީ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން، ކޮންގޯގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އެލައިޑް ޑިމޮކްރެޓިކް ފޯސަސް ކިޔާ ބައެކެވެ. ހުކުރު ދުވަހުގެ ރޭ 11:30 ހާއިރު ހަނގުރާމަވެރިން ބަޑިއާއި އަތުބޮމާއި ކަތިވަޅި އާއި ޚަންޖަރު ފަދަ ތަކެތި ހިފައިގެން އެ ސްކޫލަށް ވަދެގަތީ، ސްކޫލްގެ ބޭރުގައި އިން ފާރަވެރިޔާ މަރައިލުމަށް ފަހު އެވެ.

ހަނގުރާމަވެރިން އެންމެ ފުރަތަމަ ހަމަލާ ދިނީ ފިރިހެން ދަރިވަރުން ނިދާފައި ތިބި ބޯޑިން އިމާރާތަށެވެ. އެ އިމާރާތުގެ ދޮރު ބޭރުން ތަޅުލުމަށް ފަހު، ކުޑަދޮރުތަކުން އެތެރެއަށް ބަޑި ޖަހަން ފެށުމުން، ހުރިހާ ފިރިހެން ކުދިންތައް އެނދުތަކުގެ ދަށަށް ވަދެ ރައްކާތެރިކަން ހޯދޭތޯ ބެލި އެވެ. އެ ހަމަލާގައި ގިނަ ކުދިންތަކެއް ޒަޚަމްވެފައި ތިއްބާ، ތަޅުލާފައި ހުރި އެ އިމާރާތުގައި ހަނގުރާމަވެރިން ރޯކޮށްލި އެވެ.

އެއަށް ފަހު ހަނގުރާމަވެރިން ދެން ދިމާކޮށްލީ އަންހެން ކުދިން ނިދާފައި ތިބި އިމާރާތަށެވެ. އެ ތަން އެވަގުތު ތަޅުނުލައި ހުރުމުން، އެތެރެއަށް ވަދެ އަންހެންކުދިންތަކުގެ ތެރެއަށް ބަޑި ޖެހި އެވެ. އަދި ތޫނު ހަތިޔާރުތަކުން ކުދިންނަށް ހަމަލާދީ ބައެއް ކުދިންގެ ގުނަވަންތައް ބުރިކުރި އެވެ. ދެން އެ ތަނުން ނުކުމެ ބޭރުން ތަޅުލުމަށް ފަހު އެ ތަނުގައި ވެސް ހުޅުޖެހި އެވެ.

ޔޫގެންޑާ ސިފައިން ބުނި ގޮތުގައި މި ހަމަލާގައި އެ ސްކޫލްގެ 38 ދަރިވަރަކު މަރުވި އެވެ. އަދި ދޮރުވާނުގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ތެރެއިން ވެސް އިތުރު ދެ މީހަކު މަރުވި އެވެ. މަރުވި ދަރިވަރުންގެ ތެރެއިން ގިނަ ކުދިން ތިބީ ކާކުކަން ނޭނގޭ ވަރަށް އަނދައިފަ އެވެ.

މި ހަމަލާ ދިން ސްކޫލް ހުންނަނީ، ދެ ގައުމު ގެޅޭ ސަރަހައްދީ ރޮނގު ބެލެހެއްޓުމަށް ޔޫގެންޑާގެ ގިނަ އަދަދެއްގެ ސިފައިން ފުރިހަމަ ހަތިޔާރާއެކު ގާއިމުވެ ތިބޭ ސަރަހައްދަކާ ކައިރީގައި ކަމުން، މިފަދަ ނުރައްކާތެރި ހަމަލާއެއް ދެވުނު ގޮތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ސިފައިން ބުނި ގޮތުގައި ހަނގުރާމަވެރިން އެ ސްކޫލަށް ހަމަލާ ދީ އެތައް ކުދިންނެއް މަރައިލުމަށް ފަހު، އެ ތަން ދޫކޮށް ދިޔައީ، އެ ސްކޫލްގެ އިތުރު ހަ ދަރިވަރަކު ރަހީނުންގެ ގޮތުގައި ގޮވައިގެންނެވެ. އެ ހަ ކުދިން ގެންދިޔައީ ހަނގުރާމަވެރިން ސްކޫލްގެ ފިހާރަ ތެރެއިން ފޭރުނު ކާބޯތަކެތި އުފުލުމަށް ކަމަށް، އެ މަންޒަރު ދުށް މީހުންނާ ހަވާލާދީ ސިފައިން ބުންޏެވެ.

ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ މޭޖާ ޖެނެރަލް ޑިކް އޯލަމް ވިދާޅުވި ގޮތުގައި އެ ސްކޫލަށް ހަމަލާ ދިނުމުގެ ދެ ދުވަސް ކުރިން ހަނގުރާމަވެރިން އެ އަވަށަށް ވަދެ އަވަށުގެ ތެރޭގައި އުޅުނެވެ. އަދި ހަމަލާ ދިން ދުވަހުގެ ދުވާލުގެ ވަގުތުގައި ގޮތް ނޭނގޭ ޒުވާނަކު ސްކޫލް ކައިރިއަށް ގޮސް އެ ސަރަހައްދުގައި ކަންތައް ހުރި ގޮތް ބަލައި ހެދި އެވެ.