06 މެއި 2022
ތިން ބޮޑީގާޑުންނާ އެކު ކުރީގެ ރައީސް މުހަންމަދު ނަޝީދު، މިދިޔަ އަހަރުގެ މި ދުވަހުގެ ރޭ، 8:27 ހާއިރު އަމިއްލަ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގަތީ މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރުއްވާށެވެ. ހިންގަވާފައި ވަޑައިގެން، މަޖީދީމަގުގެ ކަންމައްޗާ އަރާ ހަމަވި ތަނުން ދެން އިވުނީ ބާރު އަޑަކާ އެކު ގަދަފަދަ ގޮވުމެކެވެ. އެއީ ސީދާ އެ މަނިކުފާނުގެ ފުރާނަ ދުއްވާލަން ދުރާލައި ރޭވިގެން ބަޔަކު ހިންގި އަމަލެކެވެ. ވަރަށް ހަނިގޮތަކަށް ނަޝީދުގެ ފުރާނަ ސަލާމަތްވި އެ ހާދިސާ އަށް މިއަދު އެއް އަހަރު ފުރުނީ އެވެ.
ތިން ބޮޑީގާޑުންނާ އެކު ކުރީގެ ރައީސް މުހަންމަދު ނަޝީދު، މިދިޔަ އަހަރުގެ މި ދުވަހުގެ ރޭ، 8:27 ހާއިރު އަމިއްލަ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގަތީ މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރުއްވާށެވެ. ހިންގަވާފައި ވަޑައިގެން، މަޖީދީމަގުގެ ކަންމައްޗާ އަރާ ހަމަވި ތަނުން ދެން އިވުނީ ބާރު އަޑަކާ އެކު ގަދަފަދަ ގޮވުމެކެވެ. އެއީ ސީދާ އެ މަނިކުފާނުގެ ފުރާނަ ދުއްވާލަން ދުރާލައި ރޭވިގެން ބަޔަކު ހިންގި އަމަލެކެވެ. ވަރަށް ހަނިގޮތަކަށް ނަޝީދުގެ ފުރާނަ ސަލާމަތްވި އެ ހާދިސާ އަށް މިއަދު އެއް އަހަރު ފުރުނީ އެވެ.
މިއީ، އެ ރެއާއި އޭގެ ފަހުން އެ ހާދިސާއާ ގުޅިގެން ހިނގައިދިޔަ ބައެއް ހަނދާންތަކުގެ ފޮޓޯތަކެވެ.
ނަޝީދު ގެކޮޅުން ނުކުންނަވާ ވަގުތެއްގެ އިންތިޒާރުގައި އަހުމަދު އަދުހަމް އަތަމާ ޕެލަސް ހޮޓަލުގެ ތެރޭގައި: އުމުރުން އެންމެ 25 އަހަރުގެ އަދުހަމަކީ ނަޝީދަށް ދިން ހަމަލާގައި ބޮން ގޮއްވާލި ޒުވާނާ. މި ތާނގައި ހުރުމަށް ފަހު، ނަޝީދު ގެކޮޅުން ނުކުންނެވުމާ އެކު އޭނާ މޖީދީމަގު ހުރަސްކޮށް ކެނެރީގޭ ގޯޅި ކަންމަތީގައި މަޑުކޮށް، ނަޝީދު ކާރުކޮޅަށް އަރާ ވަޑައިގަންނަވަން ދޮރުހުޅުވާލުމާ އެކު ބޮން ގޮއްވާލި. މި ހަމަލާ އަށް ފަހު އަދުހަމް އުޅުނީ ފިލައިގެން. ފުލުހުން އޭނާ ހައްޔަރުކުރީ، ހަމަލާ ދިންތާ ތިން ދުވަސް ފަހުން، މޭޭ 9ގެ ފަތިހު.
މޭ 6، 2021- ރޭގަނޑު 8:28 ހާއިރު: ނަޝީދު އެ މަނިކުފާނުގެ ބޮޑީގާޑުންނާ އެކު ކެނެރީގެ ހުންނަ ގޯޅި ނުވަތަ ނީލޯފަރުމަގުން މަޖީދީމަގަށް ހިންގަވާފައި ވަޑައިގަންނަވަނީ. މި ގޯޅިތެރޭގައި ސައިކަލް ޕާކު ކުރެވޭ ގޮތަށް އޭރު ހަމަޖެހިފައި އޮތުމުން ގޯޅި ތެރެއިން ހިނގާފައި ދިއުމަކީ ފަސޭހަ ކަމަކަށް ނުވޭ. މި ފޮޓޯ ކެޕްޗާ ކޮށްފައި ހުރި ވީޑިއޯ އިން ވެސް ފެންނަ ގޮތުގައި އެ ރޭ ނަޝީދު ވަޑައިގަތީ އާންމުންގެ ތެރެއިން ލާފައި. ފޮޓޯގެ ދުރުން އެ ފެންނަނީ އެ މަނިކުފާނުގެ ކާރުކޮޅު.
ނަޝީދަށް ހަމަލާ ދިން ބޮން ގޮއްވާލި ވަގުތުގެ ސްކްރީން ޝޮޓެއް: މިއީ މި ވަރުގެ ބޮމުގެ ހަމަލާއެއް އާންމުންގެ ތެރޭގައި ރާއްޖޭގައި ދިން ފުރަތަމަ ފަހަރު. މި ހަމަލާގައި އެއްވެސް މީހަކު މަރު ނުވިޔަސް، އެއީ ބަޔަކު މަރުވެދާނެ ވަރުގެ ހަމަލާއެއް. މި ހަމަލާގައި ނަޝީދުގެ ބޮޑީގާޑުންގެ އިތުރުން އާންމު ބައެއް މީހުންނާއި ނަޝީދު ވެސް ވަރަށް ބޮޑަށް ޒަހަމްވި. އެންމެ ބޮޮޑު ޒަހަމެއް ލިބުނީ ވެސް ނަޝީދަށް. ހަމަލާގެ ސަބަބުން ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަނި ގޮތަކަށް ކަމަށް ޑޮކްޓަރުން ވިދާޅުވި.
ހަމަލާ ދިން ބޮން ހަރުކުރި ސައިކަލް: ބޮން ބާއްވާފައި އޮތީ މި ސައިކަލްގެ މަޑި ދަށުގައި. ބޮމާ އެކު ސައިކަލް މަޑި އާއި ސައިކަލްގެ އެ ބައި ވިއްސައިގެން ދިޔައީ ރޭޒާފުއްތަކަކާ އެކު. އެ ފުއްތައް ނަޝީދާއި ބައެއް އެހެން މީހުންގެ ހަށިގަނޑު ތެރެއަށް ވަދެ ޒަހަމްވި. އަދި ބުރައިގެން ދިޔަ ރޭޒާފުއްތައް ބާރު ސްޕީޑްގައި އެތައް ފޫޓެއް ދުރަށް ގޮސްފައިވާ ކަމަށް ތަހުގީގުން ދައްކާ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަޝީދު އަރުއްވައިގެން ހުންނެވި ފައިވާންކޮޅު ހަމަލާދިން ސަރަހައްދުގައި: އެ މަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ޒަހަމްވުމާއެކު، ސެކިއުރިޓީން ވަނީ ނަޝީދު ވަގުތުން އެހެން އުޅަނދެއްގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި. ހަމަލާ އަށް ފަހު މުޅި ސަރަހައްދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަޝީދަށް ހަމަލާ ދިން ބޮން ބާއްވާފައި އޮތް ސައިކަލް ކައިރީގައި ގޮވާތަކެތި: ތަހުގީގަށް ފަހު އެނގުނު ގޮތުގައި މި ސައިކަލް، ނަޝީދުގެ ކާރުކޮޅު އާންމުކޮށް ބާއްވާ ތަނާ ފަސް ވަރަކަށް ފޫޓު ދުރުގައި، މަގުގެ ކަންމަތީގައި އެއް ދުވަސް ކުރިން ގޮވާ ތަކެއްޗާ އެކު ބެހެއްޓި. ގޮއްވާލި ބޮމުގެ އިތުރުން ގޮވާ އެހެން އެއްޗެއް ވެސް މި ސައިކަލްގައި ބާއްވާފައި އޮތް. ސައިކަލް ބެހެއްޓި މީހާ ވެސް ހޯދައި ފުލުހުން ވަނީ ހައްޔަރުކޮށްފައި.
ނަޝީދަށް ހަމަލާ ދިން ރޭ ގެއްލުން ލިބުނީ ބައެއްގެ ހަށިގަނޑަކަށް އެކަންޏެއް ނޫން. މަގުމަތީގައި ބަހައްޓާފައި ހުރި އާންމުންގެ ސައިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު. މިއީ، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަޖީދީ މަގުގައި، ރޯދަ މަހެއްގައި، އަދި އާންމުން އެންމެ ހަލަބޮލި ވަގުތުގައި ދިން ހަމަލާއަކަށް ވާތީ، ހަމަލާ އަމާޒު ކުރި މީހުން ނޫން މީހުން ވެސް ވަނީ ޒަހަމްވެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަމަލާ ދިން ރޭ ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިން ކާރެއް މަޖީދީމަގުގައި: ނަޝީދު އޭރު ދިރިއުޅުއްވަމުން ގެންދެވީ ކެނެރީގޭގައި ކަމަށް ވެފައި، ނަޝީދު އަބަދު ވެސް ގެއަށް ވަޑައިގަންނަވަން ކާރުކޮޅުން ފައިބާ ވަޑައިގަންނަވަނީ މަޖީދީމަގަށް. އެކަމަކު އޭރު އެ މަނިކުފާނަށްޓަކައި މަގު ބަންދުކޮށެއް ނުހަދާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލުމާ އެކު އެ ސަހަރައްދުގައި ސިފައިން ހަރަކާތްތެރިވަނީ: މިއީ ކުރީގެ ރައީސަކަށް ދިން މި ފަދަ އެންމެ ވަރުގަދަ، އަދި ހަމައެކަނި ހަމަލާ ކަމަށް ވާތީ މި ކަން ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ވަރަށް ސީރިއަސްކޮށް ނެގި. އަދި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ތަަހުގީގު ކުރަން ފެށި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަމަލާ ދިންތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ނަޝީދު އޭޑީކޭ އަށް ގެންދިޔަ. އަދި އެ ސަރަހައްދުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާން ފެށި. ނަޝީދަށް ދިން ހަމަލާ އަށް ފަހު އިތުރު ހަމަލާއެއް ދީފާނެތީ، މާލޭގެ އެހެން ސަރަހައްދުތައް ބަލަހައްޓަން ވެސް ސިފައިންނާއި ފުލުހުން ގުޅިގެެން ހާއްސަ އޮޕަރޭޝަނެއް ފެށި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަޝީދަކީ ކުޜީގެ ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް މެ. އެ މަނިކުފާނަކީ، ސިޔާސީ ލީޑަރުންގެ ތެރެއިން ވަރަށް ގިނަ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއް. މި ހަމަލާއަކީ، ބައެއް ބޭފުޅުން ސިފަަ ކުރެއްވި ގޮތުގައި ގައުމަށް އައި ހަމަލައެއް. އެ މަނިކުފާނަށް އަވަސް ޝިފާއެއް ލިބުން އެދި އެތައް ބަޔަކު ދުއާކުރި. އަދި އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވި އިރު އެތައް ބަޔަކު އޭޑީކޭ ތެރޭގަ އާއި އޭޑީކޭ ބޭރުގައި ވެސް ވަގުތުތައް ގުނަމުން ދިޔަ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަމަލާގައި އެކި މީހުންނަށް ލިބިފައި ވަނީ އެކި ޒަހަމް. މިއީ، އޭގެ ތެރެއިން އެކަކަށް ލިބުނު ޒަހަމް. އޭނާގެ ފައި ކަފައިގެން ގޮސް، ހަށިގަނޑުގެ ބައެއް އެހެން ތަންތަން ވެސް ފުންކޮށް ޒަހަމްވި. އެހެން ބައެއް މީސްމީހުންނާއި ބޮޑީގާޑުންނަށް ވެސް ވަނީ ބޮޑެތި ޒަހަމްތައް ލިބިފައި.
ހަމަލާގައި ނަޝީދަށް ލިބިފައިވާ ޒަހަމްތައް ފެންނަގޮތުގެ ކުރެހުމެއް: އޭޑީކޭ އިން ބުނި ގޮތުގައި އެ މަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ވަނީ ރޭޒާފުއްތައް ވަދެފައި. އަދި ބައެއް ތަންތަނުން ރޭޒާފުއް ވަދެ ފޫއަޅައިގެން ވެސް ގޮސްފައިވޭ. ގާތްގަނޑަކަށް 16 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ރޭޒާފުއްތައް ނަގައި އެ މަނިކުފާނަށް އެހެން ބައެއް ފަރުވާތައް ވެސް ދޭން ޖެހުނު. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ރޭޒާފުއް ނަޝީދުގެ ގޮހޮރު ފޫއަޅުވާލައިފައި ނުވަނީ ކިރިޔާ.
ނަޝީދުގެ ފަރާތްޕުޅުން އާންމުކުރި ފޮޓޯއެއް. މި ފޮޓޯ އާންމުކޮށްފައި ވަނީ ހަމަލާ ދިންތާ 9 ދުވަސް ފަހު، މޭ 15 ގައި. ފޮޓޯއިން ފެންނަ ގޮތުގައި ގޮހޮރަށް ލިބުނު ގެއްލުމާ ގުޅިގެން ބަނޑު އެއްކޮށް ވަނީ ފަޅާލާފައި. މޭމަތިން، ހިތާ ދިމާލުގައި ވެސް ބޮޑެތި ޒަހަމްތަކެއް ހުރި.
ހަމަލަ ދިންތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، މި ހަމަލާ ދިން މީހުންގެ ވަނަވަރު އާންމުވި. މާލޭގެ އެކި ހިސާބުގައި ހުރި ސީސީޓީތައް ބަލައި ހެކިތައް ހޯދި. ހަމަލާގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރުކުރި. އެއީ، މަތީގައި (ކ-ވ) އަދުހަމް އަހްމަދު އާއި މުޖާޒް އަހްމަދު އަދި ތިރީގައި (ކ-ވ) އަހްމަދު ފާތިހު އާއި ތަހްމީން އަހްމަދު. މި އެންމެންގެ މައްޗަށް ވެސް ވަނީ ދައުވާކޮށްފައި. އޭގެ ތެރެއިން އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައި. މި ހަމަލާ ގޮސް ގުޅެނީ ހަރުކަށި ފިކުރާ. އަދި މިހާތަނަށް އެނގިފައިވާ ގޮތުގައި ނަޝީދަށް ހަމަލާ ދޭން ތިން ފަހަރެއްގެ މަތިން ވަނީ މަސައްކަތް ވެސް ކޮށްފައި.
ނަޝީދަށް ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ފުރާވަޑައިގަތުން: އޭޑީކޭގައި ކުރި އޮޕަރޭޝަނަށް ފަހު، އަދި ހަމަލާ ދިންތާ ބަރާބާރު ހަތް ވަނަ އަށް ވީ ދުވަހު، މޭ 13 ގައި ނަޝީދު ވަނީ އިތުރު ފރުވާ އަށް ޖަރުމަނުވިލާތަށް ފުރާވަޑައިގެންފައި. އެ މަނިކުފާނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ހަމައަށް ވަޑައިގަތީ ވަރުގަދަ ސެކިއުރިޓީގައި. އެއާޕޯޓަށް ވަޑައިގެން ބޯޓަށް އަރާވަޑައިގަތީ އަމިއްލަފުޅަށް. އެކަމަކު އޭރު އެ މަނިކުފާނަށް ރަނގަޅަށް ހިންގަވާފައި ނޫޅުއްވޭ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ނަޝީދު ޖަރުމަނުވިލާތުގައި: މި ފޮޓޯ ޓްވިޓާގައި އާންމުކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ފުރިހަމަ ސިއްހަތެއްގައި. ޖަރުމަނުގައި ގާތްގަނޑަކަށް މަހެއްހާ ދުވަހު އެމަނިކުފާު ފަރުވާ ހޯއްދެވި..-- ޓްވިޓާ ފޮޓޯ: ނަޝީދު
ނަޝީދުގެ އާއިލާ އިން އާންމުކުރި ވީޑިއޯއަކުން ނަގާފައިވާ ސްކްރީންޝޮޓެއް: ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދެވި ނަޝީދު ޓްރެޑްމިލްއެއްގައި ދުވެވަޑައިގަންނަވާ މަންޒަރު ދައްކުވައިދޭ އެ ވީޑިއޯގައި ފެންނަނީ ފަރުވާގައި ކުރެއްވި ހިތްވަރާއި އެނބުރި ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅު. ގާތްގަނޑަކަށް ހަ މަސް ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތީ ހެޔޮހާލުކޮޅުގައި.
ނަޝީދަށް ދިން ހަމަލާ އަށް ފަހު، އެ މަނިކުފާނުގެ ސެކިއުރިޓީ އަށް ވެސް ވަނީ ބަދަލުތައް ގެނެސްފައި. ހަމަލަ ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ސަރުކާރުން ވަނީ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންނަށް ވެސް ރަސްމީ ގެކޮޅެއް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވައްދައިފައި. ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މުރައިދޫގެ ހަމަޖެއްސި. ބޭސްފަރުވާ އަށް ފަހު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން ދިރިއުޅުއްވަނީ، މި ގެ، މުރައިދޫގޭގައި. މި ގެ ވަނީ އެ މަނިކުފާނު ވަޑައިގަތުމުގެ ކުރިން މަރާމާތުކޮށް ބަދަލުތައް ގެނެސްފައި.
މުރައިދޫގޭގައި އުޅުއްވިޔަސް، ނަޝީދު އެ މަނިކުފާނުގެ ގެކޮޅު، ކެނެރީގެ އަށް ވަރަށް ގިނައިން ވަޑައިގަންނަވާ. އެކަމަކު މީގެ އަހަރެއްހާ ދުވަހާ ހިލާފަށް ނީލޯފަރު ހިނގުމުގައި މިހާރު އެއްޗެހި ޕާކުކުރުން ވަނީ މަނާކޮށްފައި. އަދި ނަޝީދު އެ ގޭގައި އުޅުއްވާ ވަގުތު އެ މަގު އޮންނަނީ ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދު ވެސް ކޮށްފައި. އެ މަނިކުފާނުގެ ސެކިއުރިޓީ ކުރިއާ ހިލާފަށް މިހާރު ވަނީ ވަރުގަދަކޮށްފައި
މިދިޔަ ރޯދަ މަހުގެ ތެރޭގައި ނަގާފައިވާ މި ފޮޓޯގައި އެ ފެންނަނީ، ނަޝީދު ޓޭބަލް ޓެނިސް ކުޅުއްވާ މަންޒަރު. އެ މަނިކުފާނުގެ ފުރާނަ ދުއްވާލުމަށް ދިން ހަމަލާ އަށް އަހަރެއް މިއަދު ވާއިރު، މިހާރު އުޅުއްވަނީ ކުރިއެކޭ އެއްގޮތަށް ބިޒީ ޝެޑިއުލެއްގައި. އެކަމަކު، އެ މަނިކުފާނުގެ ފުރާނަ އަށް އޮތް ނުރައްކާ އަދިވެސް ކުޑަ ނޫން ކަމަށް އާއިލާ އިން ބުނޭ. އަދި އާއިލާ އިން ވެސް، އަދި ނަޝީދު ވެސް ގޮވާލައްވަނީ ނުރައްކާތެރި އެ ހަމަލާ އަށް ފަންޑު ކުރި މީހުން ހޯދައިދިނުމަށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާރިޔާގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވެއްޖެ
ހަމަލައެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އިލްޔާސް ދިން
ބޮމުގެ ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 14ދުވަސް
ބޮމުގެ ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 30ދުވަސް
ހަމަލާދޭން އުޅޭ ވާހަކައަށް މާރިޔާ އަޅައެއް ނުލެއްވި
ސިފައިންގެ ވެރިންނާ އިންކުއަރީގައި އަނެއްކާ ސުވާލުކޮށްފި
"މިހާރު" ގައި ލިޔުނު ރިޕޯޓްގެ މައްސަލަ ބަލަނީ
ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ރަނގަޅު: އަސްލަމް
މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިހުންނާނަން: ނަޝީދު
ނަޝީދު ލައިފް ސަޕޯޓު މެޝިނުން ނަގައިިފި