އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިިޔާބު ކުރައްވައިފި ނަމަ އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސްކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިިޔާބު ކުރައްވައިފި ނަމަ އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސްކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މިގޮތަށް ވިދާޅުވީ އެމްޑީޕީ ދޫކުރައްވައި ގުޅިވަޑައިގަތް ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާ ގްރޫޕެއްގަ އެވެ.
ނަޝީދު އެދިވަޑައިގަތީ ޑިމޮކްރެޓްސްގެ މެމްބަރުންގެ އެއްބާރުލުމަށެވެ. ބައިބައިވެއްޖެ ނަމަ ފެންނަނީ އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ކެމްޕޭން ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފަސޭހަކޮށް އިންތިހާބު ކާމިޔާބުކުރައްވާތަން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ތިޔަ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަށް. ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެން ދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް،" ނަޝީދު ވިދާޅުވި އެވެ.
"ވިސްނާނީ ތިޔަ ބޭފުޅުން،"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބު ކާމިޔާބުވެދާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވިއިރު، ޑިމޮކްރެޓްސްގެ ކެމްޕޭނަށް އައްޑޫ ފޭދުއަށް ވަޑައިގެން ރައީސަށް މި އިންތިހާބުން ލިބޭނީ ލަދުގަންނަން ޖެހޭ ވަރުގެ އަދަދެއް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އެމްޑީޕީގެ ރޫހާއި ޖޯޝު މިހާރު ފެންނަނީ ޑިމޮކްރެޓްސްގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ވާހަކަ ދެއްކެވުމަށް ފަހު ނަޝީދު ވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާމް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީ ދޫކުރައްވައި ނަޝީދު ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުން "ފިކުރެއްގެ ދިރުން" ނަމުގައި ހިންގެވި ސިޔާސީ ހަރަކާތް ފުޅާކުރައްވަ އެވެ. އެމްޑީޕީން ވަކިވެވަޑައިގަތީ، ނަޝީދު ވިދާޅުވާ ގޮތުގައި، އެ ޕާޓީގެ ފިކުރާއި ފަލްސަފާއާ މާދުރަށް ޕާޓީ ގެންގޮސްފައިވާތީ އެވެ.
ޑިމޮކްރެޓްސްގެ އަމާޒަކީ އެމަނިކުފާނު ވިދާޅުވާ ގޮތުގައި، އެމްޑީޕީގެ އަސާސްތައް އަނބުރާ ގެނައުމެވެ.
ނަޝީދުގެ ސިޔާސީ މަސައްކަތުގެ އާ ފެށުމަކަށް އުފެއްދެވި ޑިމޮކްރެޓްސް އިން އިންތިހާބުގައި ވާދަކުރައްވާނީ، އެ ޕާޓީގެ ގިނަ ބަޔަކަށް ވެސް ކުރިން ބެލެވިފައި އޮތް ގޮތުގައި އެމަނިކުފާނެވެ. އެކަމަކު، ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވައި އެމަނިކުފާނު ކެންޑިޑޭޓަކަށް ނެރުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
އެމްޑީޕީން ދެ ވަނަ ދައުރަކަށް އަމާޒު ހިފާފައި ވިޔަސް ނަޝީދުގެ ޑިމޮކްރެޓްސް އިން މި އިންތިހާބަށް ނުކުތީ މި ވެރިކަން ބަދަލުކުރުމަށެެވެ. އެމްޑީޕީއާ ވާދަވެރި ޕާޓީތަކާ އެކު ކޯލިޝަނަކުން އެއް ކެންޑިޑޭޓަކު ނެރެގެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކުރަން މަަސައްކަތް ކުރާނެ ކަމަށް ޑިމޮކްރެޓްސް އިން އޮތީ ބުނެފަ އެވެ.
މި ވެރިކަން އުފެއްދުމުގައި އިސްކޮށް އުޅުއްވި އެއް ލީޑަރު، ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދެމެދު ހިޔާލުތަފާތުވުން ބޮޑުވެ އެކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭވަރަށް ދުރުވީ ވެރިކަން ހިންގުމުގެ ނިޒާމް ބަރުލަމާނީއަކަށް ބަދަލުކުރަން ހުށަހެޅުއްވި ހުށަހެޅުއްވުމާ ހެދި އެވެ. ނިޒާމް ބަދަލުކުރެވޭނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމުމަކަށް ވީ އެ ވޯޓު މި ދައުރުގެ ތެރޭގައި ނުނެގުމެވެ.
ޑިމޮކްރެޓްސްގެ ކެމްޕޭންގައި، ވެރިކަން ލިބިއްޖެ ނަމަ ނިޒާމީ ވޯޓު ނަގާނެ ކަމަށް އަންނަނީ ބުނަމުންނެވެ.
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
މޮޅުވާ ކޮޅަކަށް މެންބަރުން އަބަދުވެސް ދާނެ: މާރިޔާ
ދެވަނަ ބުރުގައި ވެސް ރައީސްގެ ފަހަތަށް ނަޝީދު ނާރާނެ
ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން، ޕީޕީއެމް: ރައީސް
ފޫ ވައް ވެއްޓިއްޖެ، އެމްޑީޕީ ރޫޅާލާނަން: ނަޝީދު
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ބޮޑު ފަޅި: ނަޝީދު
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ