ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރު، އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސްކުރަން މިއަދު ފާސްކޮށްފި އެވެ.
19 ސެޕްޓެމްބަރ 2023
ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރު، އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސްކުރަން މިއަދު ފާސްކޮށްފި އެވެ.
އިއްޔެ އާއި މިއަދުގެ ޖަލްސާގެ ބޮޑު ބައެއް ވެސް އެމްޑީޕީ މެމްބަރުން ތަޅުމަށް ވަޑައިގެންފައި ނުވާ އިރު، އިލްޔާސްގެ ގަރާރަށް މުޅިންހެން ބަހުސް ކުރެއްވީ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.
ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި އޮތީ، ގަރާރުގެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވުމަށެވެ.
އެކަމަކު، ގަރާރު ބަލައިގަތުމަށް މެންދުރު 2:15 ގައި ވޯޓަށް އަހަން ނަޝީދު ނިންމަވައި، ޖަލްސާ ފެށި އިރު، ތަޅުމުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ތިއްބެވި އެވެ.
ވޯޓަށް އެހުމުގެ ކުރިން، މެމްބަރުން ތިއްބަވާ ތަޅުމަށް ވަޑައިގެން، އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ނަޝީދު މަޝްވަރާ ކުރެއްވި މަންޒަރު ފެނުނެވެ.
އޭގެ ފަހުން، ރިޔާސަތަށް އެނބުރި ވަޑައިގެން ނަޝީދު ވިދާޅުވީ، ގަރާރު ބަލައިގަތުމުގެ ވޯޓަށް ފަހު، މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނީ މާދަމާ ކަމަށެވެ. އެއީ ނަޝީދު ވިދާޅުވި ގޮތުން ނަމަ ޕާޓީތަކުގެ ލީޑަރުން މަޝްވަރާކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައިވާތީ އެވެ.
އެއާ އެކު އިލްޔާސް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަތީ އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު، ޖުމްލަ 35 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވުމަށް އާޒިމް ހުށަހެޅުއްވުމުން، އެކަމަށް ތާއީދުކުރެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އެ ހުށަހެޅުން ފާސްވީ 34 މެމްބަރުންގެ އިއްތިފާގުންނެވެ.
އިލްޔާސްގެ ގަރާރުގައި ވަނީ އަންނަ އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅުއްވައިފަ އެވެ. އަދި އެކަން ސީދާ މަޖިލީހަށް ކުރެވޭނެ ކަމަށް ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ހާލަތްތަކުގައި އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
އަދި ވަކި ކަމެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ ދެން އެކަމުގައި އަމަލުކުރަން ޖެހޭނެ ގޮތަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"...އެއީކީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" ގަރާރު ފާސްކޮށް، އާންމު ވޯޓެއް ނަގަން އީސީ އަށް އެންގުމުން އެކަން ކުރުން އެ ކޮމިޝަނުގެ މައްޗަށް ލާޒިމުވާނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.
އިލްޔާސްގެ ގަރާރަށް އެމްޑީޕީން ކުއްލި ގޮތަކަށް ތާއީދުކޮށްފައި މިވަނީ، މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން އެމްޑީޕީން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން ރޭ ނިންމާފައިވަނީ، ދެވަނަ ބުރުގެ ކުރިން މި މަހުގެ 28 ގައި ނިޒާމީ ވޯޓު ނަގަން އެމްޑީޕީއަށް ޝަރުތު ކުރުމަށެވެ.
އެކަމަކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ހަވީރު ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ ދަތި ކަމެއް ކަމަށާއި، އެކަމަކު އިލްޔާސްގެ ގަރާރު މެދުވެރިކޮށް އެހެން ވޯޓު ނަގަން އެހެން ތާރީހެއް ހުށަހަޅައިފި ނަމަ އެކަމަށް ތާއީދުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މީޑިއާގައި އިއްޔެ ވިދާޅުވީ، އަންނަ ނޮވެމްބަރު 17 އިގެ ކުރިން ނިޒާމީ ވޯޓު ނެގިދާނެ ކަމަށް އެ މަނިކުފާނު ނަޝީދަށް ދެންނެވި ކަމަށެވެ.
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ނަޝީދު ވަކިކުރުން: މަޖިލިސްގައި އަނެއްކާ މަރުތަޅެއް؟
ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އަހަން ފާސްކޮށްފި
ބަރުލަމާނީ ގަރަރުގެ މަޝްވަރާ އަނެއްކާ ލަސްވެއްޖެ
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
ޑިމޮކްރެޓުން ލާން ކޮމިޓީތައް އަލުން އެކުލަވާލަނީ؟
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
އީވާ ވަކިކުރާ މައްސަލަ ވެސް މަޑުޖެހުމުގެ ފުރުސަތު ބޮޑު
މަޖިލީހުގެ ރައީސްކަމާ ހަވާލުވާން އަސްލަމް ތައްޔާރު