އެސްޓީއޯ އިން ވިއްކާ "އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
03 އޯގަސްޓް 2023
އެސްޓީއޯ އިން ވިއްކާ "އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގައި ރީޓްއިލް ކަސްޓްމަރުންނަށް އަލް ނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯ ޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނެ އެވެ. ހޯލްސޭލް ކަސްޓްމަރުންނަށް 1800ގ. ގެ ތިން ކޭސް ގަތުމުން ސުޕާޝެފް މެޔޮނައިސް ކޭހެއް އަދި 2250ގ. ގެ ތިން ކޭސް ގަންނަ ކަސްޓަމަރުންނަށް ނަބަޓީ ރިޗީޒް ކޯންސްޓިކް ޗީޒް ކޭހެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް 5000ރ. ގެ މުދާ ދޭނެ އެވެ.
މި ޕްރޮމޯޝަން ހާއްސަ ކޮށްފައިވާ "އަލް ނޫރު" ހިކި ކިރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެކެވެ. "އަލް ނޫރު" ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ހިކި ކިރު ޕެކެޓު އެސްޓީއޯއިން ލިބޭނެ އެވެ.
"އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަން އެސްޓީއޯގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި އަހަރުގެ ނިޔަލަށެވެ.
އެސްޓީއޯ "ރަމަޒާން ބާޒާރު"ން ތުރުކީ ދަތުރެއް ދެނީ
ހެއްޔާ މަކިޓާގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ހުޅުމާލެ ހޮސްޕިޓަލުގައި ސްޓެރިލައިޒްކުރާ ތަނެއް ހަދަނީ
"މަކީޓާ" ގެ އުފެއްދުންތަކުން ބޮޑު ޑިސްކައުންޓެއް
ދޮވުނީ، ހިކުނީ: ހިޓާޗީ ދޮންނަ މެޝިންގެ ޕްރޮމޯޝަނެއް
އެސްޓީއޯ ހައިޕާމާކެޓް ކޮންސެޕްޓަށް އެއް އަހަރު
އެސްޓީއޯ ރަމަޒާން ބާޒާރުން އިނާމަކަށް އުމްރާ ދަތުރެއް
ޑިސްކައުންޓުތަކަކާ އެކު "އެކުލަ މި ކުލަ" ޕްރޮމޯޝަން
އެސްޓީއޯއިން މި އަހަރު ވެސް ނިންމާލާނީ ބޮޑު ސޭލަކުން
"ހެއްޔާ މަކީޓާ" މުބާރާތް އިއުލާނުކޮށް ޕްރޮމޯޝަނެއް