އެސްޓީއޯއިން ވިއްކާ "ހިޓާޗީ" ބްރޭންޑުގެ ދޮންނަ މެޝިންގެ ޕްރޮމޯޝަނެއް "ދޮވުނީ، ހިކުނީ" ގެ ނަމުގައި ފަށައިފި އެވެ.
25 މެއި 2023
އެސްޓީއޯއިން ވިއްކާ "ހިޓާޗީ" ބްރޭންޑުގެ ދޮންނަ މެޝިންގެ ޕްރޮމޯޝަނެއް "ދޮވުނީ، ހިކުނީ" ގެ ނަމުގައި ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި މެޝިން ގަންނަ ކަސްޓަމަރުންނަށް ހިލޭ މައިކްރޯވޭވް އަވަނެއް ލިބޭނެ އެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ހިމަނާފައިވާ "ހިޓާޗީ" ދޮންނަ މެޝިންތަކަކީ މި އަހަރުގެ ފެބްރުއަރީ މަހު ތައާރަފްކުރި މެޝިންތަކެވެ.
ހިޓާޗީގެ ދޮންނަ މެޝިނާއި އެކު ލިބޭ މައިކްރޯވޭވް އަވަން. -- ފޮޓޯ: އެސްޓީއޯ
ފެބްރުއަރީ މަހު އެސްޓީއޯއިން ތައާރަފް ކުރީ "ހިޓާޗީ" ބްރޭންޑުގެ އެންމެ ފަހުގެ ހަތަރު މޮޑެލްއެއްގެ ދޮންނަ މެޝިނެވެ. މި މޮޑެލްތަކަކީ އަށް ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އެއްޗެހި ދޮންނަން އެޅޭ މެޝިނެވެ. އަދި ހިއްކުމަށް ފަސް ކިލޯ އާއި ހަތް ކިލޯއާ ދެމެދުގެ އެއްޗެހި އެޅޭނެ އެވެ.
މި މެޝިންތަކުން ހިއްކާ އަންނައުނަކީ އިތުރަށް ހިއްކުމަށް ވަގުތު ނުނަގާނެ އެއްޗެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. މި މެޝިނުތަކުން ހިއްކާގޮތަށް އަލަމާރިއަށް އަންނަނު ލެވޭ ވަރަށް ހިކިފައި ހުންނާނެ ކަމަށް އެތަނުން ބުންޏެވެ.
"ހިޓާޗީ" މެޝިންތަކަށް އަމާޒުކޮށް ފެށި ޕްރޮމޯޝަން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
"ހިޓާޗީ" ދޮންނަ މެޝިނަކީ ހަކަތަރި ލޭބަލް ޖެހުމަށް ނިންމާފައިވާ މެޝިނެކެވެ. އަދި މި ބްރޭންޑުގެ މެޝިންތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ވެސް ލިބޭނެ އެވެ.
އެސްޓީއޯގެ ހިޓާޗީ އޭސީއަށް ހާއްސަ ޕްރޮމޯޝަނެއް
އެސްޓީއޯއިން ހިޓާޗީ ޓީވީގެ ޕްރޮމޯޝަނެއް
"ހަމަ ހިޓާޗީ" އޭސީ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
"ހަކަތަރި" ލޭބަލާ އެކު ހިޓާޗީގެ އާ އުފެއްދުންތަކެއް
އެސްޓީއޯ "ރަމަޒާން ބާޒާރު"ން ތުރުކީ ދަތުރެއް ދެނީ
ހެއްޔާ މަކިޓާގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ހުޅުމާލެ ހޮސްޕިޓަލުގައި ސްޓެރިލައިޒްކުރާ ތަނެއް ހަދަނީ
"އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަނެއް
"މަކީޓާ" ގެ އުފެއްދުންތަކުން ބޮޑު ޑިސްކައުންޓެއް
އެސްޓީއޯ ހައިޕާމާކެޓް ކޮންސެޕްޓަށް އެއް އަހަރު