Roadha Mihaaru
ޔާމީންގެނޯޓުގެ ސައްހަކަން ޒެއިން ކަށަވަރު ކޮށްދެއްވައިފި

އިންތިހާބު ބޮއިކޮޓްކުރުމުގެ ނޯޓުގެ ސައްހަކަން ޒެއިން ކަށަވަރު ކޮށްދެއްވައިފި

06 އޯގަސްޓް 2023

މި އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގަވައި އޭނާގެ ބައްޕާފުޅު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައެޅި އަބްދުﷲ ޔާމީން އެންގެވި ނޯޓިސްގެ ސައްހަކަން ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މިއަދު ކަށަވަރު ކޮށްދެއްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގަވައި އޭނާގެ ބައްޕާފުޅު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައެޅި އަބްދުﷲ ޔާމީން އެންގެވި ނޯޓިސްގެ ސައްހަކަން ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މިއަދު ކަށަވަރު ކޮށްދެއްވައިފި އެވެ.

އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު އިންތިހާބުގައި ޕީޕީއެމުން ވާދަނުކުރަން ޔާމީން ވަނީ ޕާޓީގެ ލީޑަޝިޕުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިޚާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޔާމީން ލިޔުމުން ދެއްވި ނޯޓުގެ ސައްހަކަން ޒެއިން ކަށަވަރު ކޮށްދެއްވީ އެއާ މެދު ޕީޕީއެމް/ޕީއެންސީގެ ސެނެޓާއި ލީޑަޝިޕްގެ ބައެއް މެމްބަރުން ސުވާލު އުފެއްދެވުމުން ކަމަށް ވެ އެވެ.

އެއީ އެމަނިކުފާނަށް ފުރުސަތު ގެއްލިއްޖެނަމަ، ބަދަލުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރެން ނިންމުމަށްފަހު، އިންތިޚާބު ބޮއިކޮޓު ކުރަން އަންގަވާނެ ކަމަށް ސެނެޓުގެ ބައެއް މެމްބަރުންނަށް ގަބޫލުނުކުރެވޭތީ އެވެ.

އެކަމަކު ޒެއިން ވަނީ އެ ނޯޓުގެ ސައްހަ ކަން މިހާރު ކުރިއަށް ގެންދާ ސެނެޓްގެ ބައްދަލުވުމުގައި ޔަގީން ކޮށްދެއްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީ ޖޮއިންޓު ސެނެޓުގައި މިހާރު ދަނީ ޔާމީންގެ އެ ނޯޓާ މެދު ގޮތެއް ނިންމުމުގެ މަޝްވަރާތަކެވެ. އެނގިފައިވާ ގޮތުގައި އެކަމާ މެދު ސެނެޓު މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ، ބައްދަލުވުން ވަނީ ހޫނުވެފަ އެވެ.

އިންތިޚާބު ބޮއިކޮޓު ކުރުމާ މެދު ގޮތެއް ނިންމާނީ ޖޮއިންޓު ސެނެޓުން ފާސްކޮށްގެން ކަން އެނގިފައި ވެ އެވެ.