Roadha Mihaaru
ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފާހެއް ނުވި

ޔާމީން ބޭނުންވި ގޮތަށް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފާހެއް ނުވި!

06 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގައި ދެންމެ ވޯޓުގައި އެ މަނިކުފާނަށް ނާކާމިޔާބުވެ، އިންތިހާބު ބޮއިކޮޓް ނުކުރަން ފާސްކޮށްފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވި ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގައި ދެންމެ ވޯޓުގައި އެ މަނިކުފާނަށް ނާކާމިޔާބުވެ، އިންތިހާބު ބޮއިކޮޓް ނުކުރަން ފާސްކޮށްފި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެމްބަރުންނެވެ. އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 67 މެމްބަރެކެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެމްބަރެކެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ވޯޓަށް އަހަން ޖެހުނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން، އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތުމުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ޔާމީން ހަވާލުކުރެއްވި ނޯޓިސްގައި ވަނީ އެ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެހެންވެ، ސެނެޓްގައި ވޯޓަށް އެހީ އެވެ.

މިއަދު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސަމިޓްގައި މެމްބަރުން ވޯޓު ދެއްވަނީ.

މިއަދު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސަމިޓްގައި މެމްބަރުން ވޯޓު ދެއްވަނީ.

ސެނެޓްގައި މި ބަހުސް މިއަދު ކުރިއަށް ގެންދިޔައީ ހޫނު ޒުވާބާއި އަރައިރުމުގެ ތެރޭގަ އެވެ. ބައްދަލުވުން މެދުކަނޑާލާފައި ވަނިކޮށް، ބޭރުން ބަޔަކު ޕީޕީއެމްގެ އޮފީސްތެރެއަށް ވަދެ ހަމަނުޖެހުން ވެސް ހިންގި އެވެ. އެކަމަކު، ވަކި ހިސާބަކުން އެ މީހުން ބޭރަށް ނެރެ ތަން ހަމަޔަކަށް އެޅުވި އެވެ.

އިންތިހާބު ބޮއިކޮޓް ނުކުރަން ގޮވާލައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި ޔާމީންގެ ވަރަށް އަރިސް ބޭފުޅުން ވެސް ހިމެނެ އެވެ.

އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ބޭނުންފުޅުވި ނަމަވެސް އެ މަނިކުފާނަށް ފުރުސަތު ގެއްލޭ ހާލަތުގައި ޕީޕީއެމް/ޕީއެންސީން ނެރޭނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ސެނެޓުން އޮތީ ފާސްކޮށްފަ އެވެ. މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަނޑައަޅަން ނިންމަވައިފަ އެވެ.

ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ މާދަމާގެ މެންދުރު 2 ޖަހާއިރެވެ.