Roadha Mihaaru
އުރީދޫ މަސްރޭހުގެ މާލޭގެ ޗެމްޕިއަންކަން ސޮނީ ފިޝިންއަށް

އުރީދޫ މަސްރޭހުގެ މާލޭ ޗެމްޕިއަންކަން ސޮނީ ފިޝިންއަށް

07 އޯގަސްޓް 2023

މިދިޔަ ހުކުރު ދުވަހު ފެށި އުރީދޫ މަސްރޭހުގެ މާލެ ސިޓީގެ ޗެމްޕިއަންކަން ސޮނީ ފިޝިންއިން ހޯދައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިދިޔަ ހުކުރު ދުވަހު ފެށި އުރީދޫ މަސްރޭހުގެ މާލެ ސިޓީގެ ޗެމްޕިއަންކަން ސޮނީ ފިޝިންއިން ހޯދައިފި އެވެ.

މަސް ރޭހުގައި ސޮނީ ފިޝިންގެ ޓީމުން ޗެމްޕިއަންކަން ހޯދާފައިވަނީ 860.34 ޕޮއިންޓާ އެކު އެވެ. މި ޓީމަށް ވަނީ 25،000ރ. ގެ ފައިސާގެ އިނާމެއް ލިބިފަ އެވެ.

މަސް ރޭހުގެ މާލެ ސިޓީގެ ރަނަރަޕްކަން ހޯދައިފައި ވަނީ ޑިޓިއުން ފިޝިންއިންނެވެ. މި ޓީމަށް 698.7 ޕޮއިންޓު ވަނީ ލިބިފަ އެވެ. މި ރޭހުގެ ތިން ވަނަ ލިބިފައި ވަނީ 412.18 ޕޮއިންޓާ އެކު ސްޓެލްކޯ މެން ޓީމެވެ.

އެންމެ މޮޅު އަންހެން މަސްވެރިޔާ. -- ފޮޓޯ: އުރީދޫ

އެންމެ މޮޅު އަންހެން މަސްވެރިޔާ. -- ފޮޓޯ: އުރީދޫ

މި މުބާރާތުގެ އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވިފައި ވަނީ ޓީމް ކްރަންޗީސްގެ ނައުޝާދެވެ. އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވުނީ ޑިޓިއުން ފިޝިންގެ ފެޒޫ އެވެ.

މި މުބާރާތުގައި އެންމެ ބަރު މަސް ބޭނީ ސޮނީ ފިޝިންގެ ވަލީދު އެވެ. އެއީ 17.54 ކިލޯ ގެ މުޑަހަންޖެކެވެ.

މި ރޭހުގެ ކުޅުދުއްފުށި މުބާރާތް އަންނަ ހުކުރު ދުވަހު ހދ. ކުޅުދުއްފުށީގައި އޮންނާނެ އެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު އައްޑޫގައި އަދި 25 ވަނަ ދުވަހު ފުވައްމުލަކުގައި މަސް ރޭސް އޮންނާނެ އެވެ.

މަސް ރޭހުގެ އެންމެ ބަރު މަސް ބޭނި މަސްވެރިޔާ. -- ފޮޓޯ: އުރީދޫ

މަސް ރޭހުގެ އެންމެ ބަރު މަސް ބޭނި މަސްވެރިޔާ. -- ފޮޓޯ: އުރީދޫ

އުރީދޫ މަސް ރޭހަކީ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ކުރިއަށް ގެންދާ މަސް ރޭހެކެވެ. މި އަހަރުގެ މަސް ރޭހަކީ އުރީދޫން މިހާތަނަށް ބާއްވާ އެންމެ ބޮޑު މަސް ރޭހެވެ. މި މަސް ރޭހުގެ މުބާރާތްތައް ހަތަރު ސިޓީގައި ބާއްވާނެ އެވެ.

އުރީދޫން ބުނީ މި ދިޔަ ހުކުރު ދުވަހު އޮތް މަސް ރޭހުން މަސްވެރިކަމަށް އޮތް ލޯބި ފެނިގެން ދިޔަ ކަމަށެވެ. އަދި އެ ރޭސް ކުރިއަށް ދިޔައީ ވަރަށް ފޯރި ގަދަކޮށްކަން ފާހަގަ ކުރި އެވެ.