Roadha Mihaaru
މުއިއްޒުގެ ކެމްޕެއިން ދަތުރުތައް އުތުރުން ފައްޓަވައިފި

މުއިއްޒުގެ ކެމްޕެއިން ދަތުރުތައް އުތުރުން ފައްޓަވައިފި

12 އޯގަސްޓް 2023

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފުގެ ކެމްޕެއިން ދަތުރުތައް ރާއްޖޭގެ އެންމެ އުތުރުން މިއަދު ފައްޓަވައިފި އެވެ.

އާސިމާ ނިޒާރު ހދ. ހަނިމާދޫން އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފުގެ ކެމްޕެއިން ދަތުރުތައް ރާއްޖޭގެ އެންމެ އުތުރުން މިއަދު ފައްޓަވައިފި އެވެ.

ތިން ދުވަހަށް ކުރައްވާ ދަތުރުގައި ހއ. އަދި ހދ. އަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެ އެވެ.

އެ ދެ ބޭފުޅުން އެންމެ ފުރަތަމަ ވަޑައިގަތީ ހަނިމާދުއަށެވެ. މި ރަށުގެ ޕީޕީއެމް މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު، ދެން ވަޑައިގަންނަވަން ހަމަޖައްސާފައިވަނީ މި އަތޮޅު ނޮޅިވަރަމަށެވެ. ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި މިރޭ ބޮޑު ޖަލްސާ ބާއްވާނެ އެވެ.

ކެމްޕެއިން ދަތުރުގައި، ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

މަކުނުދު އާއި ހޯރަފުށި އަދި އިހަވަންދު އަށް މާދަމާ ވަޑައިގަންނަވާއިރު، ޖެހިގެން އަންނަ އާދިއްތަ ދުވަހު އުތީމަށާއި ވަށަފަރާއި ކެލާއާ ބާރަށް އަދި ދިއްދުއަށް ވަޑައިގަންނަވާނެ އެވެ.

މުއިއްޒާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.