ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރައްވައިފި އެވެ.
12 އޯގަސްޓް 2023
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރައްވައިފި އެވެ.
މީގެ ދެ ދުވަހެއް ކުރިން، ޑރ. ވަހީދު ޕީޕީއެމުން ވަކިވެވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ޓިކެޓާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބަށް ނުކުންނަވާފައި ވަނިކޮށެވެ. އޭގެ ކުރިން ވަހީދު ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
ޑރ. މުހައްމަދު ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުން.-- ފޮޓޯ: ޖޭޕީ
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ވަހީދުގެ ކުށުގެ ރެކޯޑް ސާފު ކުރެއްވުމަށް ވެސް އެ މަނިކުފާނު ހުށަހެޅުއްވި އެވެ.
އދ. މާމިގިލީގައި ޖޭޕީން ބޭއްވި ޖަލްސާގައި ވަހީދު އެ ޕާޓީއަށް ސޮއި ކުރައްވައި ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ޑިމޮކްރަސީ އަދި އިގްތިސޯދު މިއޮތީ ނުރައްކާތެރި ފައްތަރަކަށް ގޮސްފައި ކަމަށާއި ފިޔަވަޅުތައް ނާޅައިފި ނަމަ، އަވައްޓެރި ސްރީލަންކާއަށް ދިމާވި ހާލަތު ކުރިމަތިވެދާނެ ކަމަށެވެ.
"އިހަށް ދުވަހު މި ފެނުނީ އަވައްޓެރި ސްރީލަންކާގެ ހާލަތު. އެހިސާބަށް ރާއްޖެ ދިއުމަކީ އެކަށީގެންވާ ކަމެއް. ގާބިލު ބަޔަކު ސަރުކާރާ ހަވާލުވެ އެކަންކަން ނުކޮށްފިއްޔާ ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އެހާލު ކުރިމަތިވުން އެކަށީގެންވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް ލޯނުތައް ރީސްޓްރަކްޗާކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ. އަދި އެވަރުގެ ކަންތައްތައް ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ގާސިމަށް ކަމަށް ވަހީދު ވިދާޅުވި އެވެ.
ގާތްގަނޑަކަށް ދިހަ އަހަރު ޕީޕީއެމުގައި އުޅުއްވުމަށް ފަހު ޑރ. ވަހީދު އެ ޕާޓީން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ އެ ޕާޓީގެ ސެޕްޝަލް އެޑްވައިޒަރުގެ މަގާމުގަ އެވެ.
ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީއަށް ޑރ. ވަހީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝައިނީ ވެސް ޖޭޕީއަށް ގުޅިވަޑައިގަތެވެ.
ޔާމީންގެ ވެރިކަން ނިމުނު ފަހުން ޝައިނީ ސިޔާސީ ކަންކަމުގައި މާ ބޮޑަކަށް ނޫޅުއްވަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވިި ފަހުން ސިޔާސީ ކަންކަމުގައި އޭނާ ފާޅުގައި ވާހަކައެއް ނުދައްކަވަ އެވެ. އެކަމަކު މިރޭ ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވައި ކެންޑިޑޭޓުންގެ ތެރެއިން ގާސިމަށް ތާއިދުކުރައްވަން ނިންމެވީ އެމަނިކުފާނަކީ ގައުމިއްޔަތާއި އިސްލާމްދީނު "ކޮމްޕްރޮމައިޒް" ނުކުރައްވާނެ ހަމައެކަނި ކެންޑިޑޭޓް ކަމަށްވާތީ ކަމަށެވެ.
ތާއީދު ހޯއްދަވަން ގާސިމް، ވަހީދުއާ ބައްދަލުކުރައްވައިފި
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ކޯލިޝަނާ މެދު ޖޭޕީން ގޮތް ނިންމުން ފަސްކޮށްފި
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް