Roadha Mihaaru
ހޯރަފުށި ޕްރޮފައިލް

ހޯރަފުށި ޕްރޮފައިލް

12 ފެބުރުއަރީ 2017

މިއީ ހއ. އަތޮޅުގެ އާބާދީ ބޮޑު ރަށްތަކުގެ ތެރެއިން އެއް ރަށެވެ. އަތޮޅުގެ ނިސްބަތުން ހިދުމަތްތައް ގިނަ ބޮޑު ރަށެކެވެ. ހއ. އަތޮޅުގެ ގިނަ ރަށްތައް ފަދައިން މިއީ ވެސް ރީތި ރަށެކެވެ. ރަށާ އެއް ފަޅެއްގައި ގިނަ އަދަދެއްގެ ފަޅު ރަށްތައް ހުރެ އެވެ.

އާބާދީ

މިއީ ހއ.ގެ އަދި އުތުރުގެ ރަށްތަކުގެ ތެރެއިން އާބާދީ ބޮޑު ރަށެކެވެ. އާބާދީ އަކީ 3،410 އެވެ. އަންހެން 1671 އަދި ފިރިހެން 1730 އެވެ. ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 1500 ވަރަކަށް މީހުންނެވެ.

ތައުލީމު

ހއ. އަތޮޅު މަދަރުސާ ހުންނަނީ މި ރަށުގަ އެވެ. ޕްރީ ސްކޫލާ އެކު ގްރޭޑް 12 އަށް މި ރަށުން ކިޔެވެ އެވެ. ގާތްގަނޑަކަށް 440 ދަރިވަރުން ކިޔަވާ ހއ. އަތޮޅު މަދަރުސާ އަކީ ރާއްޖޭގެ ނިސްބަތުން ވެސް ނަތީޖާ ރަނގަޅު ސްކޫލެކެވެ. ޕްރީސްކޫލްގައި 80 ދަރިވަރުން އުޅެ އެވެ.

ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

އެހެނިހެން ޚިދުމަތްތައް

ދެ ގެސްޓްހައުސް އާއި ގިނަ އަދަދެއްގެ ފިހާރަ އަދި ސައި ހޮޓަލާއި ކެފޭ ހިންގަ އެވެ. ހޯރަފުއްޓަކީ އަތޮޅުގެ ވިޔަފާރީގެ އެއް މަރުކަޒެވެ. ފުލުހުން ތިބެ އެވެ. ބޭންކިންގެ ހިދުމަތް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ދަތުރުފަތުރު

ހޯރަފުއްޓާ އެންމެ ކައިރީގައި އޮންނަ އެއާޕޯޓަކީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ސްޕީޑް ލޯންޗެއްގައި އެއީ ގަޑިއެއްހާއިރުގެ ރާސްތާ އެވެ.