Roadha Mihaaru
އުލިގަމު ޕްރޮފައިލް

އުލިގަމު ޕްރޮފައިލް

14 ފެބުރުއަރީ 2017

ރާއްޖޭގެ އެންމެ އުތުރުން ދެ ވަނަ އަށް އޮންނަ އުލިގަން މަޝްހޫރުވެފައި ވަނީ ރާއްޖޭން ބޭރުން އަންނަ ޔޮޓް ފަހަރު ބަނދަރުކުރާ ރަށެއްގެ ގޮތުގަ އެވެ. ބިން ބޮޑު މި ރަށަކީ ވެސް އާބާދީ ކުޑަ އެކަމަކު ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. ރަށުގެ ބޮޑުމިނަކީ 112 ހެކްޓަރެވެ.

އާބާދީ

މި ރަށުގެ އާބާދީ އަކީ 523 އެވެ. އެއީ އަންހެން 254 އަދި ފިރިހެން 269 އެވެ. އާބާދީ އިތުރުވާ ރޭޓް މި ރަށުގައި ވަރަށް ދަށެވެ.

ތައުލީމު

ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދޭ އުލިގަމު މަދަރުސާގައި އުޅެނީ 86 ދަރިވަރުންނެވެ. ޕްރީ ސްކޫލް ވެސް ހިންގަނީ މި މަދަރުސާގަ އެވެ.

އެހެނިހެން ޚިދުމަތްތައް

ރާއްޖޭން ބޭރުން މީހުން އަންނަ ރަށަކަށް ވިޔަސް މި ރަށުގައި ގެސްޓް ހައުސްއެއް ނުހުރެ އެވެ. ރަށުގައި ހަތަރު ފިހާރަ ހުރެ އެވެ. ހިންގަނީ އެންމެ ހޮޓަލެކެވެ. ފުލުހުންގެ ހިދުމަތް ލިބޭ މި ރަށުގައި ކުށް ކުރުން ވަރަށް މަދެވެ. ސިއްހީ ޚިދުމަތް ދިނުމަށް ސިއްހީ މަރުކަޒެއް ގާއިމުކޮށްފައިވެ އެވެ. އަދި ބޭސް ފިހާރައެއް ވެސް ހުރެ އެވެ. އެކަމަކު އޭޓީއެމް އަދި ބޭންކިންގެ ޚިދުމަތެއް ނެތެވެ.

ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ސިފައިންގެ އޮފީސްތައް މި ރަށުގައި ވަނީ ގާއިމުކޮށްފަ އެވެ.

ހއ. އުލިގަމު ބޮޑު މަގު އަދި އެ ރަށުގައި ހަދާފައިވާ ވިންޑް ފާމްގެ ބައެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ހއ. އުލިގަމު ބޮޑު މަގު އަދި އެ ރަށުގައި ހަދާފައިވާ ވިންޑް ފާމްގެ ބައެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ދަތުރުފަތުރު

ރަނގަޅު ފެންވަރަކަށް ބަނދަރު ހަދާފައިވާ އުލިގަމާ އެންމެ ކައިރި އެއާޕޯޓަކީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ސްޕީޑް ލޯންޗެއްގައި މި ދެމެދު ދަތުރުކުރަން ގަޑިއެއްހާއިރު ނަގަ އެވެ.