Roadha Mihaaru
ތަކަންދޫ ޕްރޮފައިލް

ތަކަންދޫ ޕްރޮފައިލް

14 ފެބުރުއަރީ 2017

ރާއްޖޭގެ ތާރީޚާ ގުޅުންތަކެއް ހުރި ހއ. ތަކަންދު އަކީ އެ އަތޮޅުގެ ގިނަ ރަށްރަށް ފަދައިން ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. ބޮޑުމިނުގައި 36 ހެކްޓަރު ހުންނަ ރަށުގެ އުތުރު ކޮޅުގައި އޮންނަ ކުޅި އާއި އެ ސަރަހައްދުގެ ރީތި މޫދާއި ދޮންވެލިގަނޑު ފާހަގަކޮށްލެވެ އެވެ. ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމުގެ ޖިހާދުގައި އިސްނެންގެވި އުތީމު ތިންބެއިންގެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ އަލިތަކުރުފާނުގެ ޒިޔާރަތް މި ރަށުގައި އޮވެ އެވެ. އަލިތަކުރުފާނަކީ ބޮޑުތަކުރުފާނުގެ ޖިހާދުގައި ފުރަތަމަ ޝަހީދުގެ ވަޑައިގެންނެވި ބަތަލެވެ. މިރަށުގައި އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލާފައި ވިޔަަސް އިސްތަށިފުޅު ކަނޑާލައިގެން ގެންދިޔައީ މާލެ އެވެ. އިސްތަށިފުޅު ފަސްދާނުލާފައި ވަނީ މާލެ ކައިރީގައި އޮންނަ ފުނަދޫގަ އެވެ.

އާބާދީ

މި ރަށުގެ އާބާދީގައި 1،000 ހަމައެއް ނުވެ އެވެ. އެކަމަކު މާލެ އާއި އެހެން ރަށްރަށަށް ހިޖުރަކުރާ މީހުންގެ އަދަދު ގިނަވެ ރަށުގައި އުޅޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ތައުލީމު

ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދޭ ސްކޫލްގައި އުޅެނީ ފަންސާހަކަށް ދަރިވަރުންނެވެ. އާބާދީ ކުޑަވަމުން ދިއުމާ އެކު ދަރިވަރުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.

ހއ. ތަކަންދޫ ސްކޫލް

ހއ. ތަކަންދޫ ސްކޫލް

އެހެނިހެން ޚިދުމަތްތައް

މި ރަށުގައި ހަ ފިހާރަ އާއި ކެފޭއެއް ހިންގަ އެވެ. ސިއްހީ ޚިދުމަތް ދެނީ ސިއްހީ މަރުކަޒުންނެވެ. ބޭސްފިހާރައެއް ހުރެ އެވެ. ބޭންކިންގެ އެއްވެސް ޚިދުމަތެއް ނުލިބެ އެވެ. މި ރަށުގައި ފުލުހުންނެއް ނުތިބެ އެވެ. އެކަމަކު ކުށް ގިނަ ރަށެއް ނޫނެވެ.

ދަތުރުފަތުރު

ތަކަންދުއާ އެންމެ ކައިރީގައި އޮންނަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެ ދެމެދުގައި 21 ކިލޯމީޓަރުގެ ދުރުމިން ހުރެ އެވެ. ދަތުރުފަތުރުކުރަން ފެރީ އާއި ލޯންޗު ބޭނުންކުރެ އެވެ. ރަނގަޅު ފެންވަރަކަށް ހަދާފައިވާ ބަނދަރެއް މި ރަށުގައި އޮވެ އެވެ.