Roadha Mihaaru
ފޮއްދޫ ޓޫރިޒަމަށް ފައްކާވެފައި، އެދެނީ ބަނދަރަކަށް

ފޮއްދޫ ޓޫރިޒަމަށް ފައްކާވެއްޖެ، ރައްޔިތުން އެދެނީ ބަނދަރަކަށް

13 އޯގަސްޓް 2023

އާބާދީގެ ގޮތުން ނ. އަތޮޅުގައި އޮތް އެންމެ ކުޑަ ރަށް ކަމަށްވާ ފޮއްދުއަށް އަރާ ފޭބުމަށް އޮތީ ޖެޓީއެކެވެ. ރަށުގައި ބަނދަރެއް ނެތެވެ. މި ރަށު މީހުން ބުނާ ގޮތުގައި ބަނދަރެއް ނެތުމުގެ ސަބަބުން ގަދައިގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވެ އެވެ.

ނާޒިމް ހަސަން ފޮއްދޫން ނާޒިމް ހަސަން

އާބާދީގެ ގޮތުން ނ. އަތޮޅުގައި އޮތް އެންމެ ކުޑަ ރަށް ކަމަށްވާ ފޮއްދުއަށް އަރާ ފޭބުމަށް އޮތީ ޖެޓީއެކެވެ. ރަށުގައި ބަނދަރެއް ނެތެވެ. މި ރަށު މީހުން ބުނާ ގޮތުގައި ބަނދަރެއް ނެތުމުގެ ސަބަބުން ގަދައިގައި ވަރަށް ގިނަ ދަތިތައް ކުރިމަތިވެ އެވެ.

"ދޯނި ނޭޅިގެން ތިބެން އެބަ ޖެހޭ. ވަަރަށް ގަދަވޭ ޖެޓީ މި އޮންނަ ސަރަަހައްދު،" ރަށު މީހަކު ބުންޏެވެ.

އެހެންވެ، ފޮއްދޫ ރައްޔިތުން ޒަމާނުންސުރެ ދެކެމުން އަންނަ ހުވަފެނަކީ ރަށުގައި ބަނދަރެއް ހެދުމެވެ. ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވެސް އެކަން ފާހަގަކުރައްވައި ވިދާޅުވީ ބަނދަރު އަޅައިދިނުމަށް ސަރުކާރުތަކުގައި އެދިފައިވާނެ ކަމަށެވެ.

އެގޮތުން، މި ސަރުކާރަށް ވެސް އެކި ފަހަރު މަތިން އެކަމަށް ދަންނަވާފައިވާ ކަމަށް, އެމްޑީއޭ އަށް ނިސްބަތްވާ މުހައްމަދު މޫސާ ވިދާޅުވި އެވެ.

ރައީސް އޮފީހުން މިއަދު މައުލޫމާތު ދިން ގޮތުގައި ފޮއްދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު މިހާރު އޮތީ ޕްރީ ޓެންޑަރިން މަރުހަލާގަ އެވެ.

އެއްވެސް ރަށެއް ބާކީ ނުކުރާ ސިޔާސަތުގެ ދަށުން ރިޔާސީ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު ފޮއްދު އަށް ވަޑައިގެންނެވި އެވެ. އިދިކޮޅު ޕީޕީއެމަށް ތާއިދު ބޮޑު ފޮއްދޫން ރައީސަށް މަރުހަބާ ދެންނެވުމަށް ގިނަ ރައްޔިތުން ނުކުތެވެ.

ރައީސް ފޮއްދޫގައި: އެ ރަށަށް މިހާރު އެންމެ ބޭނުން ވަނީ ބަނދަރެއް

ރައީސް ފޮއްދޫގައި: އެ ރަށަށް މިހާރު އެންމެ ބޭނުން ވަނީ ބަނދަރެއް

ފޮއްދޫގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އަންނަ ދައުރެއްގައި އެ ރަށަށް ކޮށްދެއްވާނެ ކަންކަން ހިއްސާ ކުރައްވައިފަ އެވެ.

ފޮއްދު އަށް ރައީސްވީ ވައުދުތައް:

- ސިއްހީ މަރުކަޒު.

- މިސްކަތް.

- ޔޫތު ސެންޓަރާއި އައުޓްޑޯ ޖިމް.

- ފުލުހުންގެ މަރުކަޒު.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ފޮއްދުއަކީ މުޅިން އެކަހެރިކޮށްފައި އޮތް ރަށެކެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ފޮއްދޫގައި ވެސް ގިނަ އަސާސީ ހިދުމަތްތަކެއް ގާއިމްކޮށްދީފައިކަން ރައީސް ފާހަގަކުރެއްވި އެވެ.

"ފޮއްދޫގެ މަންޒަރު ތަފާތުވެއްޖެ. ޖަޒީރާ ރާއްޖޭގެ ތަސައްވަރާ އެކު ގެނެވުނު ބަދަލެއް މިއީ. އަސާސީ ހިދުމަތްތައް އޭރު އޮތީ ނުފުދި، އޭރު ގަބޫލުކުރަން ވެސް ދަތިވި، އެއީ ކުރިން ކަންކަން ވެފައި އޮތް ގޮތުން. ނަމަވެސް މިހާރު އެ ޔަގީންކަން ރައްޔިތުންނަށް އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.

"ކުޑަ ރަށެއް ބޮޑު ރަށެއް މިއަދަކު އަސާސީ ހިދުމަތް ނުލިބި ނޯންނާނެ."

ރައީސް ފޮއްދޫގައި: އެ ރަށަށް މިހާރު އެންމެ ބޭނުން ވަނީ ބަނދަރެއް

ރައީސް ފޮއްދޫގައި: އެ ރަށަށް މިހާރު އެންމެ ބޭނުން ވަނީ ބަނދަރެއް

ރައީސް ވިދާޅުވި ގޮތުގައި ފޮއްދުއަކީ ލޯކަލް ޓޫރިޒަމަށް ފައްކާ ކުރެވިދާނެ ރަށެކެވެ. މިހާތަނަށް އެކަން ނުވެ އަސާސީ ހިދުމަތްތައް ނެތުމުން ކަމަށްވީ ނަމަވެސް، ދެން މި ރަށް ވެސް ލޯކަލް ޓޫރިޒަމްގައި ކުރިއަށް ދެވޭނެ ކަމަށެވެ.

ގެސްޓްހައުސް ފަދަ އިންވެސްޓްމެންޓްތައް ފޮއްދޫގައި ކުރަން ބޭނުންވާ މީހުންނަށް ލުއިފަސޭހަކޮށް ލޯނު ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ފޮއްދޫގައި ހިންގި ބައެއް މަޝްރޫއުތައް:

- ގިރާ ސަރަަހައްދު ހިމާޔަތް ކުރުން

- ފުޓްސަލް ދަނޑު

- އާ އިންޖީނުގެ އިމާރާތާއި ފެނަކަ އޮފީސް

- ފެނާއި ނަރުދަމާގެ މަސައްކަތް (ހިނގަމުންދަނީ)