މާލެ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ސަރުކާރުން މިއަދު އާންމު ކޮށްފި އެވެ.
14 އޯގަސްޓް 2023
މާލެ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު ސަރުކާރުން މިއަދު އާންމު ކޮށްފި އެވެ.
"ބިންވެރިޔާ" ގެ ނަމުގައި މި ސަރުކާރުން ފެށި ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އާންމު ކުރި ވަގުތީ ލިސްޓުގައި ގޯތި ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 10،314 މީހެކެވެ. އެއީ ގޯއްޗަށް ކުރިމަތިލި މީހުންގެ 52 ޕަސެންޓެވެ.
ނަމަވެސް ސަރުކާރުން ވަނީ ޝަރުތު ހަމަ ނުވާ މީހުންނާ ގުޅިގެން ފޯމު ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ. އެ ގޮތަށް ހުށަހެޅި މީހުން ހިމަނައިގެން މިއަދު އާންމު ކުރި ދާއިމީ ލިސްޓުގައި 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ކަނޑައެޅި އެވެ.
ދާއިމީ ލިސްޓުގައި ނުހިމެނެނީ 684 މީހެކެވެ. އެއީ އުމުރުން 18-25 އަހަރުގެ މީހުންގެ ތެރެއިން ކައިވެނި ނުކުރާ ބައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ގޯއްޗަށް ޝަރުތު ހަމަވާ މީހުންނަށް ގޯތި ލިބޭ ތަންތަން ކަނޑައަޅަން ސަރުކާރުން ނިންމާފައި ވަނީ ގުރުއަތު ނަގައިގެންނެވެ. ގުރު ނެގުމުގެ ކަންކަން މާދަމާ ގަލޮޅު ދަނޑުގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
ގޯތި ލިބޭ ތަންތަން ކަނޑައަޅަން އެ މީހަކަށް ގޯތި ލިބޭ އަކަފޫޓުގެ މަގުން 8 ފޮއްޓެއް ބަހައްޓާނެ އެވެ. ކޮންމެ ފޮއްޓެއްގައި ހުޅުމާލެ ގުޅިފަޅު ނުވަތަ ގިރާވަރުން ގޯތި ލިބޭ ތަން ލިޔެފައި ހުންނާނެ އެވެ.
4،000 އަކަފޫޓުގެ ގޯއްޗާ ގުޅޭ ފޮށި - ހުޅުމާލެ އިން 20، ގުޅިފަޅުން ނުވަ ގޯތި.
3،650 އަކަފޫޓުގެ ގޯއްޗާ ގުޅޭ ފޮށި - ހުޅުމާލެ އިން 31، ގުޅިފަޅުން 22 ގޯތި.
3،250 އަކަފޫޓުގެ ގޯއްޗާ ގުޅޭ ފޮށި - ހުޅުމާލެ އިން 60، ގުޅިފަޅު 49 ގޯތި.
2،850 އަކަފޫޓުގެ ގޯއްޗާ ގުޅޭ ފޮށި - ހުޅުމާލެ އިން 100، ގުޅިފަޅު 154 ގޯތި.
2،450 އަކަފޫޓުގެ ގޯއްޗާ ގުޅޭ ފޮށި - ހުޅުމާލެ އިން 180، ގުޅިފަޅުން 476 ގޯތި.
2،050 އަކަފޫޓުގެ ގޯއްޗާ ގުޅޭ ފޮށި - ހުޅުމާލެ އިން 370، ގުޅިފަޅުން 690، ގިރާވަރުން 487 ގޯތި.
1،650 އަކަފޫޓުގެ ގޯއްޗާ ގުޅޭ ފޮށި - ހުޅުމާލެ އިން 340، ގުޅިފަޅުން 558، ގިރާވަރުން 1904 ގޯތި.
1،250 އަކަފޫޓުގެ ގޯއްޗާ ގުޅޭ ފޮށި - ހުޅުމާލެ އިން 250، ގުޅިފަޅުން 260، ގިރާވަރުން 3041 ގޯތި.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގުރު ނަގައި ނިމުމަށް ފަހު، ގޯތި ލިބޭ މީހުންނާ އެކު އެއްބަސްވުމެއް ހަދައި މި އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ހުރިހާ އެންމެންނާ ރަޖިސްޓަރީ ހަވާލު ކުރާނެ ކަމަށެވެ.
ފަޅުން ގޯތި ދިނީ އަވަހަށް ހިއްކާ ނިމޭނެތީ: އަކްރަމް
ކުރީގެ ބިން ދޫކޮށްލަން ޖެހޭ މުއްދަތު އިތުރުކޮށްފި
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
ގޯތި ދޫކުރާއިރު ހާލަތު ބަލަން ގޭގެއަކަށް ނުދާނެ
ހުޅުމާލެ 2 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށްފި
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފްލެޓް ނުލިބިގެން އަޑުގަދަ ކުރީ 10 މީހުން: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޯންނާނެ: އަކްރަމް
ފްލެޓު ދިނީ އޭގެ އެންމެ ހައްގުވެރިންނަށް: މިނިސްޓްރީ