ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި މޭޔަރު މުހައްމަދު އާތިފް އަދި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް ޑިމޮކްރެޓްސްއިން ބުނެފި އެވެ.
16 އޯގަސްޓް 2023
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި މޭޔަރު މުހައްމަދު އާތިފް އަދި ބައެއް ކައުންސިލަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް ޑިމޮކްރެޓްސްއިން ބުނެފި އެވެ.
އެމްޑީޕީގެ ތެރެއިން އުފަންވި ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ޔާސިރު ކުއްލި އަލުން ކުއްލި ގޮތަކަށް އެމްޑީޕީއާ ގުޅިވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. އޭނާއާ އެކު މޭޔަރުގެ އިތުރުން ހަތަރު ކައުންސިލަރަކު ވެސް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތެވެ.
ކައުންސިލް އިންތިހާބުގައި މޭޔަރާ އެކު ހަތް މެމްބަރުން ވެސް ހޮވިވަޑައިގަތީ އެމްޑީޕީންނެވެ. ކައުންސިލްގައި އޮތް އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު ބަދަލުވީ ހުރިހާ ބޭފުޅުން އެއްފަހަރާ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމުންނެވެ. އެކަމާ ޑިމޮކްރެޓްސްއިން ވަރަށް ބޮޑަށް އުފާ ވެސް ފާޅުކުރި އެވެ.
މިއަދު ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މެންބަރު ޔާސިރާއި ކައުންސިލް މެންބަރުން އެ ޕާޓީން ވަކިވުމަކީ ބޮޑު އަސަރެއް ޕާޓީއަށް ކުރާނެ ކަމެއް ނޫން ކަމަށެވެ.
"ކުޅުދުއްފުށީގެ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މި ޕާޓީއަށް ސޮއިކޮށްފައިވޭ. ކުޅުދުއްފުށީގެ ވޯޓު އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކަށަވަރުކޮށްދޭނަން،" އިމްތިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އާންމު މެންބަރުން ޕާޓީ ދޫކޮށްފައެއް ނުދެ އެވެ. އެ މީހުން ޕާޓީއާ ގުޅުނީ މަގާމާއި އަމިއްލަ ކުރިއެރުމަށްޓަކައި ނޫން ކަމަށާއި ޕާޓީގެ ފަލްސަފާތަކާއި ސިޔާސަތުތައް ގަބޫލުކުރެވޭތީ ކަމަށެވެ. އެހެންކަމުން، އެ ޕާޓީގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.
އިމްތިޔާޒު ވިދާޅުވީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންނެވި ސަބަބެއް ނޭނގޭ ކަމަށެވެ.
"އެ ބޭފުޅުން މި ޕާޓީއަށް ވަޑައިގަތީ. އަނެއްކާ އެނބުރި ވަޑައިގަތީ، އަނެއްކާ ވަޑައިގެންނެވީ. އަނެއްކާ ވެސް އެނބުރި ވަޑައިގެންނެވީ. އެކަހަލަ ގޮތަކަށް ދިޔައީ،" އިމްތިޔާޒު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރާއި މޭޔަރު އާތިފްގެ އިތުރުން ކައުންސިލަރުންތަކެއް އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ރައީސް އާ އެކު. --ފޮޓޯ: އެމްޑީޕީ
ރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޔާސިރު ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތްތަކުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގައި ހުންނެވުމަށް ފަހު އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ޔާސިރު ތާއީދުކުރެއްވީ މަޖިލިސް ރައީސް ނަޝީދަށެވެ. އޭގެ ފަހުން ޕާޓީ ތެރެއިން އުފެއްދި "ފިކުރެއްގެ ދިރުން" ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް ހިންގި ހަރަކާތްތަކުގައި އުޅުއްވި އެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ޑިމޮކްރެޓްސް އިން ފެށި ހިސާބުން ބައްދަލުވުންތަކުން ޔާސިރެއް ނުފެނެ އެވެ.
ޑިމޮކްރެޓްސް ދޫކުރެއްވި ސަބަބެއް އޭނާ މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ.
ޔާސިރު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީ ދޫކުރެއްވީ ކުޅުދުއްފުށީގެ މަޝްރޫއުތަކުގެ ސްޕީޑް ލަސް ކަމަށް ވިދާޅުވެފަ އެވެ. ކުޅުދުއްފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް ރައްޔިތުން އެދޭ ބާރު މިނުގައި ނުނިމޭތީ ޔާސިރާއި މުޅި ކައުންސިލްގެ ވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީގެ ދެ ގޮނޑިއާ އެކު ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެ ރަށުން މެޖޯރިޓީ ދިނީ އެމްޑީޕީއަށެވެ.
ނަޝީދުގެ ތުހުމަތު ޔާސިރަށް: "ވިޔަފާރީގެ މުއާމަލާތެއް"
ރަށު ހައްގަށް ކޮންމެ ފިޔަވަޅެއް ވެސް އަޅާނަން: އާތިފް
ޔާސިރާ އެކު ކުޅުދުއްފުށީގެ ބާރު އަލުން އެމްޑީޕީއަށް
ކުޅުދުއްފުށި ކައުންސިލްގެ މެމްބަރުން ޑިމޮކްރެޓްސްގައި
ރައީސް ކަމުދިޔައީ ސިޔާސީ ވެރިން ހައްޔަރު ނުކުރާތީ
އިތުރު މެމްބަރުންނާ މިދަނީ ވާހަކަ ދައްކަމުން: ރައީސް
"ކުޅުދުއްފުށި ބަދަލުކޮށްލަން ހެދީ 1ބިލިއަންގެ ޑީލެއް"
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
ނަޝީދު މި ވަގުތު ޕާޓީއެއްގައި މަސައްކަތެއް ނުކުރައްވާނެ