އެމްޑީޕީއާ ގުޅެން ޑިމޮކްރެޓްސް ޕާޓީގެ އެހެން މެމްބަރުންތަކެއް އަދިވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
29 އޯގަސްޓް 2023
އެމްޑީޕީއާ ގުޅެން ޑިމޮކްރެޓްސް ޕާޓީގެ އެހެން މެމްބަރުންތަކެއް އަދިވެސް ވާހަކަ ދައްކަމުން އަންނަ ކަމަށް އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ލ. އާއި ތ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ފޮނަދޫގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ބައެއް މެމްބަރުން ވާހަކަތައް ދައްކަމުން ދިޔަސް އަދި ފައިނަލް ނުކުރެވޭ ކަމަށެވެ. ވިދާޅުވީ، ފައިނަލް ކުރެވޭ ހިސާބަށް ދިއުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ.
އެމްޑީޕީ ދޫކުރައްވައި ރައްޔިތުންގެ މަޖިލިހުގެ 14 މެމްބަރަކު ވަނީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްދައުރެއް އަދާކުރައްވާ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ. ނަމަވެސް އޭގެ ތެރެއިން ދެ މެމްބަރަކު ދާދި ފަހުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ.
އެމްޑީޕީ ދޫކުރެއްވި މެމްބަރުންތަކެއް އަލުން އެ ޕާޓީ އަށް ސޮއިކުރެއްވުމާ ދިމާކޮށް، މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ، އެކަން ބަލައި ދިނުމަށް މަޖިލިހުގެ އިދާރާ އިން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް ޖިނާއީ ތަހުގީގަކަށް ބޭނުންވާ އަސާސީ މައުލޫމާތު ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް ފުލުހުން އިއްޔެ މަޖިލިހުގެ އިދާރާ އަށް އެންގި އެވެ.
އަދި ރިޝްވަތޭ ތިޔަ ވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،"--- ރައީސް
މެމްބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމަށް ބުނެ ކުރާ ތުހުމަތާ ގުޅުވައިގެން މިރޭ ނޫސްވެރިއަކު ސުވާލު ކުރުމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ކަހަލަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އެއްވެސް މެމްބަރަކާ އެކު އެމްޑީޕީން ފައިސާގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ.
"އަދި ރިޝްވަތޭ ތިޔަ ވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސް ދޫކުރައްވައި ޔާސިރާއި ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ބޭފުޅުންގެ ދާއިރާ އަށް ތަރައްގީ ގެނެވެން އޮތީ އެ ގޮތް ހިޔާރު ކުރައްވައިގެން ކަަމށް ވާތީ އެވެ. އެ ދެ މެމްބަރުން ވެސް އެހެން ވިދާޅުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް އެއީ ތެދެއް. ކުޅުދުއްފުށި އޮތް ގޮތް އަޅުގަނޑުމެންނަށް މިހާރު އެބަ އެނގޭ. އަދި ތޮއްޑު އާއި ރަސްދޫގެ ވެސް ރައްޔިތުންގެ ވިންދާއި އިހުސާސް ހުރި ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންވީމާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ރައްޔިތުންގެ ވިންދާއި އިހުސާސާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭ ބައެއް. ހަގީގީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ވެއްޖިއްޔާ އެ ކަން ކުރައްވަން ވާނީ އެހެން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ބުނާ މައްސަލައެއް
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
ދުސްތޫރީ މައްސަލައަށް އެމްޑީޕީ، ޑިމޮކްރެޓުން ވަންނަނީ
ވޯޓަށް އެހޭ ވަރަށް ވެސް މެންބަރުން ވަޑައިނުގަންނަވާ
ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އަނެއްކާ ފާސްކޮށްފި
އިންތިހާބު ފަސްކުރާ ބިލާ މެދު ގޮތެއް ނިންމުން މިއަދު