Roadha Mihaaru
ގޯތީގެ ގުރުލުން ނުނިމޭތީ އަނެއްކާވެސް ލީގު ފަސްކޮށްފި

ގޯތީގެ ގުރުލުން ނުނިމޭތީ އަނެއްކާވެސް ލީގު ފަސްކޮށްފި

17 އޯގަސްޓް 2023

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ، މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނެގުމުގެ އިވެންޓު ނުނިމޭތީ، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަނެއްކާ ވެސް ފަސް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ، މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނެގުމުގެ އިވެންޓު ނުނިމޭތީ، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަނެއްކާ ވެސް ފަސް ކޮށްފި އެވެ.

ހޯމަ ދުވަހުން ފެށިގެން ގުރު ނެގުމުގެ މަސައްކަތް ދަނޑުގައި ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއަށް ދޭން، ދަނޑުގެ މިލުކުވެރި ފަރާތް ކަމަށްވާ ސްޕޯޓްސް މިނިސްޓްރީން ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އަށް އެންގުމާ އެކު ލީގު މެޗުތައް ވަނީ ފަސްކޮށްފަ އެވެ.

އިއްޔެގެ ނިޔަލަށް ހައުސިން މިނިސްޓްރީއަށް ދަނޑު ދޫކޮށް، ލީގުގެ ކުޅުން މިއަދު އަލުން ފަށާގޮތަށް ތާވަލް ކޮށް ޝެޑިއުލް ވެސް ނެރެފައި ވެއެވެ. ނަމަވެސް ހައުސިން މިނިސްޓްރީއަށް ދަނޑު ދޫކުރި މުއްދަތު އަންނަ ހޯމަ ދުވަހާ ހަމައަށް އިތުރު ކޮށްފައި ވާތީ، ކުޅުން ފެށޭ ތާރީހު އަނެއްކާވެސް މިވަނީ ލަސްވެފަ އެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ގުރުގައި ބައިވެރިވި މީހުން ގަލޮޅު ދަނޑުގައި.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ގުރުގައި ބައިވެރިވި މީހުން ގަލޮޅު ދަނޑުގައި.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

"ފުރަތަމަ ސްޕޯޓްސް މިނިސްޓްރީން އެދުނީ 16 ވަނަ ދުވަހުގެ ނިޔަލަށް ގޯތި ލިބޭ ފަރާތްތަކުގެ ގުރު ނެގުމުގެ އިވެންޓަށް ހައުސިން ހައުސިން މިނިސްޓްރީއަށް ގައުމީ ދަނޑު ދޫކުރުމަށް. ނަމަވެސް އަޅުގަނޑުމެންނަށް ދެންމެ އަންގާފައި އޮތީ ހައުސިން މިނިސްޓްރީން އެ މުއްދަތު 21 އޮގަސްޓްގެ ނިޔަލަށް އިތުރު ކޮށްފައި ވާކަމަށް،" ރޭގެ ވަގުތެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) މީޑިއާތަކަށް މައުލޫމާތު ދިނެވެ.

"މިއާ ގުޅިގެން އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ވަނީ ފަސްކުރަން ޖެހިފައި. އާ މެޗް ޝެޑިއުލެއް ވަރަށް އަވަހަށް ހިއްސާ ކުރެވޭނެ."

"ބިންވެރިޔާ"ގެ ނަމުގައި ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. ގުރުއަތު ނެގުން އޮންނަ ގަޑި، ގޯތި ލިބުނު މީހުންނަށް މެސެޖަކުން އަންގާނެ ކަމަށް ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން އެ ހުރިހާ އެންމެންނަށް ގޯތި ކަނޑައި ރަޖިސްޓަރީ ހަވާލު ކުރާނެ އެވެ.