Roadha Mihaaru
ލީގު މެދުކަނޑާލީ ގޯތީގެ ގުރުއަތު ދަނޑުގައި ބާއްވާތީ

ލީގު މެދުކަނޑާލީ ގޯތީގެ ގުރުނެގުމަށް ދަނޑު ދޫކުރަން ޖެހުމުން

14 އޯގަސްޓް 2023

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ، މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނެގުމުގެ އިވެންޓަށް ގައުމީ ފުޓްބޯޅަ ދަނޑު ދޫކުރަން ޖެހުމުންކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ، މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނެގުމުގެ އިވެންޓަށް ގައުމީ ފުޓްބޯޅަ ދަނޑު ދޫކުރަން ޖެހުމުންކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ހަފުތާގެ މެޗުތައް މި މަހު 8 އަދި 9 ގައި ކުޅުނު ފަހުން ލީގު މެދުކަނޑާލިކަން އެފްއޭއެމުން އެންގީ، އެހެން ބޭނުންމަކަށް ދަނޑު ބޭނުން ކުރަން ޖެހޭ ކަމަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމަށް އެންގުމުންނެވެ.

ގަލޮޅު ދަނޑުގެ މިލުކުވެރި ފަރާތަކީ ސްޕޯޓްސް މިނިސްޓްރީ އެވެ.

މެޗުތައް ފަސް ކުރިކަން އެންގި ފަހުން އެފްއޭއެމުން ވަނީ ދެ ފަހަރަށް ލީގުގެ މެޗު ޝެޑިއުލް އަށް ބަދަލު ގެނެސްފަ އެވެ. ކޮންމެ ތިން ދުވަހަކުން ހަތަރު މެޗު ކުޅޭ ލީގުގައި، އިއްޔެ އާއި މިއަދު ކުޅެން އޮތް ދެ މެޗު ފަސް ކުރި އެވެ.

އަލުން މެޗުތައް ފަށާނީ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ވާދަ ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.

"ބިންވެރިޔާ"ގެ ނަމުގައި ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. ގުރުއަތު ނެގުން މާދަމާ އޮންނަ ގަޑި، ގޯތި ލިބުނު މީހުންނަށް މެސެޖަކުން އަންގާނެ ކަމަށް ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.