Roadha Mihaaru
އެކައުންޓަށް ޖަމާވި ފައިސާތަކެއް ބޭނުންކުރުމުން ޖަލަށް

އެކައުންޓަށް ޖަމާވި އެހެން މީހެއްގެ ފައިސާ ބޭނުންކުރުމުން ހަތަރު މަހަށް ޖަލަށް

17 އޯގަސްޓް 2023

އެކައުންޓަށް ޖަމާވި އެހެން މީހެއްގެ ފައިސާ ބޭނުންކުރި މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެކައުންޓަށް ޖަމާވި އެހެން މީހެއްގެ ފައިސާ ބޭނުންކުރި މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގދ. ތިނަދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ އޭނާގެ އެކައުންޓަށް ޖަމާވި އެހެން މީހެއްގެ 9،900ރ. އޭގެ ވެރިފަރާތަށް ހަވާލުނުކޮށް ބޭނުންކޮށްފައިވާތީ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ.

އޭނާ ކުށަށް އެއްބަސްވެ، ފައިސާ ބޭނުންކުރި ކަމަށް ބުނެފައިވާތީ ކޯޓުން މިމަހު ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ކުށަށް އިއުތިރާފްވުމުގެ އިތުރުން ފައިސާ ގެއްލުނު މީހާއަށް ބަދަލު ދީފައިވާތީ އަދަބު ލުއިކުރަން ކޯޓުން ނިންމި އެވެ.

އެހެންވެ، ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކަނޑައެޅީ ކަމަށް ހުކުމުގައިވެ އެވެ.