Roadha Mihaaru
އިދިކޮޅު މެނިފެސްޓޯ އޮތީ ކޮޕީކޮށްފައި: މާރިޔާ

އިދިކޮޅު މެނިފެސްޓޯ އޮތީ ކޮޕީކޮށްފައި، އެމްޑީޕީން ނުވާ ވައުދެއް ނެތް: މާރިޔާ

21 އޯގަސްޓް 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ވައުދުތައް އިއުލާންކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ކޮޕީކޮށްގެން ކަމަށް ރައީސްގެ ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވި ޖަލްސާގައި ލޯންޗުކުރި މުއިއްޒުގެ ބޯހިޔާވަހިކަމުގައި ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން މާރިޔާ ވަނީ އެއީ "ކޮޕީކެޓް ވައުދުތަކެއް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. ރައީސްގެ "އުފާވެރި ދިރިއުޅުން" މެނިފެސްޓޯގައި ގެދޮރު އިމާރާތް ކުރުމަށް ހަ ޕަސެންޓަށް ވުރެން ބޮޑު ނުވާނެ ގޮތަށް ލޯން ފޯރުކޮށްދޭނެކަމަށް ހިސާބުތައް ޖަހައިގެން ދިރާސާކޮށްގެން ހިމަނައިފައިވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މުއިއްޒު ހަމަ އެ ވައުދުވެވަޑައިގަތް ކަމަށާއި އެކަމަކު ހަމަނުޖެހޭ ގޮތަށް ކަމަށެވެ.

"ހިލޭ ދޫކުރި ބިން ވެސް ގަންނަން މި ޖެހެނީ ސަރުކާރު އަތުން. ބިމުގައި އަޅާ ގެއަކީ ފައިނޭންސް ދިނަސް ގަންނަމުންދާ އެއްޗަކަށް ވާން ޖެހޭނެ އެއްޗެއް ގޮތަކަށް ވާހަކަ ދެއްކެވީ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، މި ސަރުކާރުން މާލޭ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓު އަތުލާނެ ކަމުގެ ބިރު އެބައޮތެވެ.

މުއިއްޒުގެ ސިޔާސަތުތަކުން ބޮޑެތި ރަށްތައް އެކަނި ތަރައްގީވާކަން ދޭހަވާ ކަމާއި އެކަމަކު މި ސަރުކާގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކުރުން ކަމަށް ސާބިތުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް މާރިޔާ ވަނީ މިއަދު ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.