ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ލެޕްރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ފުރަތަމަ ފަހަރަށް ދޭން ފަށައިފި އެވެ.
21 އޯގަސްޓް 2023
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ލެޕްރޮސްކޮޕިކް ސާޖަރީގެ ހިދުމަތް ފުރަތަމަ ފަހަރަށް ދޭން ފަށައިފި އެވެ.
އެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ހޮސްޕިޓަލުގެ ސީއީއޯ މުހައްމަދު ޝިޔާމް ވިދާޅުވީ ލެޕްރޮސްކޮޕިކް ދެ ސާޖަރީއެއް ކާމިޔާބުކަމާއެކު މިއަދު އެ ހޮސްޕިޓަލުގައި ނިންމައިފައިވާ ކަމަށެވެ. އެއީ ގޯލްޑްބްލެޑާ ނެގުމުގެ އޮޕަރޭޝަނެއްގެ އިތުރުން ހާނިއާ އޮޕަރޭޝަނެކެވެ.
ގަމު ހޮސްޕިޓަލުގައި މި ހިދުމަތް ފަށާފައިވަނީ އައިޖީއެމްއެޗްގެ ސާޖަރީ ޑިޕާޓްމެންޓުގެ ޑޮކްޓަރުންނާއި ނަރުހުން ގަމަށް ޒިޔާރަތްކޮށްގެންނެވެ.
ޝިޔާމް ވިދާޅުވީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ މި އޮޕަރޭޝަން މިވަގުތު ކުރަމުން އައިނަމަވެސް، އެ ހޮސްޕިޓަލުގެ ޑޮކްޓަރުން މުސްތަގުބަލުގައި ތަމްރީނުވެގެން ދާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ޑޮކްޓަރުން މިކަން ކުރަމުން ގެންދާނީ، އެކަން ކުރެވެން ދެން އައިޖީއެމްއެޗް ޓީމުގެ އެހީތެރިކަން ލިބެމުން ދާނެ،" ޝިޔާމް ވިދާޅުވި އެވެ.
ލެޕްރޮސްކޮޕިކް ސާޖަރީ އަކީ ބަނޑު ފަޅާލައިގެން އޮޕަރޭޝަން ކުރުމުގެ ބަދަލުގައި ބަނޑުގައި ލޯވަޅު އަޅައިގެން ކެމެރާ ލައްވައިގެން ކުރާ ސާޖަރީތަކެކެވެ.
އެގޮތަށް ކުރާ އޮޕަރޭޝަންތަކުގެ ތެރޭގައި ގޯލްބްލެޑާ އާއި އެޕެންޑިކްސް އަދި ކުދިކުދި ޓިއުމަރު ނެގުން ހިމެނެ އެވެ.
ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުން އަންނަ ގަމު ރީޖަނަލް ހޮސްޕިޓަލަކީ އެ އަތޮޅާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުން މީހުން ހިދުމަތް ހޯދުމަށް ދާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފ، ދ، އަދި ތ. އަތޮޅުގެ މީހުން އެ ރަށަށް ޒިޔާރަތް ކުރެ އެވެ.
ގަމުގައި ސިޒޭރިއަން ހެދި މީހެއް ހާލު ދެރަވެ މާލެއަށް
އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އަންގައިފި
މާމެންދޫ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ
ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި
ގަމަށް ދިޔަ 25 ސިފައިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މާލެ ނުދެވޭތީ ލ. ގަމު ހޮސްޕިޓަލަށް ވެސް ބާރުބޮޑު
މަސްފެންގަނޑަކަށް ވެއްޓި، ސީރިއަސްވި ކުއްޖަކު މާލެއަށް
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ
ގަމުގެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
ގަން ރީޖަނަލް ހޮސްޕިޓަލަށް ދިރާގުން އެހީވެއްޖެ