ލ. މާމެންދޫން އެ އަތޮޅު ގަމަށް ހާލު ދެރަވެގެން ގެންދިޔަ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ އެވެ.
17 މެއި 2021
ލ. މާމެންދޫން އެ އަތޮޅު ގަމަށް ހާލު ދެރަވެގެން ގެންދިޔަ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ އެވެ.
ރޭ ދަންވަރު އެ އަންހެންމީހާ ފުރަަތަމަ ގެންދިޔައީ އިމަޖެންސީގައި މާމެންދޫ ސިއްހީ މަރުކަޒަށެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސްކަމުން، ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ސިއްހީ މަރުކަޒުން ލަފާދިނީ އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި އެ މީހާ މިއަދު ހެނދުނު ހައެއް ޖަހާކަންހާއިރު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބަނޑަށް ދަަރިފުޅު އޮތީ މަރުވެފަ އެވެ.
ބަނޑަށް ދަރިފުޅު މަރުވެފައި ވަނީ އެންމެ 24 ހަފުތާގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުއްޖާ މަރުވެފައި އޮތުމުން، ކުއްޖާ ނެގުމަށް އޮޕަރޭޝަން ކުރުމުގެ ކުރިން އަންހެންމީހާ ކޮވިޑަށް ޓެސްޓު ކުރިއިރު ނަތީޖާ ޕޮޒިޓިވް ކަމަށެވެ. އެހެންވެ، އަންހެންމީހާ މިވަގުތު އޮތީ ކޮވިޑް ފެސިލިޓީގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިވަގުތު އަންހެންމީހާގެ ހާލު ރަނގަޅު ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވި އެވެ.
ޓްރެވެލް ހިސްޓްރީއެއް ވެސް ނެތް އެ އަންހެންމީހާ ކޮވިޑަަށް ޕޮޒިިޓިވްވުމާ ގުޅިގެން މިހާރު މާމެންދޫ ވެސް އޮތީ އަރައިފޭބުން މަނާކޮށްފަ އެވެ. ހެލްތު ސެންޓަރުން ބުނީ މިހާރު ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
އަރިދަފުސް ރޯގާ އިތުރުވާތީ ސަމާލުވާން އަންގައިފި
ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި
މާލެ ނުދެވޭތީ ލ. ގަމު ހޮސްޕިޓަލަށް ވެސް ބާރުބޮޑު
މަސްފެންގަނޑަކަށް ވެއްޓި، ސީރިއަސްވި ކުއްޖަކު މާލެއަށް
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ
ސިޒޭރިއަނަށްފަހު ފަރުވާ ލަސްވެ ދެމައިން ނިޔާވެއްޖެ
ވިހާފައި މަރު؛ މި ވޭނާއި ހިތްދަތިކަން ކިޔައިނުދެވޭނެ
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ގަމު ހޮސްޕިޓަލުގައި ލެޕްރޮސްކޮޕިކް ސާޖަރީ ތައާރަފްކޮށްފި