Roadha Mihaaru
ރައީސް ވިދާޅުވީ ޝަރުއީދާއިރާގެ އިސްލާހު ލަސް ނޫންކަމަށް

ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާގެ އިސްލާހުތައް ލަސް ނޫން ކަމަށް

29 އޯގަސްޓް 2023

އެކިއެކި ނުފޫޒާ ހެދި ބޭނުންފުޅުވި ބާރު ސްޕީޑްގައި ޝަރުއީ ދާއިރާ އިސްލާހު ނުކުރެވުނަސް އިސްލާހުތައް ލަސް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އެކިއެކި ނުފޫޒާ ހެދި ބޭނުންފުޅުވި ބާރު ސްޕީޑްގައި ޝަރުއީ ދާއިރާ އިސްލާހު ނުކުރެވުނަސް އިސްލާހުތައް ލަސް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އާއި ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން ފޮނަދޫގައި ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ދެއްވި ޖަވާބުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސުޕްރީމް ކޯޓަކީ ކުރިއަށް ވުރެ ބޮޑަށް މީހުންގެ އިތުބާރު ލިބިފައިވާ ތަނަކަށް މިހާރު ބަދަލުކޮށް، ދަށު ކޯޓުތަކަށް ވެސް ބަދަލުތަކެއް ގެނެވިއްޖެ ކަމަށެވެ. އެކަމަކު ޝަރުއީ ދާއިރާ އިސްލާހުކުރަން އަދިވެސް ބައިވަރު ކަންކަން ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމްޑީޕީގެ މި ވެރިކަމުގެ ފުރަތަމަ 2-3 އަހަރު ކޯޓުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނައި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނަދޫގައި މިރޭ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނަދޫގައި މިރޭ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އެމްޑީޕީ

"އެހެން ނަމަވެސް އެކިއެކި ނުފޫޒާ ހެދި އަދިވެސް އަޅުގަނޑު ހިތުން ކުރަން ބޭނުންވި ބާރު ސްޕީޑްގައި އަޅުގަނޑަކަށެއް އެ ކަމެއް ކުރިއަށް ނުގެންދެވުނު. އެކަމަކު އެއީކީއެއް އަޅުގަނޑުމެން ހުއްޓާލާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ބޭނުންފުޅުވި ސްޕީޑްގައި ޝަރުއީ ދާއިރާ އަށް މި ފަސް އަހަރު އިސްލާހުތައް ނުގެވުނަސް އިސްލާހުތައް އެހާ ލަސް ކަމަކަށް އެ މަނިކުފާނު ގަބޫލުފުޅެއް ނުކުރައްވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ފުރަތަމަ ދައުރު ނިމެން ފަސް މަހަށް ވެފައިވާއިރު، މިރޭ ވެސް ފާހަގަކުރެއްވި ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަކީ އެމްޑީޕީގެ ވައުދެކެވެ. އެ ކަމަކު، އެކަމަށްޓަކައި ވަރަށް ގިނަ ބައެއްގެ ހިޔާލު ހޯދައި ގާނޫނީ ކަންކަން ނިންމައި ރައްޔިތުންގެ މަޖިލިހަށް ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލް ސަރުކާރުން ފޮނުވީ ވަރަށް ފަހުންނެވެ.

ޝަރުއީ ދާއިރާގެ ކަންކަން ރަނގަޅު ނުވާތީ ބައެއް ޝަރީއަތްތަކުގައި ރާއްޖޭގެ ބައެއް ސީނިއާ ފަނޑިޔާރުން ވެސް ވަނީ ހިތްހަމަޖެހިވަޑައިނުގެން ވަރަށް ފަހުން ވެސް ވާހަކަތައް ދައްކަވައިފަ އެވެ.