Roadha Mihaaru
ޑްރަގް ކޯޓުގެ ގާޒީންގެ އޯގާތެރިކަން މިއަދު ދިވެހިން ބަލައިގަނޭ: މިނިސްޓަރު

ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ އޯގާތެރިކަމަށް ނަަސީމްގެ ތައުރީފު

30 އޯގަސްޓް 2023

އެކިއެކި މައްސަލަތަކުގައި ޑްރަގް ކޯޓަށް ގެންދާ މީހުންނާ މެދު އެ ކޯޓުގެ ފަނޑިޔާރުން ގެންގުޅޭ އޯގާތެރިކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ތައުރީފު ކުރައްވައިފި އެވެ.

އެކިއެކި މައްސަލަތަކުގައި ޑްރަގް ކޯޓަށް ގެންދާ މީހުންނާ މެދު އެ ކޯޓުގެ ފަނޑިޔާރުން ގެންގުޅޭ އޯގާތެރިކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ތައުރީފު ކުރައްވައިފި އެވެ.

އޭނާ އެކަން ފާހަގަކުރެއްވީ ޑްރަގް ކޯޓަށް 11 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ ރޭ ބޭއްވި ހަފުލާއެއްގަ އެވެ.

"އަޅުގަނޑާ ބައްދަލުވާ އެތައް ބައެއް މި ވާހަކަތައް ކިޔައިދޭ. ކޯޓުގެ އަޑުއެހުންތަކުގައި ގާޒީން ގެންގުޅޭ ބަހުރުވަ އާއި ވާހަކަ ދައްކާއިރު ބަހައްޓާ އޯގާތެރިކަން މިއަދު ރައްޔިތުން ބަލައިގަނޭ،" ނަސީމް ވިދާޅުވި އެވެ.

"ޝުކުރިއްޔާ އިއްޒަތްތެރި ގާޒީން."

މިނިސްޓަރު ވިދާޅުވި ގޮތުގައި ޑްރަގް ކޯޓުގެ ނިޒާމު ރާއްޖެ އަށް އާ ވިޔަސް އެއީ އެހެން ގައުމުތަކުގައި އެންމެ ކާމިޔާބު އެއް ނިޒާމެވެ.

"ޑްރަގް ކޯޓަކީ، އަދަބު ދީ މީހުން ޖަލަށްލުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެ، ގޮތް ހުސްވެ، މަގުމަތިވެ، މާޔޫސްވެފައި ތިބި، މީހުން އެ ބަލިން ސަލާމަތްވުމަށް ފުރުސަތު ހޯދައިދޭ، ފަރުވާ އަށް ހިތްވަރުދޭ އޯގާތެރިކަމާ އެކު މުއާމަލާތު ކުރާ ކޯޓެއް،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަމަލުކުރާތާ 10 އަހަރު ވީ އިރު، އެ ގާނޫނުގެ މައި އެއް ތަނބަކީ ޑްރަގް ކޯޓު ކަމަށެވެ. މަސްތުގެ ބަލި ތަހައްމަލުކުރާ މީހުނަށް އަދަބު ދިނުމުގެ ބަދަލުގައި އެއީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހަދައި އަނބުރާ މުޖްތަމައަށް ނެރުމުގައި އެ ކޯޓުގެ ދައުރު ބޮޑު ކަމަށް ނަސީމް ވިދާޅުވި އެވެ.

ޑްރަގް ކޯޓުގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާ އަށް ފަހު، އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ އެކު ޕީޖީ ޝަމީމާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޑްރަގް ކޯޓް

ޑްރަގް ކޯޓުގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާ އަށް ފަހު، އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ އެކު ޕީޖީ ޝަމީމާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޑްރަގް ކޯޓް

ހެލްތު މިނިސްޓަރު ވިދާޅުވީ، އޭނާއަކީ މަސްތުވާތަކެތީގެ ކަންކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން އުފައްދާފައިވާ އެންޑީސީސީގެ މެމްބަރަކަށް ވާތީ، ޑްރަގް ކޯޓުން ކުރާ މަސައްކަތުގެ އަޕްޑޭޓްތައް ވަރަށް ގިނައިން ލިބިވަޑައިގަންނަވާ ކަމަށެވެ.

"އެގޮތުން، ކޯޓަށް ހުށަހެޅި ބަލަން ފަށާ މައްސަލަަތައް ގިނަވިޔަ ނުދީ، ހަލުވިކަންމަތީ ކުރިއަށް ގެންދާކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވި އެވެ.

ޑްރަގް ކޯޓަކީ، އަދަބު ދީ މީހުން ޖަލަށްލުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ޝިކާރައަކަށް ވެ، ގޮތް ހުސްވެ، މަގުމަތިވެ، މާޔޫސްވެފައި ތިބި، މީހުން އެ ބަލިން ސަލާމަތްވުމަށް ފުރުސަތު ހޯދައިދޭ، ފަރުވާ އަށް ހިތްވަރުދޭ އޯގާތެރިކަމާ އެކު މުއާމަލާތު ކުރާ ކޯޓެއް،"--- ނަސީމް

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، މުޖުތަމައަށް ނެރުމާ ގުޅޭ ޒިންމާތައް އޭނާއާ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރައީސް ހަވާލު ކުރެއްވުމުން ޑްރަގް ކޯޓުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށާއި އެ ކޯޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބެއްލެވި ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި އޭނާ އަށް ފާހަގަ ކުރެއްވުނީ، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ޝައުގުވެރިކަން މުވައްޒަފުންގެ ކިބައިގައި ހުރި ކަމެވެ. އަދި ގާޒީން ވެސް އިތުރު މައުލޫމާތު ހޯދައި، ތަހުޒީބީ ގައުމުތަކުގައި ކަން ކުރާ ގޮތްތައް ދަސްކުރުމަށް ޝައުގުވެރިވެފައި ތިއްބެވި ވަރު ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑްރަގް ކޯޓުގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ޕީޖީ ޝަމީމާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޑްރަގް ކޯޓް

ޑްރަގް ކޯޓުގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ޕީޖީ ޝަމީމާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޑްރަގް ކޯޓް

އެހެންވެ، މިހާތަނަށް ނެރެވުނު ނަތީޖާތައް ވެސް ނަސީމް ވިދާޅުވި އެވެ. ޑްރަގް ކޯޓުގެ ފަނޑިޔާރުންނަށް ހާއްސަ ކޮށްގެން، އޮސްޓްރޭލިާގެ ޕާތު ކޯޓާ އެކު، ތަފާތު ބައްދަލުވުންތައް ބޭއްވި ކަމަށާއި އަދި އެ ގައުމުގެ ސަރުކާރާ މަޝްވަރާކޮށް، ތަޖުރިބާ ހޯދައިދިނުމަށް، ދަތުރެއް ކުރެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށް ވިދާޅުވި އެވެ. އެ ދަތުރުން ގިނަ ކަންކަން ފެނި، ދަސްވެ، އޭގެ ރަނގަޅު ނަތީޖާ މިއަދު ފެންނަން ފަށައިފި ކަމަށް ނަސީމް ވިދާޅުވި އެވެ.

"ދެން ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ފަރުވާގެ ނިޒާމު ފުޅާވެ، ލާމަރުކަޒު ވަމުން އަންނައިރު، ޑްރަގް ކޯޓުގެ ހިދުމަތް ވެސް ފުޅާވާންޖެހޭކަން. އެގޮތުން ޑީޖޭއޭ މެދުވެރިކޮށް ޑްރަގް ކޯޓުން އެންޑީސީސީ އަށް ހުށަހެޅުމެއް ހުށަހެޅުއްވި. އޭގައި، ކޯޓުގެ ހިދުމަތް އަތޮޅު ތެރެއަށް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައި އޮތް،" މިނިސްޓަރު ވިދާޅުވި އެވެ.