Roadha Mihaaru

އިންތިހާބަށް ރައްޔިތުން ފާރަވެރިވާން ޖެހޭނެ: ޝިޔާމް

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައްޔިތުން ފަރާވެރިވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބަށް ރައްޔިތުން ފާރަވެރިވާން ޖެހޭނެ: ޝިޔާމް
ނާޒިމް ހަސަން
ނާޒިމް ހަސަން

31 އޯގަސްޓް 2023

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައްޔިތުން ފަރާވެރިވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މިރޭ ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާ މެދު ކޮންމެ ރައްޔިތަކު ވެސް ވަރަށް ފާރަވެރިކަމާ އެކު ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރިހާ އުއްމީދެއް ގުޅިފައި މިއޮތީ އިންތިހާބާ. މިއީ ގައުމީ މަސްލަހަތާ ގުޅިގައި އޮތް ވޯޓެއް. މިއީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައިތޯ ތިބޭނީތޯ ނުވަތަ ފުރަތަމަ އެއްވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ތިބޭނީތޯ ނިންނަން ޖެހޭ ނިންމުމެއް،" ޝިޔާމް ވިފާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ވޯޓުގެ ސައްހަކަން ކަށަވަރުކުރަން ރައްޔިތުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު، ޝިޔާމްއާ ސަލާމް ކުރައްވަނީ

ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު، ޝިޔާމްއާ ސަލާމް ކުރައްވަނީ

މީގެ އިތުރުން އިންތިހާބު މޮނީޓާކުރުމަށް އައިސް ތިބި ބޭރުގެ ވަފުދުތަކުން ވެސް ވެސް އިންތިހާބުގެ ކުރިން ހިނގަމުންދާ ކަންކަމަށް ފާރަވެރިވާން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އިންތިހާބު ނިންމުމުން 10 ވަނަ ދުވަހު އަރާ ޕްރެސް ކޮންފަރެންސްތައް ބޭއްވިޔަސް ވާނެ ކަމެއް ނޯންނާނެ. އޭރަށް އޮންނާނީ ވަގުތު ފާއިތުވެފައި." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަންކަމުގެ އެ ވާހަކަތައް ދައްކަން ކެރޭ ތަންތަނަށް މިނިވަން މުއައްސަސާތައް ވާން ޖެހޭ ކަަމަށެވެ. ހާއްސަ ގޮތެއްގައި އިލެކްޝަން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާ ޝިޔާމް ހަނދާންކޮށް ދެއްވި އެވެ.

"ވޮޓުލުމަށްފަހު އެ ތަނުގައި މަޑުކުރައްވާ، ވޯޓު ގުނައި، އިއުލާން އެ ތަނުގައި ހަރުކުރަންދެން މަޑުކުރައްވާ،" ޝިޔާމް ވިދާޅުވި އެވެ.