Roadha Mihaaru
ސޮނީ ސްޕޯޓްސްގެ ލައިފް ސްޓައިލް އެޕެއް

ދުޅަހެޔޮ ސިއްހަތަކަށް ހިތްވަރުދޭން ސޮނީ ސްޕޯޓްސްގެ ލައިފްސްޓައިލް އެޕެއް

01 ސެޕްޓެމްބަރ 2023

ސިއްހަތާއި ދުޅަހެޔޮކަން ޕްރޮމޯޓުކުރުމަށް ސޮނީ ސްޕޯޓްސްއިން ލައިފް ސްޓައިލް އެޕެއް ނެރެން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިއްހަތާއި ދުޅަހެޔޮކަން ޕްރޮމޯޓުކުރުމަށް ސޮނީ ސްޕޯޓްސްއިން ލައިފް ސްޓައިލް އެޕެއް ނެރެން ނިންމައިފި އެވެ.

މި އެޕަކީ ޖޮގްކޮށް ދުވާއިރު ނަގާ ފިޔަވަޅުތައް ދެނެގަންނަ ސްޓެޕް ކައުންޓާއަކާއި ކާތެކީގައި ހިމެނޭ ނިއުޓްރިޝަން ދެނެގަނެ ކަލްކިއުލޭޓްކުރެވޭ ފީޗާ ހިމެނޭ އެޕެކެވެ. މި އެޕުން އާއްމުކޮށް ދިވެހިން ކާ ތަކެތީގައި ކެލޮރީ ހުންނަ މިންވަރު ދެނެގަނެވޭނެ އެވެ. އަދި އަމިއްލައަށް ތައްޔަރުކުރާ ތަކެތި ވެސް އެޕަށް އެޑުކުރެވޭނެ އެވެ.

ވަރަށް އަވަހަށް ނެރެން ނިންމާފައިވާ މި އެޕުގައި ހިމެނޭ ސްޓެޕް ލޮގުކުރެވޭ ފީޗާއިން ދުވާއިރު އަޅާ ފިޔަވަޅުތަކަށް ޕޮއިންޓު ލިބޭނެ އެވެ. މި ޕޮއިންޓުތަކުން ސޮނީ ސްޕޯޓްސްތަކުގެ ފިހާރަތަކުން ވިޔަފާރިކުރާއިރު، ޕޮއިންޓު ރިޑީމްކޮށް ޑިސްކައުންޓު ހޯދޭނެ އެވެ.

ސޮނީ ސްޕޯޓްސްގެ އޮފިޝަލަކު ވިދާޅުވީ މި އެޕަކީ އެ ކުންފުނީގެ ކަސްޓަމަރުންނާއި އާއްމުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރުދީ ކަސްރަތުކުރުމަށް ބާރުއެޅުމުގެ ގޮތުން ތައާރަފްކުރި އެޕެއް ކަމަށެވެ. އަދި އެޕުގެ ސަބަބުން ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ތަކެއްޗަށް އިސްކަންދީ، ދުޅަހެޔޮ ކާނާ ކެއުމާއި ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް އެއްބާރުލުން ދޭ އެހީތެރިއަކަށް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޮނީ ސްޕޯޓްސް އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށެވެ.

މި އެޕުގައި އީ ކޮމާސް ފީޗާއެއް ވެސް ހިމެނެ އެވެ. މި ފީޗާ މެދުވެރިކޮށް ސޮނީ ސްޕޯޓްސްގެ ހުރިހާ ފިހާރަތަކަކުން އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އެވެ.

މި އެޕް އައިއޯސް އާއި އެންޑްރޮއިޑް ފޯނުތަކަށް ޑައުންލޯޑު ކުރެވޭ ގޮތަށް ހަދާނެ އެވެ.