Roadha Mihaaru
ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ސޭލް މާދަމާ

ބޮޑު ޑިސްކައުންޓެއް ލިބޭ ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ސޭލް މާދަމާ

25 ނޮވެމްބަރ 2023

ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ "ފައްކާ ހަފްތާ" ސޭލް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސޮނީ ސްޕޯޓްސްއިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ "ފައްކާ ހަފްތާ" ސޭލް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސޮނީ ސްޕޯޓްސްއިން ބުނެފި އެވެ.

މި ސޭލް އަކީ ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސްގައި ހަފްތާއެއްގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ސޭލްއެކެވެ. މީގެކުރިން ވެސް ސޮނީ ސްޕޯޓްސްއިން މި ނަމުގައި ވަނީ ގިނަ ޕްރޮޑަކްޓުތަކަކުން ޑިސްކައުންޓު ދީ ސޭލް ބާއްވައިފަ އެވެ. ސޮނީ ސްޕޯޓްސްއިން ބުނީ މިއީ އޮތެންޓިކް ގިނަ ބްރޭންޑްތަކެއްގެ ކޮލެޓީ ޕްރޮޑަކްޓުތަކެއް ގަތުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ.

"ފައްކާ ހަފްތާ" ސޭލްގައި އެ ފިހާރައިން ވިއްކާ އެކި ފެޝަން ބްރޭންޑުތަކާއި ސްޕޯޓްސް ބްރޭންޑްތަކުގެ އެކި އައިޓަމްތަކުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އޭގެ ތެރޭގައި އެޑިޑާސް އަދި ނައިކީ ވެސް ހިމެނެ އެވެ. އަދި ފެޝަން ބްރޭންޑް މެންގޯ އާއި ރޮކްސީ އަދި ކުއިކް ސިލްވާގެ ފެޝަންވެއާ ލިބެން ހުރެ އެވެ. އަދި އެކި އެސަސަރީސް ވެސް ހިމެނެ އެވެ.

ސޮނީ ސްޕޯޓްސް އަކީ މަޝްހޫރު ކުޅިވަރު ބްރޭންޑް ޕޫމާ އަދި އެޑިޑާސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ސޭލްގައި އެ ދެ ބްރޭންޑުގެ ސްޕޯޓްސްވެއާއިން ވެސް ޑިސްކައުންޓު ލިބޭނެ އެވެ.

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10 އިން 12 އަށް، މެންދުރު 2 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ހުކުރު ދުވަހު އެ ފިހާރަ ހުޅުވާނީ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.