ހދ. އަތޮޅުގެ ދަނޑުވެރިން ހައްދާ ތަކެތި އެއް ރަށުން އަނެއް ރަށަށް ސަޕްލައިކުރުމަށް އެމްޓީސީސީ މެދުވެރިކޮށް ކާގޯ ފެރީގެ ހިދުމަތް އަންނަ ދައުރުގައި ފަށާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.
04 ސެޕްޓެމްބަރ 2023
ހދ. އަތޮޅުގެ ދަނޑުވެރިން ހައްދާ ތަކެތި އެއް ރަށުން އަނެއް ރަށަށް ސަޕްލައިކުރުމަށް އެމްޓީސީސީ މެދުވެރިކޮށް ކާގޯ ފެރީގެ ހިދުމަތް އަންނަ ދައުރުގައި ފަށާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.
ރައީސްގެ ކެމްޕެއިނަށް ހދ. ވައިކަރަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މި ރަށާއި މި އަތޮޅުގެ އެހެން ބައެއް ރަށްތަކަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށްރަށަށް ވިޔަސް ދަނޑުވެރިންގެ އޮތް ޝަކުވާ އަކީ އެ މީހުން ހައްދާ ތަކެތި ފަސޭހައިން ވިއްކޭނެ ގޮތެއް ނެތުން ކަމަށެވެ.
އެ ޝަކުވާއަށް ނިމުމެއް ގެނައުމަށް ރައީސް ވައުދުވެޑައިގަތީ އާރްޓީއެލް ފެރީ ނިޒާމެކޭ އެއްގޮތަށް، މި ސަރަހައްދުގެ ދަނޑުވެރިން ހައްދާ ތަކެތި ސަޕްލައިކުރާނެ ކާގޯ ފެރީގެ ނިޒާމަކުން ރަށްތައް ގުޅާލުމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. ވައިކަރަދޫން މަރުހަބާ ކިޔަނީ.-- ފޮޓޯ: އެމްޑީޕީ
"ބޭނުންވަނީ [ދަނޑުވެރިން] އެ ހައްދާ ތަކެތި ފަސޭހައިން ތާޒަންކަން މަތީގައި ރަނގަޅު އަގު ލިބޭ ގޮތަށް ގެންދެވޭނެ ގޮތް ހެދުން،" ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިޔާ އެމްޓީސީސީ މެދުވެރިކޮށް ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ މަސައްކަތް ފަށައި ދަނޑުވެރިންނަށް އުއްމީދު ގެނެސްދޭނަން. އެ ބޭފުޅުން އުފައްދާ އެއްޗިއްސަށް ރަނގަޅު އަގު ލިބޭ ގޮތް ހަދައިދޭނަން."
ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ލިބޭ ނަފާ އިތުރުކުރުމަށް އެކްސްޕޯޓް އޮރިއެންޓެޑް ވެލިއު ޗެއިންއެއް ގާއިމުކޮށް، ދިވެހި ދަނޑުވެރިންނަށް ދިވެހި މާކެޓާއި ރިސޯޓުތަކާއި ބައިނަލްއަގުވާމީ މާކެޓްތަކާ ގުޅުވައިދޭނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ބުނެފައިވެ އެވެ.
އަންނަ ދައުރުގައި ދަނޑުވެރިކަމާއި މަސްވެރިކަމަށް ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހަމަޖައްސައި ސަރުކާރު ސިޔާސަތުތަކާއި ޕްރޮޖެކްޓްތައް އެ ސިނާއަތާ ގުޅޭ ގޮތަށް ބައްޓަންކުރާނެ ކަމަށް ބުންޏެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ވައިކަރަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: އެމްޑީޕީ
• މަގުތަކުގައި ތާރުއެޅުން.
• އާ މިސްކިތެއް އިމާރާތްކުރުން.
• ރޯހައުސް އިމާރާތްކުރުން.
• ބަނދަރުގެ ދޮށި ބަދަލުކުރުން.
• މޫދަށް އެރޭ ސަރަހައްދެެއް ހެދުން.
• ސްކޭޓް ޕާކެއް ހެދުން.
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބައޮތް: ރައީސް
"ތިނަކަށް ވޯޓުދީ، ނޫނީ ކަރުނަ އަޅާ ރޯންޖެހިދާނެ"
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
ފިލްމީ ތަރިންނާއި ފަންނާނުންގެ ތާއީދު ރައީސަށް