Roadha Mihaaru
ވިޖޭގެ ފިލްމު ކާމިޔާބުވުމުން 100 އާއިލާއަކަށް އެހީ

ވިޖޭގެ ފިލްމު ކާމިޔާބުވުމުން 100 އާއިލާއަކަށް އެއް ލައްކަ ރުޕީސް ދޭން ވައުދުވެއްޖެ

06 ސެޕްޓެމްބަރ 2023

ދެކުނު އިންޑިއާގެ ސިނަމާގައި އަދި ބޮލީވުޑްގައި ވެސް މަޝްހޫރު އެކްޓަރު ވިޖޭ ދޭވަރަކޮންޑާގެ އާ ފިލްމު "ކުޝީ" ކާމިޔާބުވުމުން 100 ގެއަކަށް މާލީ އެހީ ދޭން އޭނާ ނިންމައިފި އެވެ.

ދެކުނު އިންޑިއާގެ ސިނަމާގައި އަދި ބޮލީވުޑްގައި ވެސް މަޝްހޫރު އެކްޓަރު ވިޖޭ ދޭވަރަކޮންޑާގެ އާ ފިލްމު "ކުޝީ" ކާމިޔާބުވުމުން 100 ގެއަކަށް މާލީ އެހީ ދޭން އޭނާ ނިންމައިފި އެވެ.

ވިޖޭ އާއި ސަމަންތާ ރޫތު ޕްރަބޫ ލީޑު ރޯލު ކުޅޭ "ކުޝީ" ޕްރިމިއާކުރީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ފިލްމު ހެދީ 50 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ. މިދިޔަ ފަސް ދުވަހުގެ ތެރޭގައި އެ ފިލްމަށް ވަނީ އިންޑިއާ އާއި އެހެން ގައުމުތަކުގައި ދައްކައިގެން 50 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވެސް ލިބިފަ އެވެ.

އެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި އިވެންޓެއްގައި ވިޖޭ އިއުލާންކުރީ އެހީތެރިކަން ބޭނުންވެފައިވާ 100 އާއިލާއަކަށް، ކޮންމެ އާއިލާއަކަށް އެއް ލައްކަ ރުޕީސް ދޭން އޭނާ ނިންމާފައިވާ ކަމަށެވެ.

ވިޖޭ ބުނި ގޮތުގައި، މި އެހީ ދެނީ އޭނާގެ އަމިއްލަ އާމްދަނީންނެވެ. އެ ފައިސާ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އާއިލާތަކަށް ދޭނެ އެވެ.

ވިޖޭ ވަނީ މި އަހަރު ކުރީކޮޅުގައި އޭނާގެ އަމިއްލަ ހަރަދުގައި އޭނާގެ 100 ފޭނަކަށް ހިލޭ ޗުއްޓީ ދަތުރެއް ވެސް ހަމަޖައްސައިދީފަ އެވެ.

ރިޕޯޓްތައް ބުނީ ވިޖޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ އޭނާގެ މައިންބަފައިން އުފާކޮށްދީ، ބުރަ މަސައްކަތުން އާމްދަނީ އާއި އެހެން މީހުންގެ އިހުތިރާމު ހޯދުމަށް ކަމަށެވެ. ވިޖޭ ވަނީ އޭނާގެ ފޭނުންނަށް އެހީތެރިކަން ދެވެން އޮންނަ މިންވަރަކަށް ދޭނެ ކަމަށް ވެސް އެކި އިވެންޓުތަކުގައި ބުނެފަ އެވެ.