15 ސެޕްޓެމްބަރ 2023
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވުން ނާދިރު ކަމަށާއި އެމްޑީޕީން ވިސްނަނީ ދެން އުފެދޭ ރިޔާސަތެއްގެ ބާރުތަކާ ގުޅޭ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުވުން ނާދިރު ކަމަށާއި އެމްޑީޕީން ވިސްނަނީ ދެން އުފެދޭ ރިޔާސަތެއްގެ ބާރުތަކާ ގުޅޭ ގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެ ޓްވީޓްކުރެއްވީ އެމްޑީޕީން ވަކިވި މެންބަރުންނާ އެކު، ނަޝީދު އިސްކޮށް މަސައްކަތްކުރައްވާ ޑިމޮކްރެޓްސް އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައި ވަނިކޮށެވެ. ފުރަތަމަ ބުރުގައި 15،000 އަށް ވުރެ ގިނަ ވޯޓާ އެކު ތިން ވަނަ އަށް ދިޔަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ މި މަހު 25 ގައި ވޯޓު ނަގައި، ނިޒާމު ބަދަލުކުރަން ފެންނަ ނަމަ 30 ވަނަ ދުވަހު އިންތިހާބުކުރާ ރައީސް ވާނީ ބަރުލަމާނީ ވެރިކަމުގެ ރައީސަށް ކަމަށެވެ.
ފުރަތަމަ ބުރުގައި ކުރި ހޯދެއްވި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ދެ ވަނަ އަށް ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެ ވަނަ ބުރު ކަށަވަރުކުރުމަށް ގެންދަނީ އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރަމުންނެވެ.
"ދެވަނަ ބުރުގައި ރައީސް ސޯލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއް. އެމްޑީޕީ މިވަގުތު ވިސްނަންވީ އުފެދޭ ރިޔާސަތުގެ ބާރުތަކާ ގުޅޭ ގޮތުން،" ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އިލްޔާސް އާއި އޭނާގެ ރަނިންމޭޓް ހުސެން އަމްރު ކުރެއްވި ޓްވީޓްތަކަށް ފަހު ނަޝީދު ކުރެއްވި ޓްވީޓްގައިވެ އެވެ.
Dhevana burehgai Raees Solih ah kaamiyaab libumakee varah naadhir kameh. MDP mivaguthu visnanvee ufedhenulhey riyaasathuge baaruthakai gulhey gothun
— Mohamed Nasheed (@MohamedNasheed) September 15, 2023
އިލްޔާސް ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ނިޒާމީ ވޯޓު ނެގުމާ ބެހޭ ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެމްޑީޕީން ވަކި އެއްޗެއް ނުބުނެ އެވެ.
ވަކިކޮޅަކަށް ތާއީދު ނުކުރަން އެއްބަސްވުމެއް ނެތް
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
"އަޅުގަނޑު ވާދަ ކުރި ނަމަ އިންތިހާބު ކާމިޔާބު ވާނެ"
ޑިމޮކްރެޓުން ވެސް ނިންމީ ޕާޓީއަކަށް ތާއީދު ނުކުރަން
ސީދާ މަޖިލީހަށް ނިޒާމީ ވޯޓަށް އެހޭނެތޯ އޮތް ސުވާލު!
ދެ ވަނަ ބުރާމެދު ޑިމޮކްރެޓުން މިރޭ ގޮތެއް ނިންމަނީ
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ރައީސާ އެކުވުމަށް ނަޝީދު: "ދެން އެކަން ވާކަށް ނެތް"