ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ އަދަދާމެދު ސުވާލު އުފައްދާތީ، އެ ލިސްޓު އާއްމު ކުރަން ދަ ޑިމޮކްރެޓްސް އިން މިއަދު ގޮވާލައިފި އެވެ.
17 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ އަދަދާމެދު ސުވާލު އުފައްދާތީ، އެ ލިސްޓު އާއްމު ކުރަން ދަ ޑިމޮކްރެޓްސް އިން މިއަދު ގޮވާލައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ޑިމޮކްރެޓްސް އިން އެ ކަމަށް ގޮވާލީ މި މަހުގެ 30 ގައި ބާއްވާ އިންތިހާބުގައި ވޯޓު ލުމަށް އެންމެ ދެ ދުވަސް ތެރޭގައި 25،000 މީހުން ރީރަޖިސްޓަރީ ކޮށްފައިވާ ކަމަށް އީސީން މިއަދު ބުނެފައިވާތީ އެވެ.
އެންމެ ދެ ދުވަހުގެ ތެރޭގައި އެހާ ގިނަ ބަޔަކު ރީރަޖިސްޓްރީ ކުރުމުގައި ސުވާލު އުފެދޭ ކަމަށް ބުނެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އޭނާ ހިމެނޭ ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ބޭނުން ކޮށްފައި ވަނީ ވަރަށް މަދު ބަޔަކު ކަމަށް ވާއިރު ދެ ވަނަ ބުރަށް ރަޖިސްޓަރީ ކުރަން ހުށަހެޅި ހުށަހެޅުންތަކުގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުން: އެ ޕާޓީން ބުނީ ސަރުކާރު ހިންގާ ޕާޓީން ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރާ ކަމަށް--ފޮޓޯ: ނިޝަން އަލީ | މިހާރު
ވޯޓު ދިނުމުގެ ހައްގު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ނޫންކަން ޔަގީން ކުރުމަށާއި އިންތިހާބާ މެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ރީރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ މީހުންގެ ލިސްޓު އާންމު ކުރުމަށް ޑިމޮކްރެޓްސް އިން ގޮވާލި އެވެ.
އެ ޕާޓީން ބުނީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ދައުލަތުގެ މުދާ ކެމްޕެއިނަށް ބޭނުން ކުރަމުންދާ ކަމަށާއި މީޑިއާގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އެކަން ޓްރާންސްޕޭރެންސީން ވެސް ފާހަގަކޮށްފައިވާ ކަމަށާއި އިދިކޮޅު ޕީޕީއެމުން އޭސީސީ އަށް ވެސް މައްސަލަ ހުށަހަޅާފައިވާކަން ޑިމޮކްރެޓްސް އިން ފާހަގަ ކުރި އެވެ.
"ދަ ޑިމޮކްރެޓްސް އިން އިލެކްޝަން ކޮމިޝަނަށް ގޮވާލަނީ އިންތިހާބުގެ މިނިވަން ކަމާއި ސައްހަކަން ކަށަވަރު ކުރުމަށާއި އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވޯޓުގެ ހައްގު ކަށަވަރު ކުރުމަށެވެ. އަދި ސަލާމަތްތެރިކަމާ އެކު ރައްކާ ކޮށްދިނުމަށެވެ،" އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.
ޑިމޮކްރެޓްސް އިން އެހެން ބުންޏަސް އެމްޑީޕީން ބުނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރުމުގައި އީސީގެ މައްޗަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ތުހުމަތުގެ އަޑު ފަތުރަނީ ބަލިވާނެކަން ޔަގީން ވާތީ ކަމަށެވެ.
ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ: ހަސަން
ޕީއެންސީން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ: އެމްޑީޕީ
ރީރަޖިސްޓްރޭޝަން މައްސަލައިގައި އިދިކޮޅުން އީސީ އަށް
ޑިމޮކްރެޓްސްގެ އެއްބަސްވުމުގަ ސޮއިކުރަން ޕީޕީއެމް ދެކޮޅު
ބޭރުގެ އޮބްޒާވަރުންނާ ދިމާކުރި މަންދޫބުން ސަސްޕެންޑް
ބޯޅަ އޮތީ ޑިމޮކްރެޓްސްގެ ކޯޓުގައި: މުއިއްޒު
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
އީސީ އޮތީ ގުޑައިފައި: އިތުބާރު ހޯދިދާނެތަ؟