އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ފިރިކަލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުމާލޭގެ ހިޔާ ސަރަހައްދަށް ވަޑައިގަތުމުން ހުރަސްއަޅައި ފުރައްސާރަކުރުން އެޗްއާރުސީއެމުން މިއަދު ކުށްވެރިކޮށްފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ފިރިކަލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށް އަނބިކަނބަލުން ފަޒްނާ އަހްމަދު ހުޅުމާލޭގެ ހިޔާ ސަރަހައްދަށް ވަޑައިގަތުމުން ހުރަސްއަޅައި ފުރައްސާރަކުރުން އެޗްއާރުސީއެމުން މިއަދު ކުށްވެރިކޮށްފި އެވެ.
ފަސްޓް ލޭޑީ ފަޒްނާ ހިޔާ ސަރަހައްދަށް ވަޑައިގަތުމުން ދިމާކޮށް, ހުތުރުބަހުން ގޮވައި ފަހަތުން ހަޅޭއްލަވައި ހެދީ ވާދަވެރި ޕީޕީއެމް، ޕީއެންސީ ކެންޑިޑޭޓުގެ ސަޕޯޓަރުންތަކެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ އިންތިހާބުގައި ތާއީދު ހޯދުމަކީ ކޮންމެ ކެންޑިޑޭޓަކަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށެވެ.
"ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރުފާޅުކުރުމުގައި އަނެކާގެ އަބުރާ ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރަން ގޮވާލަން," އެޗްއާރުސީއެމުން ބުންޏެވެ.
އެޗްއާރުސީއެމުން ވަނީ ސިޔާސީ އިސް ފަރާތްތަކުން އެފަދަ އަމަލުތަކަށް ހިތްވަރު ނުދޭން ވެސް އިލްތިމާސްކޮށްފަ އެވެ.
ފަޒްނާ އިއްޔެ ވިދާޅުވީ، އެކަމަނާގެ ފަހަތްޕުޅުން ފުރައްސާރަ ކުރަމުން ހިނގީ އިދިކޮޅު ހަރަކާތުގެ ދެ ފިރިހެނަކު ކަން އެނގިވޑައިގަންނަވާ ކަމަށާއި އެ ދެ މީހުން އެހެން ނޫޅުނު ނަމަ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންނެވިކަން ވެސް ބަޔަކަށް ނޭނގޭނެ ކަމަށެވެ.
ހިޔާ އިން ދިމާވި ހާދިސާއާ ގުޅިގެން ފަސްޓް ލޭޑީ ވިދާޅުވީ، އާންމުން ނުކުމެ އެކަމަނާ އަށް "ބާގީ" އަށް ގޮވަނީ ކަމަށް ބުނެ، އިދިކޮޅުން އެކަމުން ރެެކެން އުޅުމަކީ ފިނޑި އަމަލެއް ކަމަށެވެ. "އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެ އެވެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫނެވެ،" ފަޒްނާ ވިދާޅުވެފައިވެ އެވެ.
ރައީސް ހޮވައިދީ، އެ އޯގާތެރިކަން ކުރިއަށްދާނެ: ފަޒުނާ
ފަޒްނާ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި
ދެރަވިޔަސް ރައްޔިތުން އުއްމީދު ކަނޑައެއް ނުލާ: ފަޒްނާ
ނަޝީދު ވިދާޅުވަނީ "ރައީސް ރިއެކްޓް" ނުކުރައްވާ ކަމަށް
ފަސްޓް ލޭޑީ ފަޒްނާގެ ތައުރީފާއި ތާއީދު ބިގޭ އަށް
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
ހިލޭޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް"އާ މެދު ދެބަސްވުން
ކުރީގެ ފަސްޓް ލޭޑީ ފަޒްނާގެ މަންމާފުޅު އަވަހާރަވެއްޖެ
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"