Roadha Mihaaru
އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރަނީ

24 ސެޕްޓެމްބަރ 2023

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ސޯސަން ޖަގަހާގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން އޮނިގަނޑު ރިވިއުކުރަން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ލަސްތަކެއް ނުވެ، އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާކްރޫއިންނާއި މިހެން ގޮސް މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލިބިދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މުސާރައިގެ ކުރިއެރުން ދިނުމުގައި ސަރުކާރުން ބަލަނީ އެއްވެސް ދާއިރާއެއް ބާކީނުކޮށް، އެންމެންނަށް ހަމަހަމަ އުސޫލަކުން އެކަން ކޮށްދިނުމަށެވެ.

އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމި އިރު ޖެނުއަރީ މަހުން ފެށިގެން ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރަން ރައީސް ވަނީ ނިންމަވައިފަ އެވެ. ޕޭ ހާމަނައިޒޭޝަންގެ ދަށުން ތައުލީމީ، ސިއްހީ އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފަ އެވެ.