30 ސެޕްޓެމްބަރ 2023
މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގައި ރައްޔިތުންގެ މެޖޯރިޓީ ވޯޓުން ނިންމާ ގޮތެއް އެންމެން ވެސް ބަލައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިލްތިމާސްކުރައްވައިފި އެވެ.
މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގައި ރައްޔިތުންގެ މެޖޯރިޓީ ވޯޓުން ނިންމާ ގޮތެއް އެންމެން ވެސް ބަލައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ފައިސަލް މިއަދު ހެނދުނު ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ހުރިހާ އެންމެން ވެސް އިހުތިރާމު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ވަރަށް ގިނަ ބައެއް މިއީ އިނގޭތޯ، އެތައް ލައްކަ ބައެއް ވޯޓު މި ލަނީ، ލާއިރު މެޖޯރިޓީން ވަކި ގޮތެއް ނިންމީމަ އަޅުގަނޑުމެން އެގޮތް ބަލައިގަންނަން ވާނެ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވީ ވައުދަކީ ތެދުވެރިކަމާއި ވަފާތެރިކަން އަބަދުވެސް އިސްކުރެއްވުމަށް ކަމަށާއި މިއަދު އެ ވައުދު ފުއްދަވާ ދެވިއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރެއްވީ އެމަނިކުފާނުގެ ގާބިލުކަން ހުރި އެންމެ މަތީ ދަރަޖައަކަށް ވަކި މީހަކަށް ނުބަލައި، ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ވަކި މީހަކަށް ނުބަލާ އަޅުގަނޑަށް ފެނުނު ކޮންމެ މީހެއް ކައިރީގައި އަހަން، މަގުމަތިން މީހަކު ފެނުނަސް، މިދިޔަ ފަސް އަހަރު އަހަން ކޮބާ ކިހިނެއްހޭ. އެބައޮތްހޭ އެއްވެސް ވާހަކައެއް ބުނެލަން ބޭނުންވާ، ކޮންމެ މީހަކަށް ވިޔަސް. އެހެންވީމަ އަޅުގަނޑު ބެލީ، އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް ކަންތައްތައް ކުރަން،" ފައިސަލް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލުމަށް ބަޔަކު ކިޔޫގައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފައިސަލް ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރުމުން، އިތުރު ދައުރެއް ކޮންމެހެން ލިބުން މަޖުބޫރު ކަމަށް އޭނާ ގަބާލުނުކުރައްވާ ކަމަށެވެ.
"އެހެންވެ، އަޅުގަނޑު ބެލީ އިތުރު ފަސް އަހަރެއްގެ އުއްމީދުގައެއް ނޫން، އަޅުގަނޑު އެއްގޮތަކަށް ވެސް މަސައްކަތްކުރީކީ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަވަން ބޭނުންވެވަޑައިގަންނަވާތީ އެވެ. އަދި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރެއްވޭތީ އެވެ. ނަމަވެސް، އެ ފުރުސަތު ނުލިބުމުން ކަންބޮޑު ނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މިހާރު ކުރިއަށް ދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ކޮންމެ ކެންޑިޑޭޓަކު މޮޅުވިޔަސް، އެމަނިކުފާނަށް ވީ ވަރަކުން ރައްޔިތުންނާއި ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީން ކަން ވެސް ފައިސަލް ދެއްވި އެވެ.
ރަނިން މޭޓަކަށް ފައިސަލްއާއެކު ނަންތަކެއް އެބަހުރި
ފުވައްމުލަކުން ރަނގަޅު އިޖާބައެއް ދޭނެ: ފައިސަލް
ރައީސަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް
ދެވަނަދައުރުގެ ނައިބު ރައީސަކަށް ފައިސަލް ޝައުގުވެރިވޭ
ފައިސަލަކީ އިތުބާރު ކުރެވޭ، ތެދުވެރި ބޭފުޅެއް: ރައީސް
ރަނިން މޭޓަށް އެކި ނަންތައް އެބަ އާދޭ: ރައީސް
ގާސިމާ ބައްދަލުކުރައްވަން ނައިބުރައީސް ސަން އައިލެންޑަށް
ފައިސަލް ޖުމްހޫރީ ޕާޓީއާ ދުރުގައި! ކީއްވެ؟
ނައިބު ރައީސްގެ ނިންމެވުމާ މެދު ޖޭޕީ ހިތްހަމަނުޖެހިއްޖެ
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!