Roadha Mihaaru
ގިނަ ފައިސާތަކެއް ގެންގުޅުނު މީހެއްގެ މައްސަލަަ ބަލަނީ

އިއްޔެ ފައިސާ ބަހަން އުޅުނު ކަމަށް ބެލެވޭ މީހެއްގެ މައްސަލަ ބަލަނީ!

01 އޮކްޓޯބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔަ ވަގުތު ވޯޓުލާ މަރުކަޒެއްގެ ކައިރީ ގިނަ އަދަދެއްގެ ފައިސާއާ އެކު ދަބަހެއް ހިފައިގެން އުޅުނު މީހަކު އަތުލައިގަނެ އޭނާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔަ ވަގުތު ވޯޓުލާ މަރުކަޒެއްގެ ކައިރީ ގިނަ އަދަދެއްގެ ފައިސާއާ އެކު ދަބަހެއް ހިފައިގެން އުޅުނު މީހަކު އަތުލައިގަނެ އޭނާގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާ އެކު ހަރަކާތްތެރިވަމުންދިޔަ މީހަކު އަތުލައިގަތީ ފުލުހުން ކަމަށާއި އެ މީހާގެ މައްސަލަ ފުލުހުން އޭސީސީއަށް ހުށަހެޅުމުން އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހާގެ އަތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ފެނުނެވެ.

އިންތިހާބުގައި ވޯޓަށް ނުފޫޒު ފޯރުވައި ވޯޓު ގަނެ ވިއްކުމުގެ ކަންކަން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމުގެ ތުހުމަތުތައް އިންތިހާބުގައި ވާދަކުރި ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ކޮށްފައިވެ އެވެ.

އިއްޔެ ބޭއްވި އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާފައި ވާއިރު އޭނާ ވވަނީ 126،612 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒާ ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ލިބިވަޑައިގަތީ 108،180 ވޯޓެވެ. އެއީ، 18،432 ވޯޓުގެ ފަރަގެވެ.