Roadha Mihaaru
މާމިގިލީގައި ލޮރީއެއް ދަށުވެ ބިދޭސީއަކު މަރުވެއްޖެ

މާމިގިލީގައި ލޮރީއެއްގެ ދަށުވެ ބިދޭސީއަކު މަރުވެއްޖެ

05 ފެބުރުއަރީ 2017

ހައިޑްރޯލިކް ލޮރީއެއްގެ ފަހަތު ބައިގެ ދަށުވެގެން އދ. މާމިގިލީގައި އިންޑިއާގެ މީހަކު މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައިޑްރޯލިކް ލޮރީއެއްގެ ފަހަތު ބައިގެ ދަށުވެގެން އދ. މާމިގިލީގައި އިންޑިއާގެ މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިދިޔަ ބުދަދުވަހު ހިނގި ހާދިސާއެެއްގައި އުމުރުން 27 އަހަރުގެ މީހާ މަރުވި މައްސަލާގައި، އެ ލޮރީ ދުއްވަން އިން ޑްރައިވަރު އެ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި އެކްސިޑެންޓުގައި މަރުވީ، މާމިގިލީ އެއާޕޯޓުގައި މަސައްކަތް ކުރާ މީހެކެވެ. ލޮރީ ދުއްވަން ވެސް އިނީ މާމިގިލީ އެ އެއާޕޯޓުގައި މަސައްކަތް ކުރާ މީހެކެވެ.

މަރުވި ބިދޭސީމީހާގެ ހަށިގަނޑު މިހާރު ވަނީ އިންޑިޔާ އަށް ފޮނުވާލައިފަ އެވެ.

މާމިގިލީ ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ ހައިޑްރޯލިކް ލޮރީގެ ފަހަތު ބައި ތިރިކުރުމުގެ ތެރޭގައި ބިދޭސީ މީހާ އޭގެ ދަށުވެގެން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބިދޭސީމީހާ މަރުވެފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.