Roadha Mihaaru
ފުޓްސަލް ޓީމުގެ ތައްޔާރީތަކާމެދު ކޯޗު ހިތްހަމައެއްނުޖެހޭ

ފުޓްސަލް ޓީމުގެ ތައްޔާރީތަކާ މެދު ކޯޗު ހިތްހަމައެއް ނުޖެހޭ

07 އޮކްޓޯބަރ 2023

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ކިރިގިސްތާނުގެ ވެރިރަށް ބިޝެކްގައި ތިބި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު، ކޮލިފައިން އަށް ފުރުމުގެ ކުރިން އެންމެ ރަނގަޅަށް ފަރިތަކުރުން ކުރިއަށް ގެންދެވިފައި ނުވާ ކަމަށް ޓީމުގެ ހެޑް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ކިރިގިސްތާނުގެ ވެރިރަށް ބިޝެކްގައި ތިބި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު، ކޮލިފައިން އަށް ފުރުމުގެ ކުރިން އެންމެ ރަނގަޅަށް ފަރިތަކުރުން ކުރިއަށް ގެންދެވިފައި ނުވާ ކަމަށް ޓީމުގެ ހެޑް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފި އެވެ.

ފުރަތަމަ މެޗުގައި މިއަދު މެންދުރު ރާއްޖެ ގަޑިން 3 ޖަހާއިރު ވަރުގަދަ އިރާނާ ދެކޮޅަށް ނުކުތުމުގެ ކުރިން، އިއްޔެ ބޭއްވި ޕްރީ ޓޯނަމަންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ނަސީރު ބުނީ، އެންމެ އެކަށޭނަ ތަމްރީނު ނުލިބި ވެސް ކޮލިފައިންގައި އެންމެ ރަނގަޅު ކުޅުން ދައްކުވައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.

"ސޯޝަލް ސެންޓަރު އިިންޑޯގައި 10 ވަރަކަށް ދުވަހު ޕްރެކްޓިސް ކޮށްލާފައި ފްރެންޑްލީއެއް ނުކުޅެ،" މިދިޔަ އަހަރު އޮތް ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޓީމަށް ވެސް އިރުޝާދު ދިން ކޯޗު ނަސީރު ބުންޏެވެ.

"ރަނގަޅު ވަސީލަތްތަކެއް [ބައިނަލްއަގުވާމީ މެޗުތަކަށް ތައްޔާރުވާން] އަހަރެމެންގެ ނެތް، އަހަރެމެނަށް ކުޅެވުނު އެންމެ ރަނގަޅަކަށް ކުޅެން އައިސް މި ތިބީ."

އިއްޔެ އޮތް ޕްރެސްގައި، ރާއްޖޭގެ ކޯޗު އަބޯ، ގުރޫޕްގައި ހިމެނޭ ޓީމުތަކުގެ ހެޑް ކޯޗުންނާ އެކު.-- ފޮޓޯ: ފުޓްސަލް ޓީމު

އިއްޔެ އޮތް ޕްރެސްގައި، ރާއްޖޭގެ ކޯޗު އަބޯ، ގުރޫޕްގައި ހިމެނޭ ޓީމުތަކުގެ ހެޑް ކޯޗުންނާ އެކު.-- ފޮޓޯ: ފުޓްސަލް ޓީމު

ކޮލިފައިންގައި ރާއްޖޭގެ ޓީމު ކުޅޭ މެޗުތައް:

● 7 އޮކްޓޫބަރު / 15:00 : ރާއްޖެ - އިރާން

● 9 އޮކްޓޫބަރު / 15:00 : ރާއްޖެ - ލެބަނަން

● 11 އޮކްޓޫބަރު / 15:00 : ރާއްޖެ - ކިރިގިސްތާން

މިދިޔަ އަހަރު ގައުމީ ޓީމު ކޮލިފައިން އަށް ފުރީ ތައިލެންޑުގައި އޮތް އިންވިޓޭޝަނަލް މުބާރާތެއްގައި ކުޅެފަ އެވެ. ނަމަވެސް މިއަހަރުގެ ކޮލިފައިން އަށް ރާއްޖޭގެ ޓީމު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ ސޯޝަލް ސެންޓަރުގެ އިނޑޯ ހޯލުގަ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ޖާގައިގެ ދަތިކަން ހުރި ނަމަވެސް، އެތާނގައި ފަރިތަކޮށްލަން ލިބުމަކީ ޓީމަށް ލިބުނު ހިތްހަމަ ޖެހުމެއް ކަމުގައި ޓީމުގެ މެނޭޖަރު އަލީ ނަދީމް (ކޮކޯ) ވަނީ މީގެ ކުރިން ފާހަގަ ކޮށްފަ އެވެ. އަދި މިއަހަރު އެންމެ ބޮޑަށް މަސައްކަތް ކުރާނީ ނަތީޖާގެ ފަރަގު ކުޑަކުރަން ކަމަށް ވެސް ނަދީމް ފާހަގަ ކުރި އެވެ.

މި އަހަރު ވެސް ފުޓްސަލް ގައުމީ ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި) އެވެ. ވައިސް ކެޕްޓަނުންނަށް ހަމަޖައްސައިފައި ވަނީ އަލީ ހާފިޒް (ހާއްޕެ) އާއި ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) އެވެ.