Roadha Mihaaru
އެކްސިޑެންޓުވި ދުވަސްވީ މީހާގެ ހާލު ވަރަށް ސީރިއަސް

އެކްސިޑެންޓުވީ ކުރީގެ މިނިސްޓަރު އަމީންގެ ބައްޕަ، ހާލު ވަރަށް ސީރިއަސް

06 އޮކްޓޯބަރ 2023

މާލޭގައި މިރޭ އިރާކޮޅު ހިނގި އެކްސިޑެންޓުގައި ޒަހަމްވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހްމަދު މަނިކު ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސްކަން އެނގިއްޖެ އެވެ.

މާލޭގައި މިރޭ އިރާކޮޅު ހިނގި އެކްސިޑެންޓުގައި ޒަހަމްވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހްމަދު މަނިކު ކަމަށާއި އޭނާގެ ހާލު ވަރަށް ސީރިއަސްކަން އެނގިއްޖެ އެވެ.

އުމުރުން 74 އަހަރުގެ އަހްމަދު މަނިކު އެކްސިޑެންޓުވީ އިޝާ ނަމާދަށް ފަހު ސައިކަލްގައި ދަނިކޮށް ކާރެއްގައި ޖެހިގެން ކަމަށް ވަނީ އެނގިފަ އެވެ.

އަހްމަދު މަނިކަކީ އަމީންގެ އިތުރުން ޖަޕާންގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތުގެ ވެސް ބައްޕަ އެވެ.

ބޮޑުތަކުރުފާނު މަގުން، ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގައި ހިނގި މި އެކްސިޑެންޓުގައި އަހްމަދު މަނިކުގެ ބޮލަށް އަނިޔާވެ އެތެރެއަށް ލޭ އެޅިފައިވާ ކަމަށް، އާއިލާގެ މީހަކު ބުންޏެވެ. އެކްސިޑެންޓުމުން އައިޖީއެމްއެޗަށް ގެންގޮސް އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު އޭނާއަށް މިހާރު ފަރުވާ ދެނީ އައިސީޔޫގަ އެވެ.

އެކްސިޑެންޓުވުމާ އެކު ހޭނެތުނު ގޮތަށް ހާލަތަށް އެއްވެސް ބަދަލެއް ނައިސް، މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މާލެ އާއި ސިނަމާލޭ ބްރިޖް ހައި ވޭގައި ވެސް މިއަދު އެކްސިޑެންޓުތަކެއް ހިނގައި ޓްރެފިކަށް ވަރަށް ބާރު ބޮޑުވި އެވެ.