ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން މިއަދު އިޒްރޭލަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން މިއަދު އިޒްރޭލަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި އެވެ.
މިއަދު ހެނދުނު ހަމާސްއިން އިޒްރޭލަށް ކުއްލިއަކަށް ހަމަލާދޭން ފަށައި، އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ހަމަލާ ދިނުމުގެ އިތުރުން އިޒްރޭލުން ހިސޯރު ކޮށްފައިވާ ފަލަސްތީނުގެ ބައެއް ބިންތައް ވެސް ހަމާސްގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ހަމާސްއިން ދޭން ފެށި ރޮކެޓް ހަމަލާތަކުގައި އިޒްރޭލްގެ 40 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 750 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފަ އެވެ. އަދި އިޒްރޭލް ސިފައިންގެ އެތައް ބަޔަކު އަތުލައިގެންފައިވާ ކަމަށް ވެސް ހަމާސް ޖަމާއަތުން ބުންޏެވެ.
ހަމާސްގެ ރޮކެޓް ހަމަލާތަކުގައި އިޒްރޭލްގެ ބައެއް ތަންތަން އަނދަނީ
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އިޒްރޭލްގެ އަނިޔާވެރިކަން ތަހައްމަލު ކުރެވިއްޖެ ކަމަށާއި އަދި މިއީ ފަލަސްތީނުގެ ރައްޔިތުން ނިކުމެ އިންގިލާބު ގެންނާނެ ދުވަސް ކަމަށެވެ.
ހަމާސްގެ ކުއްލި ހަމަލާތަކާ އެކު، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ފެށިކަން ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ. ރައްދުގައި ގާޒާ އަށް ދިން ރޮކެޓް ހަމަލާތަކުގައި ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ރައްދުގައި އިޒްރޭލުން ބޮމުގެ ހަމަލާއެއް ދެނީ
މިއީ 1973 ވަނަ އަހަރު އަރަބި އިސްލާމީ ގައުމުތައް ގުޅިގެން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކަށް ފަހު އިޒްރޭލަށް މިހާ ވަރުގަދަ ހަމަލާތައް ކުރިމަތިވި ފުރަތަމަ ފަހަރެވެ.
ހަމަލާތައް ހުއްޓާލަން ގިނަ ގައުމުތަކުގެ ގޮވާލަމުން މިހާރު ދިޔަ ނަމަވެސް އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވަނީ ހަމާސް ޖަމާއަތަށް ތާއީދުކުރާ ކަން ހާމަކޮށްފަ އެވެ.
ހަނދުފަޅި އާއި ސޮލީބުގެ ހަނގުރާމަ ފަށަންވީތޯ ސުވާލެއް
އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ
އިޒްރޭލު ސިފައިން ގާޒާ އަށް އަރައިގަންނާނީ ކިހިނެއް؟
އިޒްރޭލްގެ 250 އަސީރުން އަތުލައިގެންފިން: ހަމާސް
ގާޒާގެ މިލިއަން މީހުން ގެދޮރުދޫކޮށް ދާން 24 ގަޑިއިރު
އިޒްރޭލްގެ ހަމަލާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިން ގިނަ
ފަލަސްތީނު މީހުންގެ ދިފާއުގައި ދިވެހިން ނުކުންނަނީ
ގިނަ އަދަދަކަށް އިޒްރޭލްގެ ސިފައިން އަތުލައިގެންފި
ހަމަލާގައި ޖިންސީ އަނިޔާކުރި ވާހަކައަކީ ދޮގެއް: ހަމާސް
ޣައްޒާގައި 100 ދުވަސް ތެރޭ 24،000 މަރު