10 އޮކްޓޯބަރ 2023
ޔަހޫދީންގެ ނަޒަރުގައި، އެނޫން ދީނެއް ނުވަތަ އެނޫން ނަސްލެއްގެ މީހުންނަކީ އިންސާނުންގެ ސިފައިގައި ތިއްބަސް އިންސާނުންނެއް ނޫނެވެ. ވަކިން ޚާއްސަކޮށް މުސްލިމުންނަކީ ޔަހޫދީންގެ ނަޒަރުގައި އެހެން އިންސާނުންނަށް ވުރެ ވެސް ދަށު ދަރަޖައިގެ ބައެކެވެ. އެހެންކަމުން، މުސްލިމުންނާ މެދު އޯގާތެރިވުމާއި އިންސާނިއްޔަތުކަން ބެހެއްޓުމަކީ ޒަޔަނިސްޓް ޔަހޫދީން ދަންނަ ކަމެއް ނޫނެވެ.
ޔަހޫދީންގެ ނަޒަރުގައި، އެނޫން ދީނެއް ނުވަތަ އެނޫން ނަސްލެއްގެ މީހުންނަކީ އިންސާނުންގެ ސިފައިގައި ތިއްބަސް އިންސާނުންނެއް ނޫނެވެ. ވަކިން ޚާއްސަކޮށް މުސްލިމުންނަކީ ޔަހޫދީންގެ ނަޒަރުގައި އެހެން އިންސާނުންނަށް ވުރެ ވެސް ދަށު ދަރަޖައިގެ ބައެކެވެ. އެހެންކަމުން، މުސްލިމުންނާ މެދު އޯގާތެރިވުމާއި އިންސާނިއްޔަތުކަން ބެހެއްޓުމަކީ ޒަޔަނިސްޓް ޔަހޫދީން ދަންނަ ކަމެއް ނޫނެވެ.
ޒަޔަނިސްޓު ޔަހޫދީން ދެކޭ ގޮތުގައި އެހެން ދީންތަކާއި އެހެން ނަސްލުތަކުގެ މީހުންނަކީ، ޔަހޫދީންނަށް ޚިދުމަތް ކުރުމުގެ ގޮތުން އިންސާނުންގެ ސިފައިގައި ދުނިޔެއަށް ފޮނުވާފައިވާ އެހެން ބާވަތެއްގެ މަޚްލޫޤުންތަކެކެވެ. ދަރަޖައިގެ ގޮތުންނާއި މާތްކަމާއި މަތިވެރިކަމުގެ ގޮތުން، ޔަހޫދީންނާ އެހެން އެއްވެސް ދީނެއްގެ ބަޔަކާ އެއްވަރު ނުކުރެވޭނެ ކަމަށް އެމީހުން ދެކެ އެވެ.
ގާޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުގެ ޒަޔަނިސްޓު ސިފައިން ގެންދަނީ އަމަލީ ގޮތުން ވެސް އެކަން ދުނިޔެ އަށް ސާބިތުކޮށްދެމުންނެވެ. އަދި ޔަހޫދީންގެ އެ އަމަލުތަކަށް، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން އެދަނީ ފާޅުގައި ތާއީދުކޮށް، ފަލަސްތީނު ރައްޔިތުންނަކީ ޓެރަރިސްޓުން ކަމަށް ތުހުމަތު ކުރަމުންނެވެ.
މި ދިޔަ ހޮނިހިރު ދުވަހުގެ މާއިރާ، އަގްސާ ތޫފާންގެ ނަމުގައި ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން އިއުލާންކުރި ހަނގުރާމައިގައި، ބޭނުންކުރަމުން އެދަނީ އެމެރިކާ އިން ދީފައިވާ އެންމެ ބާރުގަދަ ހަތިޔާރުތަކެވެ. އޭގެ ތެރެއިން ވެސް އެންމެ ބާރު ގަދަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ، 'ބަންކާ ބަސްޓާ' ނުވަތަ ބިންގަރާސް ބޮން (ބިންގަރާސް ގޮއްވާ ބޮން) އެވެ.
އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައި.-- ފޮޓޯ: އޭއެފްޕީ
އެއްގަމާއި ވައިގެ މަގުންނާއި ކަނޑު މަގުން އިޒްރޭލުން ހިސޯރުކޮށްގެން އުޅޭތާ 17 އަހަރުވީ ގާޒާ އަށް، ބަންކާ ބަސްޓާ ބޮމުން ހަމަލާ ދެމުން ދާއިރު، އެ ހަމަލާތައް އަމާޒުވަނީ އާންމުން ދިރިއުޅޭ ތަންތަނަށް ކަމެއް އިޒްރޭލުން ނުވިސްނަ އެވެ. އަދި އެ ހަމަލާތަކުގައި މަރުވަނީ ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުން ކަމަށް ވިޔަސް، އިޒްރޭލަށް ފަރުވާލެއް ނެތެވެ.
އިޒްރޭލުން ބިންގަރާސް ބޮން ބޭނުންކުރަނީ، ގާޒާގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނު ރައްޔިތުން ހަދާފައިވާ ބިންގަރާސްތައް ހަލާކު ކުރުމުގެ ނަމުގަ އެވެ. ގާޒާގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ބިންގަރާސްތަކަކީ، ގާޒާގެ މުޅި ދިރުމެވެ.
އިޒްރޭލުގެ ހަމަލާތައް ކޮންމެ ވަގުތެއްގައި ވެސް ކުރިމަތިވުމުގެ ނުރައްކާ އަބަދުވެސް އޮތުމާއެކު، ގާޒާގައި ދިރިއުޅޭ އާންމު ރައްޔިތުން، އެބައިމީހުންގެ ކާބޯތަކެއްޗާއި ހަކަތައިގެ ބާވަތްތަކާއި ބޭސް ފަދަ، ޒަރޫރީ ތަކެތި ރައްކާކޮށްފައި ބަހައްޓަނީ ބިންގަރާސްތަކުގަ އެވެ. އަދި ހަމަލާއެއްގެ ނުރައްކާ ކުރިމަތިވެއްޖެ ނަމަ، ރައްކާތެރިކަން ހޯދުމަށް ވަންނަނީ ވެސް ބިންގަރާސްތަކަށެވެ.
އޭގެ އިތުރުން ގާޒާގެ އަސްކަރިއްޔާއަކީ ވެސް ގާޒާގެ ބިމު އަޑީގައިވާ ބިންގަރާސްތަކެވެ. ހަމާސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަތިޔާރާއި އަސްކަރީ ހުރިހާ ސާމާނެއް ރައްކާކުރާ އަދި އަސްކަރީ އިދާރީ ހުރިހާ ކަމެއް ހިންގާ ހެޑްކުއާޓަރުތައް ހުންނަނީ ވެސް، ބިމު އަޑީގައިވާ ބިންގަރާސްތަކުގަ އެވެ.
ނަމަވެސް އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތަކުގައި ބިންގަރާސް ބޮންތަކުން ހަމަލާދެނީ ހަމައެކަނި ބިންގަރާސްތަކަކަށް ނޫނެވެ. އޭގެ އިތުރުން، އާންމު ދިރިއުޅޭ އުސް އިމާރާތްތަކަށާއި އޮފީސް އިމާރާތްތަކަށް ހަމަލާ ދިނުމުގައި ވެސް ބިންގަރާސް ބޮން ބޭނުންކުރުން ވަނީ އިތުރު ކޮށްފަ އެވެ.
ބިންގަރާސް ބޮމަކީ ހަނގުރާމަވެރި ހަތިޔާރުތަކުގެ ތެރެއިން އެންމެ ބާރު ގަދަ އަދި އެންމެ ނުރައްކާތެރި އެއް ހަތިޔާރުގެ ބެލެވޭ އެއްޗެކެވެ. މި ޒާތުގެ ބޮމަކީ އޭގެ އަމާޒަށް ވާސިލުވުމާ އެކު ގޮވުމުގެ ބަދަލުގައި އެތައް މީޓަރެއްގެ ފުނަށް އެ ތަނެއް ފޫއަޅުވާލައި ވަދެގެން ދިއުމުގެ ގާބިލުކަން ލިބިފައިވާ ބޮމެކެވެ.
ބިމުގެ ފަސްގަނޑުގެ އަޑިއަށް ގާތްގަނޑަކަށް 100 މީޓަރު އަޑިއަށް ވަދެގެން ދިއުމުގެ ގާބިލުކަން ލިބިފައިވާ މި ބޮމުގެ މައިގަނޑު ދެ ބާވަތެއް ހުރެ އެވެ. ފުރަތަމަ ބާވަތުގެ ބޮމަކީ އޭގެ ކުރީކޮޅު (ތުންގަނޑު) ވަރަށް ވަރުގަދަ އެކަތައަކުން ހަދާފައި ހުންނަ ބޮމެކެވެ. މިހެންވުމުން، މި ބޮން އަމާޒުވާ ތަނެއްގައި ޖެހުމާއެކު ގޮވައިގެނެއް ނުދެ އެވެ.
ވަރުގަދަ ތުންގަނޑުގެ އިތުރުން، އޭގެ ބަރުދަނުގެ ސަބަބުން މި ބާވަތުގެ ބޮން އަމާޒުވާ ތަނެއްގައި ޖެހުމާއެކު ގޮވުމުގެ ކުރިން، އެ ތަނެއް ފޫއަޅުވާލާފައި އެތެރެއަށް ވަދެގެން ދެ އެވެ. އަދި ބޮމުގެ ގޮވާ ބައި (ހަތިޔާރު) އުފައްދާފައި ވަނީ، ތަނެއްގައި ޖެހުމަށް ފަހު، މަދު ސިކުންތުކޮޅެއްގެ ފަހުން ގޮވާ ގޮތަށް ކަމަށްވާތީ، އެތަނެއް ފޫއަޅުވާލައި އެންމެ ފުނަށް ވަނުމަށް ފަހުގައި ނޫނީ މި ބާވަތުގެ ބޮމެއް ނުގޮވާނެ އެވެ.
ދެ ވަނަ ބާވަތުގެ ބޮމަކީ އޭގެ ޒާތުގައި ދެ ބޮން ނުވަތަ ދެ ގޮވުން އެކުލެވޭ ގޮތަށް އުފައްދާފައިވާ އެއް ބޮމެވެ. މި ބާވަތުގެ ބޮމުގެ ފުރަތަމަ ގޮވުން ގޮވާނީ، އެ އަމާޒުވާ ތަނެއްގައި ޖެހުމާއެކުގަ އެވެ. ބޭނުމަކީ މުޅި ބޮން އެކުގައި އެ ތަނަކަށް ވަދެގެން ދިއުމަށްޓަކައި އެ ތަނެއްގައި ބާކޮޅެއް ނުވަތަ ލޯވަޅެއް އުފެއްދުމެވެ.
އެއަށް ފަހު އެލޯވަޅުގެ ތެރެއިން އެ ބޮން ވަދެގެން ދެވުނު އެންމެ އަޑިއަކަށް ދެވުމާއެކު، އަސްލު ބޮން ގޮވާނެ އެވެ. އެއާއެކު އެ ތަނެއް އެކުގައި ބިމާ ހަމަކޮށްލާނެ އެވެ. އަދި އެއީ ބިމު އަޑީގައިވާ ތަނެއް ނަމަ، އެ ސަރަހައްދުގެ ބިންގަނޑަށް އަންނަ ވަރުގަދަ ލޮޅުމަކާއެކު އެ ތަނެއް ފުނޑުފުނޑުވެގެން ދާނެ އެވެ.
ބިންގަރާސް ބޮން އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ޖަރުމަން ވިލާތުގައި ރޮކެޓްތައް ގުދަންކޮށްފައި ހުރި ބިންގަރާސްތައް ގޮއްވައިލުމަށެވެ.
އިޒްރޭލުން މިހާތަނަށް މި ޒާތުގެ ބޮން ބޭނުންކޮށްފައި ވަނީ، ފަލަސްތީނުގެ ހަނގުރާމަވެރިން ހަތިޔާރު ގުދަންކުރުމަށާއި، މިސްރުން ގާޒާގެ ތެރެއަށް ހަތިޔާރާއި އެހެނިހެން ސާމާނު ވަގަށް އެތެރެކުރުމަށް އުފެއްދި ބިންގަރާސް މަގުތައް ހަލާކު ކޮށްލުމަށެވެ. އޭގެ އިތުރުން، އީރާންގެ ނިއުކްލިއާ އެކުވެނިތަކަށް ދިން ހަމަލާތަކުގައި ވެސް މި ބާވަތުގެ ބޮން ބޭނުންކޮށްފައިވެ އެވެ.
އިޒްރޭލުގައި ބޭނުންކުރާ ބިންގަރާސް ބޮމުގެ ގިނަ އެއްޗިއްސަކީ އެމެރިކާގައި އުފައްދައި އިޒްރޭލަށް ވިއްކާފައި ނުވަތަ ދީފައިވާ ބޮމެވެ. އޭގެ އިތުރުން އިޒްރޭލުގައި ވެސް މި ޒާތުގެ ބޮން މިހާރު އަންނަނީ އުފައްދަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 2021 ވަނަ އަހަރު އިޒްރޭލުން ވަނީ ބިންގަރާސް ބޮމުގެ ޖީބީޔޫ-72 މަރުކާގެ ބޮންތަކެއް ގަތުމަށް އެމެރިކާ އަށް އޯޑަރު ދީފަ އެވެ. ބިމުގެ ފަސްގަނޑުން 30 މީޓަރު ފުނަށް ވަދެގަތުމުގެ ނުވަތަ 20 ފޫޓު ފުޅާމިނުގެ ކޮންކްރީޓް ފޫދުއްވައިލުމުގެ ގާބިލުކަން ލިބިފައިވާ މިބޮން ގަތުމަށް އިޒްރޭލުން ދިން އޯޑަރު އަދި އޮތީ ފުރިހަމަ ނުވެ އެވެ.
ބިންގަރާސް ބޮމަކީ ހަނގުރާމަވެރިންގެ ބިންގަރާސްތައް ގޮއްވައިލުމުގެ އިތުރުން، އެކަތިފަހަރުން އުސް އިމާރާތްތައް ވެސް ބިމާ ހަމަކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. ވިހި ބުރީގެ އުސް ކޮންކްރީޓް އިމާރާތަކަށް މިފަދަ ބޮމަކުން ހަމަލާ ދީފި ނަމަ، ފުރާޅުން ވަދެގެން ހުރިހާ ކޮންކްރީޓް ޝީޓްތައް ފޫއަޅުވަމުން ގޮސް އިމާރާތުގެ ބިންގަލުގައި ޖެހުމާ އެކު ގޮވާނެ އެވެ.
އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައިވާއިރު، ފަލަސްތީނުގެ ރައްޔިތަކު ހިނގާފައި ދަނީ.-- ފޮޓޯ: އޭއެފްޕީ
އެއާއެކު ވަރުގަދަ އަޑުފައްގަނޑާއެކު އޮލަ ދުންގަނޑެއް އަރައި އަލިފާން ރޯވެ މުޅި އިމާރާތް ބިމާ ހަމަވެގެން ދިއުމަށް ނަގާނީ މަދު ސިކުންތުކޮޅެކެވެ.
ޖެނީވާ މުއާހަދާ ބުނާ ގޮތުން މަދަނީ ސަރަހައްދުތަކުގައި މިޒާތުގެ ބާރުގަދަ ހަތިޔާރު ބޭނުންކުރުން ހުއްދަވާނީ، ވަރަށް މަދު ނާދިރު ހާލަތްތަކެއްގައި، އަމިއްލަ ނަފްސުގެ ދިފާއުގައި އެނޫން ގޮތެއް ނެތިއްޖެ ނަމަ އެވެ. ނަމަވެސް އިޒްރޭލުގެ ކުރިމަތީގައި އެއީ މާ އަގެއް ހުރި މުއާހަދާއެއް ނޫނެވެ.
އެހެންކަމުން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް، ކިތަންމެ ގިނަ ބަޔަކު ޝަހީދުވިޔަސް އިޒްރޭލަށް ފަރުވާލެއް ނެތެވެ.
އީތާން ޝާމިރު، ބޭގިން-ސާދާތު ސެންޓާ ފޯ ސްޓްރެޓީޖިކް ސްޓަޑީޒްގެ ޑިރެކްޓަރު ވިދާޅުވި ގޮތުގައި ހަމާސްއާ ދެކޮޅަށް ބިންގަރާސް ބޮން ބޭނުންކުރާނެ ކަމާ މެދު ޝައްކެއް ނެތެވެ.
އިޒްރޭލުގައި އެ ޒާތުގެ ބޮން ހުންނާނެ، އަދި ހަމާސްއާ ދެކޮޅަށް ބޭނުން ވެސް ކުރާނެ. އެ ހަތިޔާރު ބޭނުންކުރުމުން ފަލަސްތީނު މީހުންނަށް ކޮންމެ ފަދަ ގެއްލުމެއް ލިބުނަސް އެކަމަށް އިޒްރޭލުން ފަރުވާލެއް ނުބަހައްޓާނެ،" އީތާން ޝާމިރު ވިދާޅުވި އެވެ.
އިޒްރޭލަށް ސިފައިންނެއް ނުފޮނުވާނަން، އެހީވެދޭނަން
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
އިޒްރޭލު މީހުން ބަރޯސާވަނީ އަބޫ އުބައިދާގެ ވާހަކައަށް
އިޒްރޭލުން ބިސްމަޅި ދުއްވާ ސިންވާރަކީ ކާކު؟
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް
ގާޒާގެ އަމަން ބަލަހައްޓާނީ އިޒްރޭލުން: ނަތަންޔާހޫ